4. އަނަސް ބުނު މާލިކު رضي الله عنه ވިދާޅުވިއެވެ: ”ތިޔަބައިމީހުންގެ ބަސް لا إله إلا الله މެނުވީ، ރަސޫލު ﷲ ﷺ ގެ ދައުރުގައި ވީފަދައިން…
This article is available in Dhivehi only.
4. އަނަސް ބުނު މާލިކު رضي الله عنه ވިދާޅުވިއެވެ: ”ތިޔަބައިމީހުންގެ ބަސް لا إله إلا الله މެނުވީ، ރަސޫލު ﷲ ﷺ ގެ ދައުރުގައި ވީފަދައިން އެއްވެސް ކަމެއް ތިމަން ކަލޭގެފާނަކަށް އެނގޭން ނެތެވެ.“ (ރާވީ ވިދާޅުވިއެވެ) އަހަރެމެން ބުނީމެވެ: އާދޭހެވެ! އޭ އަބޫ ޙަމްޒާ އެވެ. ނަމާދު ކިހިނަކުންތޯއެވެ؟ ވިދާޅުވިއެވެ: ތިޔަބައިމީހުން ނަމާދު ތިކުރީ އިރުއޮއްސެން ގާތުގައެވެ. ނުވަތަ އެއީ ރަސޫލު ﷲ ﷺ ނަމާދު ކުރެއްވި ގޮތް ހެއްޔެވެ؟“ ދެން ވިދާޅުވިއެވެ: ”އެހެނަސް މަސައްކަތް ތެރިއަކަށް މަސައްކަތް ކުރާން ކަލޭމެންގެ މިޒަމާންހާ ހެޔޮ ޒަމާނެއް ތިމަންކަލޭގެފާނު ނުދެކެމެވެ.“
އަދި އެހެން ރިވާޔަތެއްގައި: ”ނަބިއްޔު ﷺ ޒަމާނުގައިވީ އެއްވެސް ކަމެއް ތިމަންކަލޭގެފާނަށް މިހާރު އެނގޭން ނެތެވެ.“ ބުނެވުނެވެ: ނަމާދު ކިހިނެއްތޯއެވެ؟ ވިދާޅުވިއެވެ: ”ކަލޭމެން އެއަށް ކުރިކަމެއް ތިކުރީ ނޫން ހެއްޔެވެ؟“
އަދި އެނޫން ރިވާޔަތެއްގައި، އައްޒުހުރީ ވިދާޅުވިއެވެ: އަނަސް ބުނު މާލިކު އަރިހަށް އަހަރެން ދިއައީމެވެ. އެކަލޭގެފާނު ހުންނެވީ ކީރިތި ކުރައްވާންށެވެ. އެހެންކަމުން އަހަރެން ދެންނެވީމެވެ: ކަލޭގެފާނު ކީރިތި ކުރައްވަނީ ކޮން ކަމަކާ ތޯއެވެ؟ ވިދާޅުވިއެވެ: ”ތިމަންކަލޭގެފާނަށް ފެނުނު ތަކެތިން މިނަމާދުފިޔަވައި ކަމެއް (މިހާރު) އެނގޭން ނެތެވެ. މިވެސް ގެއްލެނީއެވެ.“
މި ހިތްދަތި ޙާލާއި އެކު، އަދި ނަބަވީ މަންހަޖު ގެއްލިދިއުން ފެތުރިފައި ވުމާއި އެކު، އެކަލޭގެފާނެއް ބައިގަނޑަކަށް ވިޔަސް ނޫނީ ވަކި ފަރުދުން ގޮތުގައި ވިޔަސް — ބިދުޢަވެރިވުމުގެ ނޫނީ މުރުތައްދުވުމުގެ ނޫނީ ފާސިޤުވުމުގެ ޙުކުމެއް ނުޖައްސަވައެވެ. މިއީ އަލްޙަރާޤިޞާ ކަންތައް ކުރާ ގޮތާއި ޚިލާފަށެވެ.
