ފަހެ އެއިލާހުގެ މިބަސްފުޅުގައި ﴿فَتَرَى ٱلَّذِينَ فِى قُلُوبِهِم مَّرَضٌ﴾ (ފަހެ، އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން) އެބަހީ:…
This article is available in Dhivehi only.
ފަހެ އެއިލާހުގެ މިބަސްފުޅުގައި ﴿فَتَرَى ٱلَّذِينَ فِى قُلُوبِهِم مَّرَضٌ﴾ (ފަހެ، އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން) އެބަހީ: ޝައްކާއި ނިފާޤު،﴿يُسَارِعُونَ فِيهِمْ﴾ (އެއުރެންގެ ގާތަށް އަވަސްވެގަންނާތީ) އެބަހީ: ކާފަރުނަށް މުވާލާތްކުރުމަށް (އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް) އަދި ކިޔަމަންތެރިކަމަށް އަދި އެވެރިންގެ ލޯތްބަށް ފޫގެޅުމެވެ. ﴿يَقُولُونَ نَخْشَىٰٓ أَن تُصِيبَنَا دَآئِرَةٌۚ﴾ (ތިމަންމެންނަށް مصيبة އެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެތެވެ.) އެބަހީ: އެވެރިން ގެ މިކިޔަމަން ގަތުމާއި މުވާލާތަށް އެވެރިން ބަހަނާ ދައްކައެވެ: މުސްލިމުންގެ މައްޗަށް ކާފަރުން ްގަދަވުމުގެ ސަބަބުން އަންނަ ބަދަލަށް އެވެރިން ބިރުވެތިވާ ކަމުގައެވެ. އެހެންކަމުން ޔަހޫދީންނާއި ނަޞާރާއިންނަށް ތާއީދު ކުރުމުގައި އެވެރިންނަށް ފާއިދާއެއް އެބައޮތްކަމުގައެވެ.
އަދި ﷲ تعالى ވަޙީ ކުރެއްވިއެވެ:
﴿بَشِّرِ ٱلْمُنَٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا ٱلَّذِينَ يَتَّخِذُونَ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَۚ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا﴾ [النساء:138-139]
”ހަމަކަށަވަރުން، މުނާފިޤުންނަށް ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ! * އެއުރެންނީ، މުއުމިނުން ފިޔަވައި، ކާފަރުން އެއީ އެހީތެރިން ކަމުގައި ބަލައިގެން އުޅޭ މީހުންނެވެ. އެ ކާފަރުންގެ ގާތުން ޢިއްޒަތް ލިބިގަތުމަށް އެއުރެން އެދެނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން އެންމެހައި ޢިއްޒަތް މިލްކުވެގެންވަނީ اللَّه އަށެވެ.“
އަދި އެއިލާހު تعالى ވަޙީ ކުރެއްވިއެވެ:
﴿ وَلَوْ كَانُوا۟ يُؤْمِنُونَ بِٱللَّهِ وَٱلنَّبِىِّ وَمَآ أُنزِلَ إِلَيْهِ مَا ٱتَّخَذُوهُمْ أَوْلِيَآءَ وَلَٰكِنَّ كَثِيرًا مِّنْهُمْ فَٰسِقُونَ﴾ [المائدة:81]
”އެއުރެން اللَّه އަށާއި، ނަބިއްޔާއަށާއި، އެކަލޭގެފާނަށް ބާވައިލެއްވި ފޮތަށް އީމާން ވާ ކަމުގައިވީނަމަ، އެ ކާފަރުންނީ، އެކުވެރިން ކަމުގައެއް ނުހިފީހެވެ. އެހެނެއްކަމަކު އޭގެތެރެއިން ގިނަމީހުންނީ ފާސިޤުންނެވެ.“
|ُ الشَيْخ سُلَيْمَان الْعَلْوَان |
__________
(1) ޝައިޚް އަލްޢަލްވާން މި ދަރުސް ދެއްވާފައިވާނީ 1422ހ. ގެ ރަމަޟާން މަހުގައެވެ. (ޑިސެންބަރު 5، 2001 ކ.) އެއީ އެމެރިކާއިން އަފްޣާނިސްތާނަށް ޙަމަލާ ދޭންފެށިތާ ދެމަސްފަހެވެ.)
(ނުނިމޭ)
~ގަލަންދާން
Comments (0)
Be the first to comment.