ތިންވަނަ ކަމަކަށް: ވަކިފަރުދުން ތަކުފީރު ކުރުމުގެ ސަބަބެއް ކަމަށް އެބިމެއްގައި ކުފުރު ގިނަވެ ފެތުރުން ގެނައުމަކީ މިއުރެން އުފައްދާފައިވާ…
This article is available in Dhivehi only.
=
ތިންވަނަ ކަމަކަށް: ވަކިފަރުދުން ތަކުފީރު ކުރުމުގެ ސަބަބެއް ކަމަށް އެބިމެއްގައި ކުފުރު ގިނަވެ ފެތުރުން ގެނައުމަކީ މިއުރެން އުފައްދާފައިވާ ޝަރުޢީ ޙުކުމެކެވެ. އެފަދަ އެއްޗަކަށް (އޭގެ ޞައްޙަ ކަމަށް) ޝަރުޢީ ދަލީލަށް ބޭނުން ޖެހިގެންވެއެވެ. އަދި "ގިނަ މީހުންގެ ޙާލަތު ނޭގުމެއްގައިވާ ކަން" މިކަމާއި ގުޅުވުން، މެނުވީ ދަލީލެއް މިއަށް މިބައިމީހުން ގާތު ނުވެއެވެ.
ދެންފަހެ އިސްލާމް ކަން ނޫނީ ކުފުރު ފާޅުވާ މީހާގެ ޙުކުމް، އެބިމެއްގެ (ދާރުގެ) ޙުކުމް ގެ މައްޗަށް ގުޅުވުން، ފަހެ މިއީ އިޖުމާޢިން ބާޠިލުކަމެކެވެ.
އަދި ސަލަފުއް ޞާލިޙުން އެއެއްގެ މަތީ ތިއްބެވި މަންހަޖަކީ މިއީ އެވެ.
(1) އަލްމަދީނަތުލް މުނައްވަރާ ގައި ޝިރުކީ ނިފާޤު ފެތުރިދިޔައެވެ. އެހެނަސް މިކަމާއިހެދި އިސްލާމް ކަމުގެ މަތީ މީސްތަކުންނާއި ބޭރުފުށަށް މުޢާމަލާތް ކުރުމާއިމެދު އެއްވެސް ތަފާތެއް ނާދެއެވެ — އަލްޙަރާޤިޞާ ދެކޭ ގޮތާއި ޚިލާފަށެވެ.
(2) ކުފުރާއި މުރުތައްދުކަން އަލްޔަމާމާ އަދި އެއާއި ވިދިގެންވީ ތަންތަނުގައި އައްޞިއްދީޤުގެ ދައުރުގައި ފެތުރުނެވެ. އެހެނަސް މިކަމާއިހެދި އިސްލާމް ކަމުގެ މަތީ މީސްތަކުންނާއި ބޭރުފުށަށް މުޢާމަލާތް ކުރުމާއިމެދު އެއްވެސް ތަފާތެއް ނާދެއެވެ. އެހެނަސް އެކަން ކަނޑުވާލާ ކަމެއް އެފަރުދެއް ނޫނީ ބައިގަނޑެެއް ފުަށުން ފާޅުވެއްޖެއާމުން މެނުވީއެވެ. އެއީ މުރުތައްދުންގެ ކިއްލާތަކުގެ (މުޢަސްކަރުގެ) އެންމެ އެތެރެއިން ފެނިއްޖެ ބަޔަކަށް ވިޔަސްމެއެވެ. ޢަލްޤަމަތު ބުނު ޢިލާޘާ ގެ އަންހެނުންނާއި އަންހެން ދަރި ފަދައިންނެވެެ. އޭނާގެ އަންހެނުން އަބޫ ބަކުރުއް ޞިއްދީޤަށް ދެންނެވިއެވެ: ”ޢަލްޤަމާ ކުފުރު ވީ ކަމުގައި ވިޔަސް ވެސް، ފަހެ ތިމަންކަމަނާ ކުފުރެއް ނުވަމެވެ. އަދި ތިމަންކަމަނާގެ (އަންހެން) ދަރިފުޅު ވެސް މެއެވެ.“ ފަހެ އަހުލުއް ސުންނަތް ވަލްޖަމާޢަތުގެ އިމާމް، ޢަޙްމަދު ބުނު ޙަންބަލް މިވާހަކަ އާއި ވިއްދަވައި ވިދާޅުވިއެވެ: ”އެކަލޭގެފާނަށް އެކަމަނާ އިޙްތިޖާޖު ކުރެއްވި ކަންތަކުގެ ހެޔޮކަމާއެވެ. އެކަމަނާ އެވިދާޅުވި ބަސްފުޅުގެ ހެޔޮކަމާއެވެ.“
މިވާހަކައިން ނެގޭ ހެއްކަކީ: މުރުތައްދުންގެ ރައީސް ގެ އާއިލާ، އެވެރިންނާއި އެކު އެވެރިންގެ ކިއްލާގައި ޤާއިމުވެ ތިބި އިރުވެސް، ޞަޙާބީން ތަކްފީރު ނުކުރައްވާ ކަމެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.