5. އުއްމުއް ދަރްދާއު ވިދާޅުވިއެވެ: ތިމަންކަމަނާ ގާތަށް އަބުއް ދަރްދާއު رضي الله عنه ވަދެ ވަޑައިގެންނެވިއެވެ. ހުންނެވީ ކޯފާ އިސްކުރައްވާއިގެންނެވެ. ދެންނެވިމެވެ: ކަލޭގެފާނު ކޯފާ އިސްކުރައްވައިގެން ތިހުންނެވީ ކޮންކަމަކާތޯއެވެ؟ ވިދާޅުވިއެވެ: ﷲ ގަންދީއެވެ. އެވެރިން ފުށުން ތިމަންކަލޭގެފާނަށް އެނގޭކަށްނެތެވެ. ﷲ ގަންދީއެވެ. އެވެރިން ފުށުން ތިމަންކަލޭގެފާނަށް މުޙައްމަދު ނަބިއްޔާގެ އެއްވެސް ކަމެއް އެނގޭކަށްނެތެވެ. ނަމާދު ޖަމާޢަތް ފިޔަވައެވެ.
އަދިސާލިމް ބުނު އަބުއް ޖަޢްދު ވިދާޅުވިއެވެ: އަބުއް ދަރްދާއު ވިދާޅުވިއެވެ: ”މިހެއް އިސްލާމް ކަން އުނގެނި ދެން އެއަށް ފަރުވާކުޑަކޮށް ހުއްޓައި އެ ގެއްލުނު ފަދައެވެ. އެއިން އެއްވެސް އެއްޗެއް އޭނާ އަށް ނޭގެއެވެ.“
އަދި މިބަސްފުޅު ދަށުން އިމާމް އަލްއަޥްޒާޢީ ވިދާޅުވިއެވެ: ”އަދި އެހެންކަމުން މިޒަމާނުގައި ފަހެ ކޮބާހެއްޔެވެ؟!“
އަދި ޢީސާ ބުނު ޔޫނުސް رحمه الله ވިދާޅުވިއެވެ: ”އދިފަހެ އަލްއަޥްޒާޢީ އަހަރެމެންގެ މިޒަމާނާއި ބައްދަލުވީހީނަމަ ފަހެ ކޮބަާހެއްޔެވެ؟!“
އެނގިގެންވާ ފަދައިން އަބުއް ދަރްދާއު އަވަހާރަވީ ޢުޘްމާން رضي الله عنه ގެ ވެރިކާމުގެ ފަހު ކޮޅުގައެވެ. އަދި މިމަގުފުރެދުން ތައް ރަށްތަކުގައި ފެތުރުމާއި އެކުވެސް، މުޖްތަމަޢު ބިދުޢަވެރި ކަމަށް ކަނޑަ ނުއަޅުއްވައެވެ. އަދި އެވެރިންގެ މައްޗަށް ތަކްފީރެއްވެސް ތަފްސީޤެއްވެސް ނުގެންނަވައެވެ.
6. ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞް رضي الله عنه ވިދާޅުވިއެވެ: މިއުއްމަތުގެ ފުރަތަމަ ކޮޅުގެ ދެމީހެއް ހަމައެކަނި މުޞްޙަފާއިއެކު އައިސް މިހިރަ ވާދީތަކުގެ ތެރެއިން ވާދީއެއްގައިވެ، މިޒަމާނުގެ މީހުން އެވެރިން ގާތަށް ގޮސްފިނަމަ، އެދެވެރިން އެތިބި އެއްވެސް ގޮތެއް އެދެވެރިނަށް އެއިރެންގުށުން ނުފެންނާނެތެވެ.
މީގެން ހެކިވަނީ: މީސްތަކުންގެ ސުލޫކު އަދި ޢަމަލުތައް ﷲ ގެ ފޮތާއި ޚިލާފުވެ، ފެތުރި ގިނަގުނަވެފައިވާ މިންވަރެވެ. އެއީ އިބްނު ޢަމްރު އެވިދާޅުވި ބަސްފުޅު ވިދާޅުވާން ޖެހުމާއި ހަމައަށެވެ. އަދި މިއާއި އެކުވެސް އަޅުތަކުންނާއި ބިމަށް ބިދުޢަވެރި ކަމާއި ފާސިޤުކަން ރައްދު ނުކުރައްވައެވެ. އަދި ތަކްފީރެއްވެސް މެއެވެ. އަލްޙަރާޤިޞާ ގެ މަގުފުރެދުމާއި ޚިލާފަށެވެ.
7. މާލިކު ބުނު އަބީ ޢާމިރުލް އަޞްބަޙީ رحمه الله ވިދާޅުވިއެވެ: ”އަހަރެންނަށް ފެނިފައިވާ ކަންތައް ތަކުގެ ތެރެއިން ނަމާދަށް ގޮވޭ ގޮވުން މެނުވީ އެއްވެސް އެއްޗެއް އަހަރެންނަށް ނޭގެއެވެ. “
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.