އިސްލާމްވެފައިވާ މީހުންނަށް ކާފަރުންގެ ފުށުން އޮންނަ ޢަދާވާތްތެރި ކަމުގެ ޙަޤީޤަތް
This article is available in Dhivehi only.
‘
📍އިސްލާމްވެފައިވާ މީހުންނަށް ކާފަރުންގެ ފުށުން އޮންނަ ޢަދާވާތްތެރި ކަމުގެ ޙަޤީޤަތް
🔗 #الولاء_والبراء (13)
އަދި އެއްވެސް ޝައްކަކާއިނުލައި މުސްލިމް މީހާ ފަހުމްވާންޖެހޭ ޙަޤީޤަތެއް މިތާގައި އެބަވެއެވެ. އެއީ، އިސްލާމްވީ އަދި އީމާންވީ މީހުންގެ މައްޗަށް ކާފަރުތަކުންވާ ޢަދާވާތްތެރިކަމަކީ ކެނޑިނުދާ އެއްޗެއްކަމެވެ. އެހެންކަމުން އިސްލާމް ކަމާއި މުސްލިމުން ފަނާވުމަށް މެނުވީ އެވެރިން ނުރުހޭނެތެވެ. ﷲ تعالى ވަޙީ ކުރެއްވިއެވެ:
وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْۗ [البقرة120].
އަދި ޔަހޫދީންވެސް ނަޞާރާ އިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބާ ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ.
ވީމާ ޢަދާވާތުގެ ޞިފަ އަކީ އެވެރިން ފުށުގައި ދެމިހުންނަ އެއްޗެކެވެ. އޭގެ ފެށުމަކީ އޭގެ ޒާތުގައި އިސްލާމް ދީނަށް އޮންނަ ނުރުހުމެވެ. އަދި ދައުރުވަނީ އެއަށް ރެކިގަތުމުންނެވެ. އަދި މިކަން ނިމުން ވަނީ ސީދާ އެއާއި ދެކޮޅަށް ތެދުވުމުންނެވެ. އަދި މުއުމިނުންގެ އަނބުރައިލުމަށް ތައްޔާރަށް ތިބެއެވެ.
މުސްލިމުންގެ މައްޗަށް އެވެރިންނަށް ބާރު ލިބޭ ހިނދު އެއްވެސް ކުލުނެއް ރަޙުމެއްނެތި ޤަތުލުޢާމް ހިންގައެވެ. އެހެނީ ރަޙުމަތަށް އެހިތްތަކަށް ވާޞިލުވާނޭ މަގެއް ނުއެނގެއެވެ.
އަދި މިކަމުގެ ޙަޤީޤަތަށް މުޅި ދުނިޔެ ހެކިވާނެތެވެ. އަފްޣާނިސްތާން އާއި ފަލަސްތީނާއި ޢިރާޤު ގައެވެ. އަދި މުސްލިމު އެހެނިހެން އެތައް ބިމެއްގައެވެ.
އަދި އިހުގެ އަދި ފަހުގެ ތާރީޚު ބަލާހޯދާ މީހަކަށް، ކާފަރުންގެ ޢަދާވާތްތެރިކަން މުސްލިމުންގެ މައްޗަށް ދުވަހަކުވެސް ކެނޑި ނުދާކަން ފެންނާނެތެވެ. މިހެންކަމުން، މަދު ޤަރުނެއް ތެރޭ ނަޞާރާއިންވަނީ އެތަކެށް ޞަލީބީ ޙަމަލާތަކެއް ދީފައެވެ. އަދި މިޙަމަލާތައް ހުއްޓުމަށްފަހު އެވެރިން ފެށީ އިސްތިޢްމާރީ ޙަމަލާތަކެވެ. އޭގައި ދިގު މުއްދަތަކަށް މުސްލިމުންގެ ބިންތަކުގެ ބޮޑު ބައިގަނޑަކަށް ގަދަބާރުން ވެރިވެގަތެވެ. އަދި އެތަންތަނުގައި ފަސާދަތައް ފެތުރިއެވެ.
