މި ދެކަމަށް، ކުރިން އަހަރެމެން ގެނައި މިޘާލުތައް ބަލާލަމާ ހިނގާށެވެ
This article is available in Dhivehi only.
މި ދެކަމަށް، ކުރިން އަހަރެމެން ގެނައި މިޘާލުތައް ބަލާލަމާ ހިނގާށެވެ:
މިހެންކަމުން (ފުަރަތަމަ ވައްތަރުގައި ހިމެނޭ މިޘާލަކީ) ހިނގައިބިގައިވެ އުޅޭ މަގެއްގެ ވެލީގައި، ޖަނަވާރުގެ ނަޖިހާއި އޭގެ އަޘަރުތައް އަދި އެނޫން ތަކެތި ގިނަގުނައިން އެކުލެވެއެވެ. އެހެންކަމުން މަގުތަކުގެ ވެލި ނަޖިހުން މިންޖުވެފައިވުން ނާދިރޭ ބުނެވެއެވެ.
އަދި ދެވަނަ ވައްތަރުގައިވާ މިޘާލު، ގިނަދުވަސްތަކެއް ވަންދެން ގެއްލިފައިވާ މީހާ، ފަހެ ގެއްލިފައިވާ މީހާގެ ޢަޞްލަކީ އޭނާ ދިރިހުރުން ކަމުގައިވިޔަސް، ވަކި ޚާއްސަ މުއްދަތެއް އެކަމުގައި ވެއްޖެނަމަ، މިޘާލަކަށް 99 އަހަރު، ނުވަތަ 100 އަހަރު، އެހިނދުގައި ބުނެވެއެވެ: ބޮޑަށް ގާތީ އަޞްލުގެ ޙުކުމް އުވި އޭނާ މަރުވެފައި ވުމެވެ.
މިޤަވާޢިދު ތިބާ އަށް ދެނެގަނެވިއްޖެނަމަ، އަދި ޣާލިބުގެ ދެވައްތަރާއި އަދި އަޞްލުގެ ދެވައްތަރު ގެ ފަރަޤު އުގެނެވިއްޖެނަމަ، ތިބާޔަށް ސާފުވެގެން ދަނީ، (އިސްލާމްކަމަށް) ނިސްބަތްވާ ޢާންމު މީހާ ގެ މައްޗަށް ބޮޑަށް ގާތްވެގެންވާ ގޮތް މި (މަގުފުރެދުނު މީހުން) ކަށަވަރުކުރަނީ، ޣާލިބުގެ ފުރަތަމަ މާނައިގެ މައްޗަށް ކަމެވެ:
އެމީހެއްގެ އީމާން ކަމާއި ތަޢާރުޟުވާ ދީނުންބޭރުވާ ކަންކަން (މީސްތަކުން ތެރޭ) ގިނަގުނަ ވެފައިވުމެވެ. އެހެންޏާ އެއީ ޖާހިލު ކަމުގެ ސަބަބުން ނުވަތަ އޭނާ އުޅޭ ތަނުގެ ތެރޭގައި އެކަން ފެތުރިފައިވުމުގެ ސަބަބުންނެވެ.
އަދި މިތާގައި، އޭނާގެ މައްޗަށް "ބޮޑަށް ގާތް ގޮތުގެ" ޙުކުމް މި ނިންމެނީ އެއްވެސް ގޮތަކުން، މިކަމުގެ ޢަޞްލު ކަމުގައިވާ، އޭނާގެ އަމިއްލަ އިސްލާމްކަމުގެ މައްޗަށް އެނިގުޅައިގަންނަ ވަކި ޚާއްޞަ ޙާލަތެއް ވަކި ޚާއްޞަ ފާސިދު ޢަޤީދާއެއް ވަކި ޚާއްޞާ ކަމެއް އަރައިގަނެގެނެ ފާޅުވެގެންނެއް ނޫނެވެ. (އެހެންކަމުން މިދެކުން ބާޠިކެވެ. އަދި ޝަރުޢު ކުރެއްވި ފަރާތުން އެންގެވި އަޞްލާއި ޚިލާފަވެެ.)
މިހެނަސް "ޣާލިބު" ގެ ދެވަނަ މާނައިގައި، އަހަރެމެން ކަމެއް ބަލާނަމަ، އެކަން ވަނީ މިޘާލަކަށް: މުޝްރިކުން ވެސް އެއަށް އިޢުތިޤާދު ކޮށް އޭގެ ސަބަބުން އެވެރިން ކާފަރުވެފައިވާ ކަންކަން ފަދަ ކަންކަމަށް ސަޕޯޓުދޭ މީހުންނަށެވެ. (އެ ޙާލަތުގައިވާ މިހުން ބޮޑަށް ބެލެވެނީ ކާފަރުވެފައި ވަުނެވެ.) ނުވަތަ މިޘާލަކީ: (ކުފުރު) ނިޒާމުތަކުގެ ޢަސްކަރީ ބާރާއި އޮނިގަނޑަށް ނިސްބަތްވާ މީހުންގެ ބޮޑުބައިގަނޑު ގެ ޙުކުމެވެ.
ސަމާލުވާށެވެ:
ކޮންމެ ޣާލިބު އަކީ އަޞްލު ނަފީ ކޮށްލެވޭނޭ އެއްޗެއް ނޫނެނެވެ. ޢަދި ކިއެއް؟ ކަމެއްގެ އަޞްލަށް ބާރުދޭ ޣާލިބެއް އޮވެއްޖެނަމަ، އެނޫން ޣާލިބު މައްޗަށް އެ އިސްވެއެވެ. އެހެނީ މިހިނދުގައި އަޞްލަކާޢި ޣާލިބަކާއި އަހަރެމެން އިސް މިކުރަނީ އެހެން ވަކި ޣާލިބެއްގެ މައްޗަށެވެ. އަދި ފަހެ ޝަރީޢަތުން ހެކިއޮވެއްޖެ ހިނދު، އެންމެ އަޞްލެއް އެކަނިވެސް ޣާލިބެއް މައްޗަށް އިސްކުރެވިދާނެއެވެ. އެއީ އަޅުތަކުންނަށް ރަޙުމަތަކަށެވެ.
މީގެ މިޘާލަކީ، ބޯމައްޗަށް މެޅިފައިވާ ކަނޑީގެ ދަށުގައި ނުވަތަ އިންޒާރަކާއި ކުރިމަތިލާފައި ހުރި މީހެއް، އިސްލާމްކަން ފާޅު ކުރުމެވެ. (އެޙާަލަތުގައި ޣާލިބީ —ބޮޑަށް ގާތީ— އޭނާ އެ ނުރައްކަލުން މިންޖުވާން އެކަން ކުރީ ކަމުގައި ވިޔަސް، މީހުންގެ މައްޗަށް ނިޔާ ކަނޑަ އެޅުމުގެ "އަޞްލަކީ" ޝަހާދަތް ނޫނީ ޝިޢާރެއް ފާޅުކުރުން ކަމުގައި ވުމުން، ޣާލިބު އަށް ފަރުވާލެއް ނުދީ، މިކަމުގެ އަޞްލަށް ކަނުކޮށް އިސްކަންދެވެއެވެ. އަދި މިއީ އަޅުތަކުންނަށް ރަޙުމަތެކެވެ. އަދި މިކަމުގެ ދަލީލުވަނީ ސީދާ ނައްޞުންނެވެ.)
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.