6] ޝިރްކުއް ޠާޢާ އާއި ގުޅިފައިވާ ބައެއް ކަންކަން⁽¹⁵⁾
This article is available in Dhivehi only.
➊
[6] ޝިރްކުއް ޠާޢާ އާއި ގުޅިފައިވާ ބައެއް ކަންކަން⁽¹⁵⁾
(1) ޙަަލާލު ކުރުމާއި ޙަރާމް ކުރުމުގައި (ﷲ ގެ ޙުކުމާއި ޚިލާފަށް) ޢިލްމުވެރިންނާއި އަމީރުންނަށް ތަބަޢަވާ މީހުން ބެހެނީ 3 ބަޔަކަށެވެ.
ފުރަތަމައީ: އެވެރިންގެ ބަހަށް ރުހި އެވެރިންނަށް ތަބަޢަވާ މީހުންނެވެ. އަމިއްލައަށް އިސްވެއެވެ. ﷲ ގެ ޙުކުމަށް ނުރުހިއެވެ. މިފަދަ މީހާ އަކީ ކާފަރެކެވެ. އެހެނީ އޭނާ ﷲ ބާއްވައިލެއްވި އެއްޗަަށް ނުރުހި، އޭގެ ސަބަބުން ﷲ އޭނާގެ ޢަމަކުތައް ބާޠިލު ކުރެއްވިއެވެ.* އަދި ކާފަރެއްްގެ މެނުުވީ އެއިލާާާހުު ޢަމަލުތައް ބާޠިލެއް ނުކުރައްވަތެވެ. އެހެންކަމުން (ޠަބީޢީ ނަފުރަތާއި ޚިލާފަށް) ﷲ ބާއްވައިލެއްވި އެއްޗަށް (އޭގެ ޒާތުގައި) ނުރުހޭ ކޮންމެ މީހަކީ ފަހެ ކާފަރެކެވެ.
ދެވަނައީ: އެއުރެންނަށް އެކަމުގައި ތަބަޢަވަނީ އެހެނަސް ﷲ ޙުކުމަށް ރުހޭ ޙާލު އަދި ޢަޅުތަކުންނާއި ބިންތަކަށް އެންމެ ފަޟުލުވެރި އަދި އިޞްލާޙުވަނިވި އެއްޗަކީ އެއީކަން ދަންނަ ޙާލުގައެވެ. އެހެނަސް އޭނާގެ އިޚްތިޔާރު އައީ އޭނާގެ ހަވާ ނަފުސުގެ މައްޗަށެވެ. އެއީ މިސާލަކަށް ވަޒީފާއެއް ބޭނުންވާ މީހެއް ފަދައެވެެ. މިފަދަ މީހާ ކާފަރެއް ނުވާނެއެވެ. އެހެނަސް އެއީ ފާސިޤެކެވެ. އޭނާގެ މައްޗަށް ވާ ޙުކުމަކީ އޭނާފިޔަވައި އެހެން ފާފާވެރިންނަށް ވެސް ވާ ޙުކުމެވެ.⁽¹⁶⁾
ތިންވަނައީ: ނޭގިހުރެ (ޖާހިލުކަމުގައި) އެވެރިންނަށް ތަބަޢަވުމެވެ. މިހެންކަމުން އެއީ ﷲ ގެ ޙުކުމް ކަމުގައި އޭނާ ހީކުރެއެވެ. މިބައި އިތުރު ދެބަޔަކަށް ބެހެވެއެވެ:
ހ. އަމިއްލަ ނަފުސަށް ޙައްޤު ހޯދުމަށް ކުޅަދާނަވެގެން ވުން: ވީމާ އެހެންޏާ އޭނާ ބަލަންޖެހޭ ވަރަށް ނުބެލީއެވެ. ނޫނީ ފަރުވާކުޑަކުރީއެވެ. މިފަދަ މީހާ ފާފަވެރިވާނެއެވެ. އެހެނީ ޢިލްމު ނެތް ޙާލު ޢިލްމުވެރިންނާއި ސުވާލު ކުރުމަށް ﷲ އަމުރު ކުރެއްވިއެވެ.
