ގަލަންދާނުގެ "މާރިޤިއްޔަ ވަހުޝިއްޔަތަށް ޙާރިޤިއްޔަ ރައްދުތަކުގެ ސިލްސިލާ" ގެ ތެރެއިން
This article is available in Dhivehi only.
ގަލަންދާނުގެ "މާރިޤިއްޔަ ވަހުޝިއްޔަތަށް ޙާރިޤިއްޔަ ރައްދުތަކުގެ ސިލްސިލާ" ގެ ތެރެއިން:
ބިންތަކާއި އަޅުންތަކުގެ ތެރޭގައި ކުފުރާއި ޝިރުކު ޣާލިބު (އެބަހީ: ފެތުރި ގަދަވުމުގެ) ސަބަބުން މުޖުތަމަޢުތަކަށް ތަކްފީރު ކުރުމުގެ އޮޅުން.
— އައްޝައިޚް އަބޫ ސަލްމާން، ޙައްސާން ޙުސައިނުއް ޞޫމާލީ
އެކެއް: އަޅުތަކުންނާއި ބިންތަކުގައި ކުފުރާއި ޝިރުކު ޣާލިބު ވެފައިވާ ކަމަށް (އެބަހީ: ބޮޑުބައި ވަނީ ކާފަރުވެފައި ކަމަށް) އަހަރެމެން އެއްބަސް ނުވަމެވެ. އެހެނީ (މިޘާލަކަށް) ޤަަބުރަށް އަޅުކަން ކުރުމުގެ ޝިރުކު ގިނައީ ރަށްފުށު އަވަށްތަކާއި ރަށްތަކުގައެވެ. އެއީ ވެރިކަން ކުރާ އަދި ބޮޑެތި ޝަހަރުތަކާއި ދުރުގައެވެ. އަދި އެކަމަކީ ބައިބޯ އަދި ބޮޑެތި ޝަހަރުތަކުގައި ނާދިރު ކަންކަމެވެ. އަދި (ﷲ ގެ ޙުކުމް ނޫން ޙުކުމް ތައް) ޝަރުޢު ކުރުމުގެ ޝިރުކާއި އޭގެ ބައިތަކަކީ ވަކި ނިޡާމުތަކަކާއި ދާއިރާތަކަށް ޚާއްޞަ ތަކެއްޗެވެ. އަދި އެއީ މުޖުތަމަޢުގެ މަދު ބައިގަނޑެކެވެ. އަދި މުސްލިމު ޢާންމުން ތެރޭ ގިނަގުނައެއް ނޫނެވެ.
ހަމަ މިއާއި އެކު، މުސްލިމުން ޢާންމުންގެ ގިނަ މީހުންނީ (ﷲ ގެ ޙުކުމް ތަކާއި ޚިލާފު ޙުކުމްތައް ހަދާ) ޕާލަމެންޓުގެ މަސައްކަތުގެ ޙަޤީޤަތާއިމެދު ޖާހިލު ބައެކެވެ. އަދި އެކަމެއްގެ ޙަޤީޤަތަށް ޖާހިލުވުން އެކަމުގެ ސަބަބަށް ޤަޞްދުކުރުން ކަނޑުވައިލައެވެ. އެހެނީ ކަމަކަށް ކުރެވޭ ޤަޞްދަކީ އެއަށްވާ ޝުޢޫރެއްގެ ބައެކެވެ. ވީމާ އެއަކަށް ޝުޢޫރެއް ނެތް މީހާ ފުށަކު އެއަށް ޤަޞްދުކުރުމެއް ނުވެއެވެ. އަދި އެކަމަކަށް ޤަޞްދެއް ނުވާ މީހަކާއި މެދު: އެއީ ކުފުރުން ޖަރީވެގެން ހުރި މީހެކޭ ނުބުނެވޭ ހުއްޓެވެ. އެހެނަސް (ޙާލަތަށް) ޖާހިލުކަމާއި ތައުވީލުން ޣުޛުރުވެއެވެ. އެހެނީ އޭގައި ކުފުރު ނުފޯދެއެވެ. އެ ވުޖޫދު ވުމުގެ ޙަޤީޤަތެއް އޭގައި ނުވެއެވެ.
އަދި މަވާނިޢު އޭ މިކިޔޭ (އެކަން ކަމުގެ ސަބަބުން ތަކްފީރުކުރުމަށް ހުރަސްއެޅޭ ޝަރުޢީ ސަބަބުތައް) ކަމެއްގައި ހުރުގެން (އެގެ ޙުކުމަށް) ކުރާ އަޘަރަށް ވުރެ، (އަހަރެމެން މަތީގައި ބަޔާން ކުރި ފަދައިން) ސަބަބު ނެތުމުން (ކުފުރުގެ) ޙުކުމް ނުފޯދުމުގެ އައުލާކަން މާާބޮޑެވެ.
ދެވަނައަށް: އެވެރިން ބުނެއުޅެވެ: ތިގެންނަ ޝައްކަކާއި މީގެން ފެންނާންއޮތް (މީސްތަކުންގެ) "އަޞްލު" އަދި "ޣާލިބު" (ބޮޑަށް ފާޅުވާން އޮތް އަދި ފެތުރިފައިއޮތް) ޙަޤީޤަތާއި ފުށުއަރައެވެ!
