އަދި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ
This article is available in Dhivehi only.
➋
އަދި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
”އެވެރިންގެ ޢިލްމުވެރިންނާއި އަޅުވެރިން ރައްބުން ގޮތުގައި މިނެގި ބައިގަނޑު، ﷲ ޙަރާމް ކުރެއްވި ކަންކަން ޙަލާލު ކުރުމުގައި އަދި ޙަލާލު ކުރެއްވި ކަންކަން ޙަރާމް ކުރުމުގައި އެއުރެންނަށް ކިޔަމަންގަތް އިރު ވަނީ ދެގޮތެއްގެ މަތީގައެވެ:
އޭގެން އެކައްޗަކީ: އެއުރެން ﷲ ގެ ދީން ބަދަލުކުރީކަން ދެނެތިބި ޙާލު، އެބަދަލު ކުރުމުގައި އެއުރެންނަށް ތަބައުވީއެވެ. އެހެންކަމުން އިޢުތިޤާތު ކުރީ (އެބަހީ: ހިތުގެ އަޑިން ދެކިގަތުން ނޫނީ ބޭރުފުށު އަމަލުން ފާޅުކުރުން) ﷲ ޙަރާމް ކުރެއްވިއެތި ޙަލާލުވެ، އަދި ﷲ ޙަލާލު ކުރެއްވި އެތި ޙަރާމްވެއްޖެކަމެވެ. އެއީ އެއުރެންގެ ބޮޑުންނަށް ތަބައުވެގަނެއެވެ. އަދި އެއީ ރަސޫލުންގެ ދީނާއި އެއުރެން ޙިލާފުވެއްޖެ ކަންވެސް ދެނެތިބެއެވެ. ދެންފަހެ މިއީ ކުފުރެވެ. އަދި ﷲ އާއި އެއިލާކުގެ ރަސޫލު މިއީ ޝިރުކު ކުމަށް ކަނޑައެޅުއްވިއެވެ. އެއީ އެވެރިންނަށް ނަމާދުކޮށް ސަޖިދަ ނުކުރިޔަސްއެވެ. އެހެންކަމުން، ދީނާއި ޚިލާފަށް އެހެންފަރާތަކަށް ތަބައު ވެއްޖެ މީހާ —އެއީ އޭނާ އެވަނީ ދީނާއި ޙިލާފަށްކަން ދަނެހުރެ— އަދި އެފަރާތެއް ބުނި ބަސް ﷲ އާއި ރަސޫލު ބުނިބަސް ދޫކޮށް ކަށަވަރުކޮށްފި މީހާ (އިޢްތިޤާތް ކޮށްފިމީހާ) އަކީ އެއުރެންފަދަ (އެބަހީ ޝަރީޢަތް ބަދަލު ކުރި ޠާޣޫތު ފަދަ) މުޝްރިކެކެވެ!
އަދި އަނެއްބަޔަކީ: އެއުރެން ކަށަވަރު ކުރަނީ (އިޢުތިޤާދު ކުރުނީ) އަދި އެއުރެން އީމާނަކީ ޙަރާމް ކަމުގެ ޙަރާމާއި ޙަލާލު ބަދަލު ނުވާނޭކަމެވެ. އެހެނަސް އެއުރެންނަށް މިބައިމީހުން ކިޔަމަންވަނީ ﷲ އަށް އުރެދި ފާފައިގައެވެ. އެއީ ފާފަ ކުރާ މުސްލިމުމީހާ އޭނާ އެކުރާ ފާފަ ކުރާއިރު މިއުރެދެނީކަން ކަށަވަރު (އިޢްތިޤާދު) ކުރާ ފަދައިންނެވެ. އެހެންކުމުން މިބައިމީހުންނަށް ވާ ޙުކުމަކީ، ފާފަ ކުރާ މީހުންނަށް ވާފަދައެވެ.“ (މަޖްމޫޢު ފަތަވާ ޖ7، ޞ70 ) — ޝައިޚް ތުރުކީ ބިންޢަކީ ގެ ދަށުން އެކުލަވާލެވިފައިވާ ”ހޯދުންތަކާއި ދިރާސާތަކުގެ މަކްތަބާ“ ގެ ބަސްކޮޅު މިހިހިސާބަށް، ނިމުނީ.⁽¹⁰⁾
ޝެއިޚް އަބޫ ޢަލީ އަލްއަންބާރީ ޝިރުކުއް ޠާޢާގެ ތަޢުރީފު ގައި ވިދާޅުވިއެވެ. ”ﷲ تعالى ފިޔަވައި ޝަރުޢު ކުރާނޭ ފަރާތެއް ނެގުމެވެ. ނޫނީ ޝަރީޢަތް ހެދުމުގައި ﷲ އާއި އެކު ޝަރީކަކު (އެބަހީ: ބައިވެރިއަކު) ޚިޔާރު ކުރުމެވެ. ދެން އެހެންކަމުން އެފަރާތުގެ ޙުކުމަށް ރުހިގަނެ، ޙަލާލުކުރުމާއި ޙަރާމް ކުރުމުގައި އެފަރާތަށް ބޯލަނބައި އަޅުވެތިވެ ކުއްތަންވެ، ކަންކަމުގެ ނިޔާއާއި ފައިސިލާ ކަނޑައެޅުމަށް ނެގުމެވެ.“⁽¹¹⁾
ނޯޓް: ޝައިޚް އަބޫ ޢަލީ އަލްއަންބާރީ ވަނީ "ޝިރްކުއް ޠާޢާ" ގެ ތަޢުރީފު، ޚިލާފެއް ނުވާ ﷲ ގެ ޙުކުމަކާއި ދެކޮޅަށް ޤާނޫނު ހެދުމަށް ނުވަތަ އެފަދަ ޤާނޫނަކުން ކުރާ ޙުކުމަށް: އިންސާނާ ”އެއްބަސް ވުމާއި ރުހުމުގެ“ މައްޗަށް ހަނި ކުރައްވާފައެވެ.