އަދި މިބުނެވުނު ފަހުގެ ޞަލީބީ ޙަމަލާތައް ނުވަތަ މަކަރާއި ކެހިވެރިކަމުގައި "އިސްތިޢްމާރޭ" އެވެރިން އެކިޔާ ޙަމަލާތައް ހުއްޓުމަށްފަހު، އުއްމަތްތަކުގެ ޙަމަލާތައް އެވެރިންގެ "އަލިފް ދާލް" ގެ ނިވާފަތްގަނޑުގައި ފެށިއެވެ. އަދި އެންމެހައި ތަނެއްގައިވީ މުސްލިމުންނަށް ޙަމަލާދީ އަލިފްދާލް ގެ ޤަރާރުތައް ތަންފީޛުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. އެހެންކަމުން ޢިރާޤަށް މިފިޔަވަޅުތައް އަޅައި ދިހަ އަހަރަށްވުރެ ގިނަ އަހަރުތަކަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. އަދި އޭގެ ތެރޭ ދަނޑުގޮވާމާއި ނަސްލު ފަނާކުރިއެވެ. އަދި މިޔަދާއި ހަމަޔަށްވެސް އެ ދަތިކުރުމުގެ ފިޔަވަޅުތައް އެބައޮތެވެ. އަދި އެނިމޭނެ ދުވަހެއްވެސް އަހަރެމެންނަކަށް ނޭނގެއެވެ. އަދި ސޫދާނުގައިވެސް ކަންތައް ކުރީ ހަމަ މިބީދައިންނެވެ. އަދި ސޯމާލިޔާ އާއި އަފްޣާނިސްތާނުގައި ވެސްމެއެވެ. އެހެންކަމުން އެތައް މިލިޔަނެއްގެ މީހުން ގެދޮރުން ބޭރުކޮށް އެތައް މިލިޔަނެއްގެ⁽¹⁾ މީހުން ޤަތުލުކުރިއެވެ.
— الشيخ سليمان العلوان ثبته الله
(ނުނިމޭ)
~ ގަލަންދާން
_______
(1) މިއީ ޚުދު އަލިފްދާލް އިންވެސް އެއްބަސްވެފައިވާ އަދަދުތަކެވެ. 1999ގައި އަލިފްދާލު ކުރީގެ ގެ އޮފިޝަލެއް ވަނީ އެދަތި ކުރުމުގެ ފިޔަވަޅުތަކަކީ "ޤަތުލުޢާމް" އެއް ކަމަށާއި، އޭގައި އެކަނިވެސް މިލިޔަނަކާއި ދޮޅު މިލިޔަނެއްގެ މީހުން ބަނޑަށްޖެހުމާއި އެދެވޭ ބޭސްފަރުވާ ނުލިބުމުގެ ސަބަބުން މަރުވިކަމަށެވެ. (މަޞްދަރު Cornell University) އަދި ޢިރާޤާއި އަފްޣާނިސްތާނުގައި އެކަނި ހުޅަނގުގެ ފޔަވަޅުތަކުގެ ސަބަބުން ދެމިލިޔަނަށްވުރެ ގިނަ މީހުން 2003 ގެ ކުރިން މަރުވެފައިވާ ކަމަށާއި، އެޔަށްފަހު އެމެރިކާގެ ކޯލިޝަން ހަނގުރާމައިގައި މިވީހާތަނަށް ހަމަ އެވަރު އަދަދެއް މަރުވެފައިވާކަމުގައެވެ. އަދި ޖުމްލަ 4 މިލިޔަނަށްވުރެ ގިނަ މުސްލިމު ޢާންމުން ޤަތުލުވެފައިވާ ކަމަށް 2009 ގައި ނެރެވުނު އޮކްސްފާމް ގެ ދިރާސާއެއްގެ މައްޗަށް ބެލެވެއެވެ. (މަޞްދަރު)
Comments (0)
Be the first to comment.