އިޖުތިހާދު ކުރުމުގެ ފެންވަރެއް ނުވާ މީހަކު، ޤާޟީއެއް ކަމަށް ޢައްޔަން ކޮށްފި މީހާ، ޠާޣޫތެއް އޭނާ އަށް ޙުކުމްކޮށްދޭން ޢައްޔަން ކޮށްފިއެވެ
This article is available in Dhivehi only.
⚠️⚠️ އިޖުތިހާދު ކުރުމުގެ ފެންވަރެއް ނުވާ މީހަކު، ޤާޟީއެއް ކަމަށް ޢައްޔަން ކޮށްފި މީހާ، ޠާޣޫތެއް އޭނާ އަށް ޙުކުމްކޮށްދޭން ޢައްޔަން ކޮށްފިއެވެ.
އަލްއިމާމް އައްޝަޥްކާނީ ވިދާޅުވިއެވެ:
”އަހަރެން ބުނަމެވެ: ޤާޟީ ވާ މީހާއަށް އަމުރު ވެވިގެންވަނީ ޢަދުލާއި ޙައްޤަށް ޙުކުމް ކުރުމެވެ. އަދި ﷲ ބާއްވައިލެއްވި އެއްޗަކުން އަދި ﷲ عزوجل ދެއްކެވި ގޮތުގައި ޙުކުމް ކުރުމެވެ. އެއީ މިކަމުގެ މައްޗަށް ޢަޒީޒުވަންތަ ފޮތުގައި ނައްޞުން ކަނޑައެޅިފައިވާ ފަދައިންނެވެ. އަދި (އިޖުތިޙާދު ކުރުމުގެ ފެންވަރު ނެތުމުގެ ސަބަބުން އަނެކުންނަށް ތަބަޢުވާންޖެހޭ) މުޤައްލިދު މީހާ އަށް ﷲ ގެ ދަލީލުކުރެެއްވުން ދެނެގަތުމުގެ ޤާބިލުކަމެއް ނުވެއެވެ. މިއީ އަދި ޢަދުލާއި އަނިޔާ، ޙައްޤާއި ބާޠިލު ފަރަޤުކުރުމުގެ އޭނާގެ ނުކުޅެދުންތެރިކަމާ ނުލައެވެ. އަދި ﷲ ދެއްކެވި މަގުން ޙުކުމް ކުރުންވެސް އޭނާއަށް ދެނެނުގަނެވެއެވެ. ފަހެ އެހެނީ އެ އިލާހު سبحانه އޭނާއަށް އެއިން އެއްވެސް އެއްޗެއް ދައްކަވާފައި ނުވެއެވެ.
އަދި ކުރިން ބަޔާން ވެވުނި ޞައްޙަ ޙަދީޘް ގައި ވަނީ: «إذا اجتهد الحاكم فأخطأ فله أجر وإن اجتهد فأصاب فله أجران» ”ޙާކިމު އިޖުތިހާދު ކުރެއްޖެ ހިނދެއްގައި، އޭނާ އަށް ކުށް ޖެހިއްޖެ ނަމަ، އޭނާ އަށް އެއް އަޖުރު ވެއެވެ. އަދި އޭނާ އިޖުތިހާދުކޮށް އެކަން ޙައްޤަށް ވެއްޖެނަމަ، އޭނާއަށް ދެއަޖުރު ވެއެވެ.“ ދެންފަހެ މުޤައްލިދު މީހާ އިޖުތިހާދު ކުރާ މީހަކާއި އެއްހަމަ ވަނީ ކޮންފަދަޔަކުން ހެއްޔެވެ؟ އެހެނީ އިޖުތިހާދު މާނަ ކުރެވެނީ، ޖުހުދު (އެބަހީ ބުރަމަސައްކަތް) އަދި ހަކަތަ، އެޙާދީޘާއެއްގެ މައްޗަށް އޮތް ﷲ ގެ ޙުކުމް ހޯދުމަށްޓަކައި ހޭދަ ކުޅައުމަށެވެ. ފަހެ އެހެނީ (މުޤައްލިދު) އަމިއްލަ ނަފުސަށް އިޤުރާރު ވާނޭ ފަދައިން އޭނާގެ ރައުޔަށް އޭނާ ބަލައިހޯދާނީ އޭނާ ތަބަޢުވާ ފަރާތެވެ. އޭމީހެއްގެ ރިވާޔަތަކަށް ނޫނެވެ. އަދި އަމިއްލަ ނަފުސަށް އެއްބަސް ވާނޭ ފަދައިން، (ތަބައުވާ ފަރާތް ފުށުން) އޭނާ ބަލައިހޯދަނީ ޙުއްޖަތަށް ބިނާކޮށެއް ނޫނެވެ. (އެބަހީ: އެ ޙުކުމެއް އައިސްފައިވާ ދަލީލާއި އެ ދަލީލުތައް އެކަތަވީގޮތުގެ ސަބަބުތަކަކަށް ނޫނެވެ.) އަދި މިބީދާއިން މިވައްޓަފާޅިއަށް އޭނާގެ އިމާމު ފަރާތުން ލިބޭ އެއްޗެއް މެނުވީ، އޭނާ ފުށުގައި ޢިލްމެއް ނުވެސް ވެއެވެ.