އަދި މިއިން ޙާޞިލް ވެވޭ އެއް ފައިދާ އަކީ މި ޝިރުކު ބިންވަޅުނެގެނީ ވެރިންނާއި ޢިލްމުވެރިންގެ ފުށުން ނިކުންނަށް ޤަރާރުތަކުގައި ކަމެވެ. މިހެންކަމުން ދަރިއަކު އޭނާގެ ބައްޕައަށް ނޫނީ އަންބަކު އެކަނބުލޭގެ ފިރިއަށް ނޫނީ ފަރުދަކު އޭނާގެ އެކުވެރިޔަކަށް ފާފައެއްގައި ބޯލެނބުން ދީނުން ބޭރުވާ ޝިރްކުއް ޠާޢާ ގެ ތެރެއަކަށް ނުވަންނަކަމެވެ.
އައްޝައިޚް ޢަލީ އަލް ޙުޟައިރު ވިދާޅުވިއެވެ: ”ކިޔަމަންތެރި ކަމުގެ ތެރޭގައިވާ ޝިރުކު އަންނަނީ އާންމު އަމުރު (ބާރާއި ކިޔަމަންގަތުން) އެބައެއް އަތުގަވާ ފަރާތް ތަކަށެވެ. އެއީ އެބައެއްގެ ވެރިކަމުގެ ދަށުގައިވާ ނުވަތަ ރަސްކަލެއް ، ނުވަތަ ޢިލްމުވެރިއެއް ނޫނީ ޤަބީލާ އެއްގެ ރައީސެއް ފަދަފަރާތްތަކެވެ. އެއީ އެބައެއްގެ ވެރިކަމުގެ ދަށުގައިވާ އަދި މީސްތަކުން އެބައަކަށް ކިޔަމަންގަންނަ މީހުންނެވެ.“
އަދި މިކަމުގެ ތަފްޞީލު މި ސިލްސިލާ ގެ ފަސްވަނަ ބައިގައި ގެނެވޭނެއެވެ — إن شاء الله.
~ ގަލަންދާނު
______________
⁽¹⁰⁾ ”މަކްތަބިލް ބުހޫޘި ވަލް ދިރާސާތި“ ގެ ”މަޖްމޫޢިއް ރަސާއިލި ވަ މުލައްފާތި“ ޖ.1 ޞ 66، 67
⁽¹¹⁾ މިއީ މުލްތަޤާ އަހްލުލް ޙަދީޘް ގައި އަލްއަންބާރީ ލިޔުއްވި ލިޔުމަކުން. އަދި ”އަލްބަރާޢަތި ފީ ތިބްޔާނި ޝިރްކިއް ޠާޢަތި“ (ޞ. 23) ގައި ވިދާޅުވިއެވެ: ”ޝިރްކުއް ޠާޢާ ގެ ތަޢުރީފަކީ: ވަޟަޢީ ޤަނޫނު ތަކާއި ދުސްތޫރަތަކާއި (ﷲ ގެ ޙުކުމާއި ދެކޮޅު) ޤަބީލާގެ ޢުރުފު ތަކަށް އިޤުރާރު ވުމެވެ.“ އަދިވެސް (ޞ. 26) ވިދާޅުވިއެވެ: ”ޝިރްކުއް ޠާޢާ، އެއީ އަހަރެމެން ބުނިފަދައިން: އިޤުރާރުވުމެވެ. (ﷲ ގެ ޙުކުމާއި ދެކޮޅަށް ހަދާފައިވާ) މި ޤާނޫނު ތަކާއި އަދި މިހިރަ ދުސްތޫރަ ތަކަށް އިޤުރާރުވެއްޖެ މީހާ، އެއީ މިފަދަ ޤާނޫނު ތަކުގެ ޙުކުމް ޖާއިޒުކަމަށް ނުވަތަ އެއިން އަހަރެމެން ޙުކުމް ކުރުން ޖާއިޒުކަމަށް ދެކި ވެއްޖެ އިޤުރާރު — ފަހެ މިއީ ﷲ އާއި ޝަރީކު ކުރުން ކަމެވެ.“
Comments (0)
Be the first to comment.