ޚަވާރިޖުންނާއި ދެކޮޅަށް ޚަޥާރިޖުވުން
This article is available in Dhivehi only.
📌 ޚަވާރިޖުންނާއި ދެކޮޅަށް ޚަޥާރިޖުވުން
(އަރުޝީފް، 13 އޮގަސްޓު 2018)
އަލީ އިބްނު އަބީ ތާލިބު އާއި އިބްނު އައްބާސް އަރިހުން، އަދި އިބްނު ތައިމިއްޔާ ވިދާޅުވެފައިވާ ގޮތުން އެންމެހާ ސަޙާބީންގެ އިޖުމާ އިން، ޚަޥާރިޖުން ނަކީ ކާފަރުންނެއް ނޫނެވެ. އަދި އަބްދުﷲ އިބްނު އުމަރު އެވެރިންގެ ފަހަތު ނަމާދު ކުރައްވައި އިބްނު އައްބާސް އާއި ނާފިޢު އަދި އެނޫން ބޭކަލުން އެވެންނާއި މުސްލިމުންނާއި މުޚާޠަބު ކުރާފަދައިން ބަހުސް ކޮށް ދަލީލުތަށް ހުށަހަޅައި ހެދި އެވެ.
އަދި "މިންހާޖު އައްސުންނަތް" ގައި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ މިނުކުތާތަށް ފާހަގަ ކުރައްވައި ވިދާޅުވިއެ އެވެ: (އެއީ ޚަވާރިޖުން ނާއި ހަނގުރާމަކޮށް ޤަތުލު ކުރުމުގެ މައްޗަށް ވާ ޙަދީޘްތައް ބަޔާން ކުރައްވަމުންނެވެ) ވިދާޅުވި އެވެ:
"...މާނައީ، އެވެރިންނަކީ މުސްލިމުންގެ ތެރެއިން އެނޫން މީހުންނަށް ވުރެ އެންމެ ނުބައި މީހުން ކަމަށް ވާކަމެވެ... މުސްލިމުން ގެ ލޭ ހުއްދަ ކުރަމުން އެވެރިންގެ މުދާ ހުއްދަކޮށް އަދި އެވެރިންގެ ދަރިން ޤަތުލުކުރުން ހުއްދަ ކުރަމުން ނެވެ . އަދި އެވެރިން ދިޔައީ އެކަންކަމީ އެވެރިންގެ ދީން ކަމުގައި ހަދަމުންނެވެ. އެވެރިންގެ އިންތިހާ ޖާހިލު ކަމާއި މަގުފުރެދިފައިވާ ބިދުއާގެ ސަބަބުންނެވެ . މި އެންމެހާ ކަމަކާއި އެކުވެސް، ޞަޙާބީންނާއި އެބޭކަލުންނަށް ހެޔޮކޮށް ތަބަޢުވެލެއްވި ތާބިޢީ ބޭފުޅުން އެވެރިންނަކަށް ތަކްފީރެއް ނުކުރައްވަ އެވެ! އަދި މުރުތައްދުން ކަމަށް ވެސް ކަނޑަ އެއް ނުއަޅުއްވައެވެ! އަދި ދުލަލުންވެސް ޢަމަލަކުންވެސް އެވެރިންގެ މައްޗަށް ހައްދުފަހަނަ އަޅައި ވަޑައެއް ނުގައްނަވަ އެވެ. މިއާއި ޚިލާފަށް، އެބޭކަލުން އެވެރިންނާއި މެދު، ﷲ އަށް ބިރުވެތިވެ، އިންސާފުގެ މަތީ އެވެރިންނާއި މުޢާމަލާތް ކުރެއްވިއެވެ." (އިބްނު ތައިމިޔާ، މިންހާޖް އައްްސުއްނަތް 5/247)
އައްޝާތިބީ އާއި އައްޝާފިޢީ އާއި އަބޫ ހަނީފާ އާއި އައްނަވަވީގެ ވެސް ރައުޔަކީ މިއީ އެވެ. އަދި އިމާމް އަޙްމަދު އާއި އަލްބާޤިލާނި އާއި އަލްޖުވެއިނީ އާއި އަލްޣަޒާލީ އާއި އެނޫން ބޭކަލުންވެސް ޚަވާރިޖުންނަށް ތަކްފީރު ކުރެއްވުމުން އިންކާރުކުރެއްވި އެވެ. އަދި އިބްނު ރަޖަބް، އިމާމް އަޙަމަދުގެ އަރިހުން މި މައްސަލައިގައި ބަސްފުޅު ތަކެއް ނަޤުދު ކުރެއްވި އެވެ.
