3) މީގެ މިޘާލަކީ، ބަނީ ޙަނީފާ ގެ ޖަމާޢަތަށް ލައިގަތް ކަންތަކެވެ. އޭގެ ތެރޭގައި އެވެރިންގެ ވެރިޔާ، މައްޖާޢަތު ބުނު މަރާރާ އަދި ސާރިޔަތު ބުނު…
This article is available in Dhivehi only.
(3) މީގެ މިޘާލަކީ، ބަނީ ޙަނީފާ ގެ ޖަމާޢަތަށް ލައިގަތް ކަންތަކެވެ. އޭގެ ތެރޭގައި އެވެރިންގެ ވެރިޔާ، މައްޖާޢަތު ބުނު މަރާރާ އަދި ސާރިޔަތު ބުނު ޢަމްރު ހިމެނެއެވެ. ސިޔަރަތާއި މަޣާޒު ގައި އައިސްފައިވެއެވެ: އަޞްޙާބު ބޭކަލުންނަށް، އެވެރިން އަތުލައިގަނެވި ހައްޔަރުވިއެވެ. އަދި ޚާލިދު ބުނުލް ވަލީދު ގާތަށް އެވެރިން ގެންދެވުނެވެ. އެކަލޭގެފާނުގެ އަތްޕުޅާއި ހަމާގައި އެވެރިން ބޭތިއްބެވުމާއި ހަމަޔަށެވެ. އެހެންކަމުން ޚާލިދު އެވެރިންނަށް ވިދާޅުވިއެވެ: ”އޭ ބަނީ ޙަނީފާ އެވެ! ކަލޭމެންގެ އެކުވެރިޔާ މުސައިލަމާ އާއި މެދު ބުނަނީ ފަހެ ކީކޭ ހެއްޔެވެ؟“ އެއުރެން ބުންޏެވެ: ”އަހަރެމެން ބުނަނީ ނަބީކަމުގައި އޭނާ އަކީ މުޙައްމަދު ބުނު ޢަބްދު ﷲ އާއި ބައިވެރިއެއް ކަމެވެ.“ އެހިނދު ސާރިޔަތު ބުނު ޢަމްރު އޭ ކިޔުނު މީހެއް ބުންޏެވެ. ”އޭ ޢަބޫ ސުލައިމާން އެވެ. އެހެނަސް އަހަރެންނެއް އެހެން ނުބުނަމުއެވެ.“ ޚާލިދު ވިދާޅުވިއެވެ: އޭ މައްޖާޢާ އެވެ! ތިބާގެ މި އެކުވެރިޔާ ގެ ބުނުމަށް ތިބާ ބުނަނީ ފަހެ ކީކޭ ހެއްޔެވެ؟“ މައްޖާޢާ ދެންނެވިއެވެ: އަހަރެންގެ ބުނުމަކީ، އަހަރެން މަދީނާ އަށް ދިޔައީމޭ އެވެ. އަދި އެތަނުގައި ރަސޫލު ﷲ ﷺ ހުންވިތެވެ. އެހެންކަމުން އަހަރެންނާއި އަހަރެންގެ މި އެކުވެރިޔާ، ސާރިޔަތު ބުނު ޢާމިރު، އެކަލޭގެފާނަށް އީމާންވެ ތެދުކުޅައީމެވެ. އަދި ދުވަހަކުވެސް — ﷲ ގަންދީ ބުނަމެވެ — އަހަރެމެންނެއް އެއިން ތަޣައްޔަރުވެ ބަދަލެއްވެސް ނުވަމުއެވެ. އެހެނަސް އަހަރެމެންގެ ނަފުސުތަކާއި، މުދަލާއި ދަރިންނަށް ބިރުވެތިވެ މުސައިލަމާ ގެ ކިޔަމަންތެރިކަމުގައި ތިބުން ނޫން ގޮތެއް ނުލިބުނެވެ.“
ޚާލިދު އެވެރިންނަށް ދެންނެވިއެވެ: ”އެހެންވަނީނަމަ ތިބާ އާއި ތިބާގެ މި އެކުވެރިޔާ، މިކާފަރުންތަކާއި ފެޔަށް ޖެހޭށެވެ.“ ދެން އެވެރިންގެ ތެރެއިން ބާކީ ތިބި މީހުން ގާތަށްޖެހިވަޑައިގެން އެވެރިންގެ ކަރުތައް ކެނޑުއްވިއެވެ.
މިއިން ހެކިވަނީ: އެވެރިންގެ ބިން (ދާރު) އާއި ވިއްދަވައި ޞަޙާބީން އެވެރިންގެ މައްޗަށް ތަކްފީރު ނުކުރައްވާ ކަމެވެ. އެބިމަކީ އެތަނެއްގައި މުރުތައްދުކަން ފެތުރިފައިވާ (ޣާލިބު) ބިމެކެވެ. އަދި އެއުރެންނީ މުރުތައްދުވެފައިވާ ޤަބީލާގެ މީހުން ކަމުގައި ވީހިނދުވެސް އެހެން ނުނިންމަވައެވެ. އަދި ހަނު ތިބުމާއި ރައްދެއް ނުދިނީތިއެއްވެސް އެގޮތަށް ނުނިންމަވައެވެ. އެހެނަސް އެއުރެން ތަކްފީރުކުރެވުނީ މުސައިލަމާ ގެ (ދޮގު) ނުބުއްވަތުގެ އިޢުތިޤާދުގެ މައްޗަށެވެ. އަދި މިއީ އަލްއަޒާރިޤާ (ޚަވާރިޖުން) ގެ ބައިގަނޑާއި ޚިލާފަށް، ޢަޞްޙާބު ބޭކަލުން މުރުތައްދު ބިންތަކުގައި، އިސްލާމްކަން ފާޅުވުމާއި އޭގެ ޝިޢާރުތަކަށް އިޢުތިބާރު ވެލެއްވެވިކަމެވެ.
ސަމާލުކަމަށް: މައްޖާޢަތުގެ ވާހަކަ، މިނޫން ގޮތެއްގައި ޝައިޚް މުޙައްމަދު ބުނު ޢަބްދުލް ވައްހާބުގެ "މުޚްތަޞިރު އައްސިޔަރަތު" ގައި ވާރިދުވެފައިވެއެވެ. އެއީ އޮޅުމެކެވެ. އެހެންކަމުން އޭގެން ނުއޮޅޭށެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.