ށ. އޭނަ އަކީ ޢާލިމެއްވެސް ނޫނެވެ. އަދި ޢިލްމު އުގެނެވޭ ވަރު ޤާބިލުކަމެއްވެސް ނެތް މީހެކެވެ: އެހެންކަމުން އޭނާ އެއުރެންނަށް ތަބަޢަވަނީ ތަޤުލީދުކޮށެވެ. (ކަނުކޮށެވެ.) އަދި ޙައްޤަކީ މިއީ ކަމަށް ދެކެއެވެ. މިފަދަ މީހާ އަށް ސަޒާއެއް ނުވެއެވެ. އެހެެނީ އޭނާާ ޢަމަލު ކުރީ އޭނާ އަށް އަމުރުވެވުނު ކަމަށެވެ. އަދި އޭނާވީ ޢުޛުރުވެރި ވެގެންނެވެ.⁽¹⁷⁾
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
”އެވެރިންގެ ޢިލްމުވެރިންނާއި އަޅުވެރިން ރައްބުން ގޮތުގައި މިނެގި ބައިގަނޑު، ﷲ ޙަރާމް ކުރެއްވި ކަންކަން ޙަލާލު ކުރުމުގައި އަދި ޙަލާލު ކުރެއްވި ކަންކަން ޙަރާމް ކުރުމުގައި އެއުރެންނަށް ކިޔަމަންގަތް އިރު ވަނީ ދެގޮތެއްގެ މަތީގައެވެ:
އޭގެން އެކައްޗަކީ: އެއުރެން ﷲ ގެ ދީން ބަދަލުކުރީކަން ދެނެތިބި ޙާލު، އެބަދަލު ކުރުމުގައި އެއުރެންނަށް ތަބައުވީއެވެ. އެހެންކަމުން އިޢުތިޤާތު ކުރީ (އެބަހީ: ހިތުގެ އަޑިން ދެކިގަތުން ނޫނީ ބޭރުފުށު އަމަލުން ފާޅުކުރުން) ﷲ ޙަރާމް ކުރެއްވިއެތި ޙަލާލުވެ، އަދި ﷲ ޙަލާލު ކުރެއްވި އެތި ޙަރާމްވެއްޖެކަމެވެ. އެއީ އެއުރެންގެ ބޮޑުންނަށް ތަބައުވެގަނެއެވެ. އަދި އެއީ ރަސޫލުންގެ ދީނާއި އެއުރެން ޙިލާފުވެއްޖެ ކަންވެސް ދެނެތިބެއެވެ. ދެންފަހެ މިއީ ކުފުރެވެ. އަދި ﷲ އާއި އެއިލާކުގެ ރަސޫލު މިއީ ޝިރުކު ކުމަށް ކަނޑައެޅުއްވިއެވެ. އެއީ އެވެރިންނަށް ނަމާދުކޮށް ސަޖިދަ ނުކުރިޔަސްއެވެ. އެހެންކަމުން، ދީނާއި ޚިލާފަށް އެހެންފަރާތަކަށް ތަބައު ވެއްޖެ މީހާ —އެއީ އޭނާ އެވަނީ ދީނާއި ޙިލާފަށްކަން ދަނެހުރެ— އަދި އެފަރާތެއް ބުނި ބަސް ﷲ އާއި ރަސޫލު ބުނިބަސް ދޫކޮށް ކަށަވަރުކޮށްފި މީހާ (އިޢްތިޤާތް ކޮށްފިމީހާ) އަކީ އެއުރެންފަދަ (އެބަހީ ޝަރީޢަތް ބަދަލު ކުރި ޠާޣޫތު ފަދަ) މުޝްރިކެކެވެ!
އަދި އަނެއްބަޔަކީ: އެއުރެން ކަށަވަރު ކުރަނީ (އިޢުތިޤާދު ކުރުނީ) އަދި އެއުރެން އީމާނަކީ ޙަރާމް ކަމުގެ ޙަރާމާއި ޙަލާލު ބަދަލު ނުވާނޭކަމެވެ. އެހެނަސް އެއުރެންނަށް މިބައިމީހުން ކިޔަމަންވަނީ ﷲ އަށް އުރެދި ފާފައިގައެވެ. އެއީ ފާފަ ކުރާ މުސްލިމުމީހާ އޭނާ އެކުރާ ފާފަ ކުރާއިރު މިއުރެދެނީކަން ކަށަވަރު (އިޢްތިޤާދު) ކުރާ ފަދައިންނެވެ. އެހެންކުމުން މިބައިމީހުންނަށް ވާ ޙުކުމަކީ، ފާފަ ކުރާ މީހުންނަށް ވާފަދައެވެ.“⁽¹⁸⁾
_______________
⁽¹⁵⁾ މިބާބު ނެގިފައި މިވަނީ موسوعة العقيدة والأديان والفرق والمذاهب المعاصرة އިންނެވެ. (މަޞްދަރު)
⁽¹⁶⁾ وانظر: كتاب التوحيد مع إعانة المستفيد (2/147)، والقول المفيد (2/256)
⁽¹⁷⁾ القول المفيد (2/264)
⁽¹⁸⁾ مجموع الفتاوى (7/70).
Comments (0)
Be the first to comment.