[އަހަރެމެން ބުނަމެވެ. ތިބޭނުން ކުރި ދެ ކަފުޒުގެ މާނައަށް ބަލައިލަމާ ހެއްޔެވެ. އެއީ އަޞްލު އާއި ޣާލިބު އެވެ.]
• (ކަމެއްގެ) "އަޞްލު" ބިނާވަނީ 2 މާނައެއްގެ މައްޗަށެވެ:
އެކައްޗަކީ: ޝަރުޢު ވެގެންވާ ގޮތުގެ މާާނައިގައެވެ. މިސާލަކަށް، ވިޔަފާރީގެ އަޞްލަކީ "ހުއްދަ" އޭ، ބުނެވޭ ފަދައިންނެވެ. އަދި ކައިވެނީގައި "އަޞްލަކީ" މުސްތަޙައްބު ކަމެވެ. އަދި ކުއްޔަށް ދިނުމުގައި "އަޞްލަކީ" ހުއްދަ ކަމެވެ. އަދި ފެނުގައި "ޢަޞްލަކީ" ޠާހިރު ކަމެވެ. އަދި މިބީދާއިން ޝަރުޢީ މުޚާތަބުތަކަށް ރުޖޫޢަވުމެވެ.
ދެވަނައީ: އަޞްލަކީ ބަރީއަ ވެފައިވުން ކަމުގެ މާނައިގައެވެ. އަދި ދެބަސްވުމުގައި އަޞްލު އާއިއެކުގައިވުމެވެ. އެއީ މިސާލަކަށް، ޙައްޤެއް ހޯދުމުގައި "އަޞްލަކީ" ޒިންމާ އިން ބަރީއަވެފަވުމެވެ. (އެބަހީ، އަޞްލަކީ އޭނާ އަށް ލިބެންޖެހޭ ޙައްޤެއް ހޯދުމަށް އޭނާ ޒިންމާވާން ނުޖެހުމެމެވެ.) އަދި ދަރަނީގައި "އަޞްލަކީ" އެމީހެއްގެ ޒިންމާ އަދައު ކުރުންވަނީ ދަރަނިވެރިޔާއަށް ކަމެވެ. އަދި ޖަނަވާރުގައި ވަނީ އޭގެ ހަލާލުކަން އެނގުމާއި ހަމަޔަށް ކެއުން ޙަރާމްވެގެން ވުމެވެ. އަދި އަޞްލަކީ އެއްޗެއް އެއޮތްގޮތެއްގައި އޮތުމެވެ.
• އަދި "ޣާލިބް" (ފެތުރި ގަދަވެފައިވުން ނޫނީ ގިނަގުނަވުން ނުވަތަ ބައިބޯ ބޮޑުކަން) މިބަސް ވަނީ 2 މާނައެއްގަ އެވެ:
އެކައްޗަކީ: ޝަރުޢުވެގެންވާ ޙާލަތުގެ މައްޗަށް އުފެދޭ ކަމެއް ޢަރައިގަތުމެވެ. އެއީ މިސާލަކަށް: (ހިމާރާއި ޖަނަވާރު) ހިނގާބިނގާވާ މަގުތަކުގެ ވެއްޔަކީ "ބޮޑަށް" ނަޖިސް ވެލި ކަމުގައިވުމޭ ބުނެވޭ ފަދައިންނެވެ. އަދި ކާފަރުންގެ ހެދުމުގެ ތެރެއިން އެވެރިންލާފައިވާ ހެދުން ނަޖިސްކަމުގައި ވުމެވެ. އަދި ފައިސާގެ ވިޔަފާރީގެ "ގިނަ" މީހުންނަކީ ރިބާ މުޢާމަލާތް ކުރާ މީހުން ކަމުގައި ވުމެވެ. އަދި "ގިނަގުނަ" ހުވާ ތަކީ ވަރި އާއި މެދު ނޫނީ ފާފަ އާއި މެދު ކުރެވޭ ހުވާ ކަމުގައި ވުމެވެ. އަދި މިބާވަތުގެ ކަންކަމެވެ.
ދެވަނައީ: އެކުގައިވުން އެރެގަނެގެން ދިޔުމުގެ މާނައިގައެވެ. ނުވަތަ ޒިންމާއިން ބަރީއަ (އެބަހީ: މިންޖު) ވެގެންވުމަށް ޙުކުމް ކުރެވުމެވެ. އެއީ މިސާލަކަށް:
ގެއްލޭ ފަރާތެއް، ގިނަ މުއްދަތަށްފަހު "ގާތްކަންބޮޑީ" މަރުވެފައިވުމޭ، ބުނެވޭ ފަދައިން ނެވެ.
އަދި އަންހެނުންގެ ތެރެއިން "ގިނަ" މީހުންނީ، ރޭކުރުމަށްފަހު ރަނުގައި ހިފާބައެއްކަމުގައިވުމެވެ.
އަދި ފައިސާ ދީފައި ގަނެވޭ ތަކެތީގެ "ގިނަ" އެއްޗަކީ: ތަކެތި ދޫކުރުމުގެ ކުރިން ފައިސާ ލިބުން ކަމެވެ. އަދި މިބާވަތުގެ ކަންކަމެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.