މިއިން ޙާޞިލްވަނީ: މުޤައްލިދެއް، ﷲ ގެ އަޅުތަކުންގެ މެދުގައި ޙުކުމް ކުރުމަށް އައްޔަން ކުރުމަކީ، ޠާޣޫތީ ޙުކުމުން ޙުކުމް ކުރުމަށް އޭނާ އަށް އިޛުނަ ދިނުން ކަމެވެ. އެހެނީ ޙުކުމް ކުރުމަށް އެޔަކަށް ބޭނުންވާ ޙައްޤު (އެބަހީ: ދީނުގެ ނައްޞުތައް) އޭނާއަށް ދެނެގަނެވިފައި ނުވެއެވެ. ފަހެ ޙައްޤު ފިޔަވައި ދެން އޮންނާނެ އެއްޗަކީ ޠާޣޫތެވެ. އަދި އޭނާ އިއްވި ނިޔާއެއްގައި ޙައްޤާއި އެއްގޮތަށް އެކަން އޮވެއްޖެކަމަށް އަހަރެމެން ބެއްޔަސް، ޙައްޤާއި އެއްގޮތަށް އޭނާ ޙުކުމް އެކަނޑައެޅީ އެކަން ނުދަނެހުރެއެވެ. އެހެންކަމުން، އޭނާ އެވަނީ (ޙަދީޘް ގައި ވާފަދައިން) ނަރަކައިގައިވާ ދެޤާޟީން ކުރެ އެކެއްގެ ގޮތުގައެވެ. އަދި އޭނާ ޙުކުމް ކުރީ (ނުދަނެހުރުމާއި އެކު) ޙައްޤަށްވޭސް ނޫން ނަމަ، އެހިނދުގައި އޭނާ އެވަނީ ނަރަކައިގައިވާ ޤާޟީންކުރެ ދެވަނައަށްވާ ޤާޟީއަށެވެ.
ﷲ އަށްޓަކައި އަންތަރީހެވެ! ނަރަކައިގެ މިދެޙާލަތުން ކުރެ ޙާލެއްގައިވާ މީހެއް، މުޙައްމަދު ބުނު ޢަބްދު ﷲ صلى الله عليه وسلم، އެއަކާއިގެން ފޮނުއްވުނު ޝަރީޢަތުން މީސްތަކުންގެ މެދުގައި ޙުކުމް ކުރުމަށް ޢައްޔަނު މިކުރެވޭ ގޮތުގެ ޢަޖައިބު ކަމާއެވެ! އަދި މިކަމުގެ ނުބައިކަމުގެ މައްޗަށް އެއިލާހުގެ މިބަސްފުޅު އަޑުއިވުން ފުދެއެވެ:
{إِنَّ ٱللَّهَ لَا يُصْلِحُ عَمَلَ ٱلْمُفْسِدِينَ} [يونس: 81] (ހަމަކަށަވަރުން، فساد ކުރާ މީހުންގެ عمل، اللَّه إصلاح އެއް ނުކުރައްވާހުށްޓެވެ.)
{وَأَنَّ ٱللَّهَ لَا يَهْدِى كَيْدَ ٱلْخَآئِنِينَ} [يوسف: 52] (އަދި ހަމަކަށަވަރުން خيانة ތެރިންގެ މަކަރާއި ރޭވުން ﷲ ކާމިޔާބު ނުކުރައްވައެވެ.)
އަދި ރަސޫލު ﷲ ﷺ އަރިހުން ޘާބިތުވެފައިވާ ފަދައިން، ޤިޔާމަތުގެ ޢަލާމާތް ތަކުގެ ތެރޭގައި، މީސްތަކުން ޖާހިލުންނަކީ رؤساء އިން (ބޮޑުން) ގޮތުގައި ނެގުން ހިމެނެއެވެ. އެބޮޑުން ޢިލްމެއް ނެތި ފަތުވާ ދެއެވެ. މަގުފުރެދި އަނެކުން މަގުފުރައްދައެވެ.
ފަހެ އެއްވެސް އޮޅުމެއް ނެތް ފަދައިން، ދީނުގެ ކަންކަމުގައި ވެރިކަމުގެ "ބޮޑުން" ނަކީ ޤާޟީންނެވެ.“
— އައްޝަޥްކާނީގެ ބަސްކޮޅު މިހިސާބަށް.
(އައްސައިލް އަލްޖައްރާރް 1/817 ، ފުރަތަމަ ޗާޕް، ދާރު އިބްނު ޙަޒަމް)
📝 އަހަރެން ބުނަމެވެ: އަދި ޠާޣޫތުން ރެކޭން ކަމަށްބުނެ، ވަރި ކައިވެނީގެ ނިޔާތަކުގައި އާއި އެހެނިހެން ޤަޟިއްޔާތައް ނިންމުމަށް، ޝަރުޢީ މަޙާކުމާތަކުން ފޭވެ، ތިމާމެން ހިތްހަމަޖެހޭ ނުވަތަ ފަސޭހަގޮތެއް އިޚްތިޔާރު ކުރުމަށް އެދި، އިޖްތިހާދު ކުރުމުގެ ފެންވަރެއް ނުވާ ޖާހިލުން އެއީ "ޤާޟީން" ކަމަށް ދައުވާކޮށް ޚިޔާރުކޮށްފި މީހާ ދަންނައެ: އޭނާ އެކަމަކުން ސަލާމާތް ވުމަށް އެބޭނުންވި ޠާޣޫތުގައި ހިފައިފި ފަދައެވެ! ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.
~ ގަލަންދާން 🖋
Comments (0)
Be the first to comment.