އަދި ފަތުޙުލް ބާރީ ގައި އިބްނު ރަޖަރް މި ތަފާތު ބަޔާން ކުރައްވައި، ޚަވާރިޖުން އެވެރިންނާއި އިޚްތިލާފުވާ މީހުންގެ މައްޗަށް "ކުފުރާއި ޝިރުކު" ޘާބިތު ކުރާކަމުގައި ވިޔަސް، އުސޫލުގެ އިލްމުވެރިންގެ ތެރެއިން ބޮޑު ބައި ގަނޑު ޚަވާރިޖުންނަކީ އިސްލާމުން ކަމަށް ފަތުވާ ދެއްވާ ކަމުގައި ވިދާޅުވިއެވެ. އަދި ވިދާޅުވިއެވެ:
"އެހެނީ އެއީ އެވެރިން ޝަހާދަތް ކިޔާތީ އެވެ. އަދި އިސްލާމް ކަމުގެ ރުކުން ތަކަށް އެވެރިން ހަރުކަށި ކަމާއި އެކު ސަމާލު ވާތީ އެވެ. އަދި އެވެރިން ފާސިޤު ވެފައިވަނީ މަގުފުރެދިފައިވާ ތައުވީލް ތަކާއި ހުރެ މުސްލިމުންތައް ތަކްފީރު ކުރުމުގެ ކަންތަކުގައެވެ..."
އެޔަށް ފަހު އަލްޚައްތާބީގެ ގަޥްލު، ޚަވާރިޖުންނަކީ މުސްލިމުންގެ ތެރޭގައިވާ ބަޔެއް ކަމާއި، ކައިވެނި ހުއްދަ ކަމާއި، އެވެރިން ކަތިލާތަކެތި ހުއްދަ ކަމާއި މިކަމުގެ މަޗަށް އިޖްމާޢު ވާކަމަށް ވިދާޅުވިއެވެ.
📌 އަހަރެން ބުނަމެވެ: މި އެންމެހާ ހަޤީޤަތް ތަކާއި އެކުވެސް، އެވެރިންގެ މުޅި ޙަޔާތުގައި ހަމައެކަނި މުސްލިމުންނަށް ފާޑު ކިޔައި، ކާފަރުންނަށް ޘަނާ ކިޔަމުން އަންނަ ޖައްބާރު ވެރިންގެ ދަރުބާރުތަކުގެ އެކުވެރި ބައެއް ޝައިޚުން، އެވެރިންގެ ވަލިއްޔުލް އަމްރުންނަކީ "ﷲ ގެ ޝަރީޢަތް ދޫކޮށް އެތަށް ކުފުރަކަށް ވެއްޓިފައިވާ ބަޔެއް ކަމަށް" ދެކިއްޖެ ކޮންމެ މީހަކީ "ޚަޥާރިޖެއް" ކަމާއި އެއްވެސް އިސްތިސްނާ އެއް ނެތި، އަދި ރަހުމެއް ނެތި އަދި ބަހުޘެއްވެސް ނެތި އެވެރިން މައްޗަށް ތަކްފީރުކޮށް ފަރަޤުކުރުމެއްނެތި ލޭ ހުއްދަކޮށްލައެވެ. އެއީ އެވެރިންގެ ތަކްފީރަށް "ބަދަލުހިފުމުގެ ގޮތުން" ޚުދު ތިމާމެން ހައްދުފަހަނަ އަޅައި ދިޔުމެވެ.
އަދި މިއީ "ޚަވާރިޖުން ތަކްފީރު ކުރެއްވި" ކަމަށް އެވެރިން ދައުވާ ކުރާ (މަދު) އިލްމުވެރިންގެ ވެސް އުސޫލެއް ނޫނެވެ. އެހެނީ އެ ބޭފުޅުންވެސް ޚަވާރިޖުން އެކީ އެއްކޮށް ތަކްފީރެއް ނުކުރައްވަ އެވެ. އެހެނަސް އޭގެ ތެރެއިން ސީދާ ވަކި ޚާއްސަ ކުފުރުތަކަކަށް ވެއްޓުނު ބަޔެއް މެނުވީ އެވެ. އެހެންކަމުން "ޚަޥާރިޖުން" ގެ ތަކްފީރާއި ހެދި އެވެރިންނާއި ދެކޮޅަށް ނިކުތް މުރުޖިޢާއިން ތަކްފީރީވެ ޚަވާރިޖު ވީ ގޮތަކީ މިއީ އެވެ. އަދި މިއީ އެއައަކުން ޙައްލެއްނެތް ހައްދުފަހަނައެޅުމެކެވެ.
~ ގަލަންދާން
Comments (0)
Be the first to comment.