އަދި ﷲ އަށް އީމާން ވުމުށްޓަކައި ލާޒިމުވާ ކަންތައް ތަކުގެ ތެރޭގައި: الحب في الله (ﷲ އަށްޓަކައި ލޯބިވުން) ހިމެނެއެވެ. އަދި ﷲ އަށްޓަކައި…
This article is available in Dhivehi only.
❞ އަދި ﷲ އަށް އީމާން ވުމުށްޓަކައި ލާޒިމުވާ ކަންތައް ތަކުގެ ތެރޭގައި: الحب في الله (ﷲ އަށްޓަކައި ލޯބިވުން) ހިމެނެއެވެ. އަދި ﷲ އަށްޓަކައި ލޯބިވުމުން ތެރެއިން ފޯދޭ އެއްޗަކީ ”الموالاة والمناصرة“ އެވެ. (އެބަހީ: ބަދަހިގުޅުމާއި ނަޞުރުވެރިކަމެވެ.) އަދި މިއީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާ ފަރުޟެކެވެ. އެހެނީ ހަމަކަށަވަރުން «الْمُسْلِمُ أَخُو الْمُسْلِمِ لاَ يَظْلِمُهُ وَلاَ يَخْذُلُهُ وَلاَ يُسْلِمُهُ» ”އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއްވެސް ނުވާނެއެވެ. ދެރަނިކަމެއްޗެއްވެސް ނުކޮށްލާނެއެވެ. އަދި (ޢަދުއްވަކަށް) ހަވާލެއްވެސް ނުކުރާނެތެވެ.“ އަދި އޭނާގެ ޙައްޤުގައި ތެދުވުން ވާޖިބެވެ. އޭނާގެ ޙާޟިރުގައި އާއި ނެތްތާނގައިވެސް އޭނާ ރައްކައުތެރިކޮށްދޭނެއެވެ.
އަދި އަލްބަރާއު ބުނު ޢާޒިބް رضي الله عنه ވިދާޅުވިއެވެ: ﷲ ގެ ރަސޫލު ﷺ އަހަރެމެންނަށް ހަތް ކަމަކަށް އަމުރު ކުރެއްވިއެވެ. އަދި ހަތް ކަމެއް ނަހީ ކުރެއްވިއެވެ: އެކަލޭގެފާނު އަހަރެމެންނަށް އަމުރު ކުރެއްވީ، ބަލިމީހުންނަށް ޒިޔާރަތް ކުރުމަށެވެ. އަދި ޖަނާޒާގައި ބައިވެރިވުމަށެވެ. ކިނބިހިއަޅާ މީހާއަށް ރައްދުދިނުމަށެވެ. އަދި ހުވާތަށް ނޫނީ ހުވާކުރާ މީހާ (ގެ ހުވާ) ފުއްދައިދިނުމަށެވެ. އަދި އަނިޔާ ލިބޭމީހާއަށް ނަޞްރުވެރި ވުމަށެވެ. އަދި ދަޢުވަތަށް އިޖާބަ ދިނުމަށެވެ. އަދި ސަލާމް ގޮވުން ފެތުރުމަށެވެ.“
އަދި މިކަންކަމީ ﷲ އަށްޓަކައި ގުޅުންބަދަހިކުރުން (މުވާލާތު) ގާއިމުކުރުގެ އަސްބާބު ތަކެވެ. މުސްލިމުތަކުންގެ މެދުގައި ލޯބީގެ ގުޅުން ބަދަހިކުރުމުގެވެސް މެއެވެ. ފަހެ އެހެންކަމުން މިކަންކަން ޙަޔާތުގެ މައްޗަށް ގާއިމުރުމުގައި އިސްވެގަންނާށެވެ. އަވަސްވެގަންނާށެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ( ”މަގު މިއޮތީއެވެ. ފަހެ ފިރިހެނުންތައް ކޮބައިހެއްޔެވެ؟“ ފޮތް، ތަރުޖަމާ)
~ ގަލަންދާނު
Comments (0)
Be the first to comment.