ދެވަނަ ޤަޥްލަކީ: ކުފުރުގެ ބިމަކަށް ބަދަލުވަނީ، ކާފަރުން އެތަނުގެ މައްޗަށް ގަދަވެ އަރައިގަތުމަށް މަގުފަހިވާ ގޮތުގެ މަތީން، ކުފުރުގެ…
This article is available in Dhivehi only.
ދެވަނަ ޤަޥްލަކީ: ކުފުރުގެ ބިމަކަށް ބަދަލުވަނީ، ކާފަރުން އެތަނުގެ މައްޗަށް ގަދަވެ އަރައިގަތުމަށް މަގުފަހިވާ ގޮތުގެ މަތީން، ކުފުރުގެ ޙުކުމްތައް އެތަނަކަށް ގަދަވެގަތުމުންނެވެ. ހަމައެކަނި ކުފުރުގެ ޙުކުމްތައް (އެބަހީ ޤާނޫނުތައް) ފާޅުވުމަކުންނެއް ނޫނެވެ. އެއީ މުސްލިމުންގެ އިޛުނަޔާއި އެކީގައި ވިޔަސް މެއެވެ. މިއީ އަބޫ ޔޫސުފް އާއި އައްޝައިބާނީ ގެ ރައުޔެވެ. ބަލާލާ بدائع الصنائع (9/4375). އެހެނަސް
އެހެނަސް ޙަނަފީން އެވެރިންގެ މި ދެ ޞާޙިބުންނާއި ވެސް އެއްކޮށް، އިޖުމާއުވެފައިވާގޮތުން، އިސްލާމީ ބައެއް ޙުކުމްތައް ތަންފީޒުވާނަމަ، ކުފުރުގެ ޙުކުމަށް ބަދަލުވުމުން އެހުއްޓުވައެވެ.
އަލްކައްޝާފް (2/ 92) ގައި އައްތަހާނަވީ ވިދަޅުވިއެވެ: ”ބައެއް އިސްލާމީ ޙުކުމް ތައް ދާރުލް ޙަރްބު ގައި ތަންފީޒުވަނީނަމަ، އިސްލާމީ ދާރެއް ގޮތުގައި ބަދަލުވާނޭ ކަމާއިމެދު ޚިލާފެއް ނެތެވެ.“
އަދި އިބްނު ޢާބިދީން "އަލްޙާޝިޔާ" (4/ 356) ގައި ވިދާޅުވިއެވެ: ”އަދި ދާރުލް ޙަރްބު ގައި އިސްލާމުންގެ ޙުކުމްތައް ޤާއިމުވުމުން އެއީ ދާރުލް އިސްލާމަކަށް ބަދަލުވެއެވެ. އެއީ ހުކުރާއި ޢީދުފަދައެވެ. އެއީ އަޞްލީ ކާފަރެއް އޭގައި ދެމިހުއްޓަސްއެވެ. އަދި ދާރުލް އިސްލާމް އާއި ނުގުޅި (ވަކިން) އޮތަސްމެއެވެ.“
އަހަރެން (އައްޞޫމާލީ) ބުނަމެވެ: މި ޤަޥްލުގެ މަތީން ވެސް، އެއްވެސް މީހަކަށް ފޮރުވިފައި ނުވާނޭ ފަދައިން، (އިސްލާމްކަމަށް) ނިސްބަތްވެގެންތިބި ބިންތައް، ކުފުރުގެ ނޫނީ މުރުތައްދު ބިންތަކަކަށް ބަަދަލެއް ނުކުރެވޭނެ އެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.