ޝައިޚް އަބޫ ސަލްމާނުއް ޞޫމާލީ ވިދާޅުވިއެވެ
This article is available in Dhivehi only.
ޝައިޚް އަބޫ ސަލްމާނުއް ޞޫމާލީ ވިދާޅުވިއެވެ:
މީސްތަކުންނާއި މެދު އަޞްލަކީ އެއީ އިސްލާމުން ކަމުގައި ބެލެވުމެވެ. މިއީ އޭނާ ކުފުރު ފާޅު ކުރުމުގެ ސަބަބުން ކުފުރު ޘާބިތު ވެއްޖައުމާއި ހަމައަށެވެ.
އަދި އަޞްލަކީ، ކަމަކާއި ގުޅުވައިގެން އަންނަ ޙުކުމެއްގެ މައްޗަށް (އެބަހީ: ތަބަޢީ ޙުކުމުގެ މައްޗަށް) އެކަމެއްގެ އޮންނަ އަޞްލީ ޙުކުމް އިސްވުމެވެ. މިހެންކަމުން، އެނޫން ކަމަކާއި ނުގުޅުވައި، ކޮންމެ ފަރުދެއްގެ މައްޗަށްވެސް އޭނާގެ އަމިއްލަ ޙާލަތުން ޙުކުމް ކަނޑައެޅުމަކީ މިކަމުގެ އަޞްލެވެ. މައިންބަފައިން ވިޔަސް އަދި ދިޔާރު (ދިރިއުޅޭ ބިން) ކަމުގައި ވިޔަސް ފަރުވާލެއް ނުވެއެވެ.
އަދި އަޞްލަކީ، އިސްލާމް ކަން ފާޅުކޮށްފި މީހެއް، ފަހެ އެއީ ޙަޤީޤަތުގައި ނުވަތަ ޙުކުމުގައި މުސްލިމެކެވެ. އޭނާ ދިރިއުޅޭ ބިމެއް ޒަމާނެއް ބެލުމެއް ނެތިއެވެ.
އަދި ކުފުރު ފާޅުކޮށްފި މީހަކީ ފަހެ ކާފަރެކެވެ. އޭނާ ދިރިއުޅޭ ބިމެއް ޒަމާނެއް ބެލުމެއް ނެތިއެވެ.
އަދި (މީހެއްގެ) ޙާލަތު ދެނެގަނެވުން ވަނީ ކުފުރު ފާޅު ކުރުމުގެ ސަބަބުންނެވެ. ނޫނީ އިސްލާމްކަން ފާޅުކުރުމުގެ ސަބަބުންނެވެ. އަދި އިޖުމާޢު ވެވިގެންވާ ފަދައިން މިކަން ގުޅިފައިވަނީ އޭނާ ދިރިއުޅޭ ބިމަކާއި ނޫނެވެ. އަދި އެހެނަސް، ބިމުގެ ޙުކުމަށް އެކަން ގުޅެނީ، އޭނާ ފުށުން އިސްލާމް ކަމެއް ނޫނީ ކުފުރެއް ފާޅު ނުވެ ހުރެއްޖެ މީހަކަށް އެކަންޏެވެ.
ނަބިއްޔު ﷺ އާއި އަޞްޙާބު ބޭކަލުން ތިއްބެވީ މި މަންހައްޖު ގެ މަތީގައެވެ. އަދި ހެޔޮގޮތުގައި އެބޭކަލުންނަށް ތަބަޢުވެލެއްވި އެންމެންވެސް މެއެވެ. އަދި މިއާއި ޚިލާފުވީ މިޒަމާނުގެ ޙަރާޤިޞާ އާއި ޖަރާޖިޞާ މިދެ (ހައްދުފަހަނަ އެޅި) ބައިގަނޑެވެ.“
~ ގަލަންދާނު
Comments (0)
Be the first to comment.