ޢިލްމުވެރިންގެ ގާތުގައި ޝައްކެތް ނެތް ފަދައިން: "އަލް-އަޞްލު" އާއިމެދު ބަޔާންވެދިޔަ ދެމާނަ ވުމީ އެންމެ މާނައެއް އޮތުމަށްވުރެ ރާޖިޙު…
This article is available in Dhivehi only.
ޢިލްމުވެރިންގެ ގާތުގައި ޝައްކެތް ނެތް ފަދައިން: "އަލް-އަޞްލު" އާއިމެދު ބަޔާންވެދިޔަ ދެމާނަ ވުމީ އެންމެ މާނައެއް އޮތުމަށްވުރެ ރާޖިޙު (ޞައްޙަކަން ބޮޑު) ގޮތެވެ. އަދި ހަމަ އަލް-އަޞްލު ގައި ދެމާނަ އެކުލެވޭ ފަދައިން އަލް-ޣާލިބް (ބޮޑަށް ނޫނީ ގިނަގުނަކޮށް) ގެ މާނައިގައިވެސް ރާޖިޙުއީ ދެމާނައިން ކުރެ މާނައެއްގައެވެ.
މިހެން ކަމަށް ވާހިނދު، ދަންނާށެވެ! ފަހެ އިސްލާމް ކަމަށް ނިޞްބަތްވާ އާންމު މީހާގެ މައްޗަށް ޘާބިތުވާ "އަޞްލު" ވަނީ ދެމާނައެއްގައި ކަމެވެ:
ފުރަތަމައީ: ފަހެ ޝަރުޢު ކުރެއްވި ފަރާތުން (އެބަހީ: ﷲ އާއި ރަސޫލު) ވަނީ ޝަހާދަތުގެ ކަލިމަ ކިޔުމާއި، ފަރުދެއްގެ ބޭރުފުށުން (އިސްލާމީ) ޝިޢާރުތަކެއް ފާޅުވުމީ، އޭނާގެ އިސްލާމް ކަމުގެ މައްޗަށްވާ ދަލީލެއް ކަމުގައި ލައްވަވާފައި ކަމެވެ. (މިއިން އެންމެ ކަމެއް ފާޅުވިޔަސް އެވެ.)
މިހެންކަމުން އެއްވެސް ފަރުދެއް އަހަރެމެންނަށް މިއިން ކަމެއް ފާޅުކޮށްފިތަ؟ އޭނާ އާއި މެދު އޮތް "އަޞްލަކީ" : ދުނިޔޭމަތީގައި އޭނާ ބެލެވުންވަނީ އިސްލާމެއް ކަމުގައި ކަމެވެ. (އަދި މިގޮތަށް ޙުކުމް ދެމިއޮންނާނެއެވެ.) އެއީ ކުފުރެއްގެ ސަބަބުން މި އަޞްލާއިމެދު ވާ ޙުކުމް ތަޣައްޔަރުވެ ބަދަލުވުމާއި ހަމައަށެވެ.
ދެވަނައީ: ޞާޙިބު ވުމުގެ (ގުޅުވުމުގެ) އަޞްލެވެ. މިހެނީ، އިސްލާމްކަން ފާޅުކުރާ މީހެއްގެ އަޞްލަކީ އިސްލާމްކަން ނަފީ ކުރާ ކުފުރުގެ ޒިންމާއިން އޭނާ ބަރީއަވެފައި ވުމެވެ. (އެބަހީ: މިންޖުވެފައިވުމެވެ.) އެހެންކަމުން އަހަރެމެން އޭނާ އިސްލާމް ކަމާއި ޞާހިބުކުރުވަމެވެ. (ގުޅުވަމެވެ.) އަދި ކުފުރުން ބަރީއަވުމުގެ އަޞްލާއިވެސް އެވެ. އެހެނީ އަޞްލަކީ އެ (ކުފުރު) ނެތުމެވެ. (މާނައީ: އިސްލާމް ކަމުގެ ޝިޢާރެއް ފާޅުވެއްޖެ މީހެއް ފުށުން އޮޓޯ އިން ކުފުރު އާއި ބަރީޢަވެސް އަހަރެމެން ކުރަމެވެ. ދެވަނަ އަޞްލަކީ މިއީއެވެ.) އެއީ ވަކި ޙާލަތެެެއްގައި ޝަރުޢީ ސަބަބުގެ މައްޗަށް އެފަދަ ކުފުރެއް ޘާބިތުވެއްޖައުމާއި ހަމައަށެވެ.
މި 2 އަޞްލާއި ޚިލާފު ވާފަދައިން، "ބޮޑު ބައިގަނޑު" (ކުފުރުވެފައިވާ ކަމަށް) ދަޢުވާ ކުރާ މީހާއަށް އަހަރެމެން ބަލާއިރު، އަހަރެމެންނަށް ފެނިގެންދަނީ އޭނާ ވަނީ (އިހުބަޔާން ވެވުނު "ޣާލިބު" ގެ ތަޢުރީފު ތަކުގެ ތެރެއިން) ފުރަތަމަ ބައިގައި ވަނިކޮށެވެ. އެއީ، އީމާން ކަމުގެ ޢަޞްލުތަކާއި ދެކޮޅު ޙާލަތްތައް (މުޖުތަމަޢުގައި) "ގިނަގުނަވުމެވެ." މަގުބަރާ ތަކާއި ވަލީވެރިންނަށް އަޅުކަން ކުރުމާއި، ޠާޣޫތު ގާތަށް ޙުކުމް ހޯދަން ދިޔުމާއި، ކާފަރުންނާޢި މުވާލަތް ކުރުމާއި އަދި މިފަދަ އިންކާރުވެވިގެންވާ ކަންކަމެވެ.
އެހެންކަމުން އޭނާ ބުނެއެވެ: "ބޮޑަށް ފާޅުވެގެންވަނީ މިފަދަ ދީނުން ބޭރުވާ ކަންކަމުން (ނަވާޤިޟު ތަކުން) މުޖުތަމަޢުގެ ޢާންމުން މިންޖުވެފައި ނުވުމެވެ. އަދި ބޮޑަށް ފާޅުވަނީ އެތަކެތި ގިނަ މީހުން ފުށުގައި ހުރުމެވެ."
ޣާލިބުގެ ދެވައްތަރު ވަކިކޮށްދެނިވި ފަރަޤު
ފުރަތަމަ ވައްތަރުގައި ބެލެވެނީ، ގިނަ ހާލަތް ތަކުގައި އަޞްލާއި އިދިކޮޅުވާ ގޮތުގައިވުމެވެ. އަދި މަދުފަހަރަކު މެނުވީ އެއިން މިންޖުނުވުމެވެ. އެހެންކަމުން ބުނެވެއެވެ: ބޮޑަށް ގާތީ އެ ނުބައިތަކުގެ ތެރެއިން އެމީހެއްގެ ކަންކަން ހިމެނުމެވެ.
ދެވަނަ ވައްތަރުގައި ބެލެވެނީ، (އަޞްލު ޙުކުމް ދެމި އޮވެފައި ދެން) އަޞްލުގެތެރެއިން ވަކި ޚާއްޞަ ޙާލަތެއް ފާޅުވުމެވެ. އެއީ ބޮޑަށް ބެލެވޭ ގޮތް މިންޖުވެގެން ނުދާނޭ ފަދަ، އަދި އޭގައި އަޞްލުގެ ޙުކުމް އެރިގެންދާފަދަ ޚާއްޞަ ޙާލަތެއް އުފެދުމެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.