ހަތަރުވަނަ ޤަޥްލު: ދާރުލް އިސްލާމެއް ދާރުލް ކުފުރަކަށް މުޠުލަޤު ކޮށް ބަދަލުނުވާނެއެވެ. (އެބަހީ: ބަދަލުވާނޭ އެއްވެސް ހައްދެއް ނެތުމެވެ.)
This article is available in Dhivehi only.
ހަތަރުވަނަ ޤަޥްލު: ދާރުލް އިސްލާމެއް ދާރުލް ކުފުރަކަށް މުޠުލަޤު ކޮށް ބަދަލުނުވާނެއެވެ. (އެބަހީ: ބަދަލުވާނޭ އެއްވެސް ހައްދެއް ނެތުމެވެ.)
މިއީ ޝާފިޢީންގެ ގިނަ ބޭކަލުންގެ ޤަޥްލެވެ. ވަކިން ޚާއްޞަކޮށް އޭގެތެރެއިން މުތައައްޚިރުންގެއެވެ. (ފަހުގެ ބޭކަލުންވެ ތެރޭގައެވެ.)
ވިދާޅުވިތެވެ: ”އިސްލާމީ ދާރެއް ގޮތުގައި ޙުކުމް ކުރެވިއްޖެ ތަނެއް، އެއަށްފަހު ކުފުރުގެ ދާރަކަށް މުޠްލަޤުކޮށް (މާނައީ: އެއްވެސް ގޮތަކަށް) ބަދަލުވުމެއް ނުވެއެވެ.“
ވިދާޅުވެތެވެ: ”ޠަރްތޫސް ފަދައިން، މުސްލިމުން އުޅޭ ބިމަކަށް ކާފަރުން އަރައި ގަދަވިޔަސް، ޙަރުބުގެ ދާރަކަށް އެތަން ނުވާހުއްޓެވެ.“
އަދިވެސް ވިދާޅުވެތެވެ: ޙަރްބީންގެ މައްޗަށް އެތަނެއްގެ އަހުލުން ގަދަވެގަނެވޭ ކޮންމެ ތަނެއް ފަހެ އިސްލާމި ދާރަކަށް ވެއްޖެއެވެ. މިއަށްފަހު ފާޅުވެގެންވަނީ: އެވެރިން (ޙަރްބީ ކާފަރުން) އޭގެ މައްޗަށް ވެރި ވިޔަސް، އެ އަނބުރައި ކުފުރުގެ ދާރަކަށް ނުވެވޭނެ ކަމެވެ .“
ބަލާލާާ: تحفة المحتاج (9/268، 269) އަދި نهاية المحتاج (8/82) مغني المحتاج (2/362) އަދި البجيرمي على المنهج (3/201).
އަދި މިއަށް ދަލީލު ގެންނަނީ ނަބިއްޔާ عليه السلام އަރިހުން ރިވާވެފައިވާ މިޙަދީޘުންނެވެ:
«اَلْإِسْلَامِ يَعْلُو, وَلَا يُعْلَى عليه»
”އިސްލާމް ވަނީ މަތިވެރި ވެގެންނެވެ. އަދި އޭގެ މައްޗަށް (އެއްވެސް އެއްޗެއް) މަތިވެރިވުން ނުވެއެވެ.“
މަތީގައި ބަޔާން ވެވުނު އެބަސްފުޅުތަކާއި އެކުވެސް، އެއަކުން މިމައްސަލަ ނިމި އަދި އޮޅުންތައް ބާޠިކުކޮށްލަދޭ ކަންކަން އެބޭކަލުން ކަނޑައެޅުއްވިއެވެ:
(ހ) ވިދާޅުވެތެވެ: އެދާރަކީ ކުފުރުގެ ދާރެއް ނޫން އެހެނަސް އިސްލާމީ ދާރެއް ކަމުގައި ވުމާއީ އެކުވެސް، ކާފަރުންނާއި މުރުތައްދުންގެ އަތްދަށުން އެތަން މިނިވަންކުރުމީ ޝަރުޢީގޮތުން ވާޖިބުވެގެންވާ ކަމެކެވެ. މިއީ އައްޝާފިޢީންގެ ޢަބްދު ﷲ ބުނު ޢަބްދުލް ބާރީ ވިދާޅުވި ފަދައިން ނެވެ: (ޔަމަނުގެ ޢަދަނު ޝަހަރަށް އިނގިރޭސިން ވެރިވެގަތުމާއި މެދު) ”އެއީ އިސްލާމީ ދާރެއް ކަމުގައި ވީހިނދު، ކުފުރުގެ އަތްދަށުން އެތަން ސާލާމާތް ކުރުމީ އިސްލާމީ އަހުލުންގެ މައްޗަށްވާ ފަރުޟެކެވެ. އާދިވާޖިބެކެވެ.“
السيف البتار على من يوالي الكفار (ص4).
(ށ) ކުފުރަށް އެ ދާރެއް ބަދަލުވުމުގެ ބުނުމަކީ، ފަސާދަވެރި ނުރައްކާތެރި ޙުކުމެއް އެއަށް ލާޒިމުކުރުވާނޭ ކަމެއްކަމުގައެވެ.
(ނ) ބައެއް ފިޤުހީ ފޮތްތަކުގައި ވާރިދުވެފައިވާ ފަދައިން، އިސްލާމުން ކުފުރަށް ބަދަލުވާނޭ ކަމަށް ވިދާޅުވާ ބޭފުޅުން، ފަހެ އޭގެ މާނައަކީ، ދާރުގެ ސިފަ ބަދަލުވާކަމެވެ. ޙުކުމެއް ނޫނެވެ. ފަހެ އެހެނީ އެއީ ކާފަރުން އޭގެ މައްޗަށް ވެރިވެފައި ވުމުގެ ސަބަބުން ކުފުރުގެ ދާރެއްގެ ސޫރަ އެކުލެވޭ އެއްޗެކެވެ. އަދި ޙުކުމުގައި އިސްލާމީ ދާރެކެވެ. ވީމާ އޭގައި ގޮތްނޭގޭ އަދި ކާކުގެ ދަރިއެއްކަން ނޭގޭ މީހާ އަށް ޙުކުމް ކުރެވުން ވަނީ އިސްލާމް ކަމުންނެވެ. އަދި ޛަބަޙަ ކުރުމުގައި އާއި ކައިވެންޏާއި ވާރުތަވުމާއި ނަމާދާއި ވަޅުލުމުގައި އެއީ އިސްލާމީ ދާރެކެވެ. ...އަދި މިނޫންވެސް ޚާއްޞަ ޙުކުމް ތަކުގައި ބެލެވުންވަނީ އެއީ ދާރުލް އިސްލާމެއް ގޮތުގައެވެ.
انظر: تحفة المحتاج (9/269) ونهاية المحتاج (5/454).
އަބޫ ސަލްމާން (އައްޞޫމާލީ) أيده الله ބުނަމެވެ: މިމަޛުހަބުގެ މައްޗަށް ބިނާވާ އިރު، ސާފުކޮށް އޮޅުމެއް ނެތި އެގެނީ، އޭގެ ޙުކުމުގައި ބިންތައް ކުފުރާއި މުރުތައްދަށް ބަދަލުކުރުން މަނައުވެގެންވާ ކަމެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.