ފައިދާއެއް: ތަޥްޙީދު ދެބާވަތަކަށް ބެއްސެވުމުގައި "ޤަޥްލީ ޢިލްމީ ތަޥްޙީދު" އާއި "ޢަމަލީ ޤަސްދީ ތަޥްޙީދު" ގެ މުރާދު އަކީ ކޮބާ؟
This article is available in Dhivehi only.
📌 ފައިދާއެއް: ތަޥްޙީދު ދެބާވަތަކަށް ބެއްސެވުމުގައި "ޤަޥްލީ ޢިލްމީ ތަޥްޙީދު" އާއި "ޢަމަލީ ޤަސްދީ ތަޥްޙީދު" ގެ މުރާދު އަކީ ކޮބާ؟
ޝައިޚުލް އިސްލާމް ތަޥްޙީދު ދެބާވަތަކަށް ބެއްސެވިއެވެ:
1 - ޤަޥްލީ ޢިލްމީ ތަޥްޙީދު [މީގެ މުރާދަކީ: ރުބޫބިއްޔަތާއި އަސްމާއު ވައްޞިފާތި ގެ ތަޥްޙީދެވެ. ޤަޥްލީ (ބަހުގެ ނޫނީ ބުނުމުގެ) އޭ ބުނެވެނީ، މިއީ އެއާއި ވިދިގެންވާ ޢަމަލީ ތަޥްޙީދު ކަމުގައިވާ އުލޫހިއްޔަތުގެ ތަޥްޙީދު އާއި އަޅާކިޔުމުގެ ގޮތުންނެވެ. އަދި ޢިލްމީ އޭ ބުނެވެނީ ﷲ މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމެވެ. އަދި މިއީ ޢިލްމީ ޚަބަރީ އޭ ނަން ދެވެއެވެ. ޚަބަރު: އެބަހީ ޤުރުއާނާއި ސުންނަތެވެ. އޭގެން ބިނާވާ ﷲ އާއި ބެހޭ ޢިލްމެވެ.]
2 - ޢަމަލީ އިރާދީ (ޤަސްދީ) ތަޥްޙީދު [މީގެ މުރާދަކީ: އުލޫހިއްޔަތުގެ ތަޥްޙީދެވެ. ޢަމަލީ ތަޥްޙީދޭ ބުނެވެނީ، އޭގައި ހިތުގެ ޢަމަލާއި، ދުލުގެ ޢަމަލާއި، ގުނަވަންތަކުގެ ޢަމަލު ޝާމިލުވެގެން ވުމުންނެވެ. އެއީ އެހުރިހާ އެއްޗެއްގެ ޝާމިލުވުމުން ތަޥްޙީދުގެ ޢަމަލު ގެ ބައި ބިނާވާ ތަކެއްޗެވެ. އަދި ޤަޞްދީ އޭ ބުނެވެނީ، ﷲ ގެ އަޅާ އޭނާގެ ހިތާއި، ދުލާއި، ގުނަވަންތައް ﷲ އަށް އެކަނި އަޅުކަން ކުރުމަށް ކުރިމަތިލާތީއެވެ. އުއްމީދާއި ބިރުވެތިކަމުގައެވެ. އަދި އެއިން ޤަޞްދު ކުރަނީ ﷲ ގެ ވަޖުހުފުޅެެވެ. އަދި އެއިލާހުގެ ރުއްސެވުމަށް އެދުމެވެ.]
(ނޯޓް: ތަޥްޙީދުގެ ބައިތަކުގެ ތެރެއިން: ރުބޫބިއްޔަތާއި، އުލޫހިއްޔަތާއި، އަސްމާއު ވައްޞިފާތި ގެ ތަޢާރަފު އަހަރެމެން ވާނީ، އަޞްލުއްދީން (އޯޑިއޯ) ސިލްސިލާގައި ކުރިން ބަަޔާންކޮށްފައެވެ.)
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ - رحمه الله ވިދާޅުވިއެވެ:
❞ ރަސޫލުން އެއަކާއިގެން ވަޑައިގެންނެވި އަދި އެއަކާއި އެކު ފޮތްތައް ބާވާލެއްވުނު ތަޥްޙީދު އަކީ ތަޥްޙީދުލް ޢިލާހިއްޔަތެވެ. އެއީ ﷲ އަށް އެކަނި އަޅުކަން ކުރުމަށާއި އެއިލާހާއި ޝަރީކު ނުކުރުމަށެވެ. އޭގައި ދެކަމެއް ޝާމިލު ވެގެން ވެއެވެ:
އެއިން އެކައްޗަކީ: القول العلمي އެއީ ކާމިލުވަންތަ ޞިފަތައް އެއިލާހަށް ކަށަވަރުކޮށްގަތުމާއި، ޢައިބުވުންތަކަމުން ދުރުކުޅައުމާއި، އަދި އެއިލާހުގެ ސިފަފުޅުތަކުން އެއްވެސް އެއްޗެއް އެހެން އެއްވެސް ފަރާތަކާއި ވައްތަރުކުރުމުން ދުރުކުޅައުމެވެ. އެހެންކަމުން އެއްވެސް ޙާލެއްގައި ނުކުޅެދުންތެރިކަމަކުން އެއިލާހު ޞިފަ ނުކުރުމެވެ. އަދި އެއިލާހުގެ ކާމިލު ކަމުގައި (ފުރިހަމަ ވަންތަ ކަމުގައި) އެހެން އެއްވެސް ފަރާތެއް ވައްތަރު ނުކުރުމެވެ. ..
(ދެވަނައީ) العملي الإرادي ތަޥްޙީދު، އެއީ އެއިލާހަށް މެނުވީ އަޅުކަން ނުކުރުމެވެ. ވީމާ އެއިލާހަށް މެނުވީ ދުޢާ ނުކުރުމެވެ. އަދި އެއިލާހުގެ މައްޗަށް މެނުވީ ތަވައްކަލް ނުކުރުމެވެ. އެއިލާހަށް މެނުވީ (الخوف) ބިރުވެތި ނުވުމެވެ. އެއިލާހަށް މެނުވީ (الرَّجَاءُ) އުއްމީދު ނުކުރުމެވެ. އަދި މުޅި ދީނިއްޔަތު އެއިލާހަށް އެކަނި ވުމެވެ. އަދި މި ތަޥްޙީދުން ކަށަވަރުކޮށްދެނީ، ﷲ އަކީ އެންމެހާ ތަކެއްޗެއްގެ ޚާލިޤުކަމާއި، ރައްބު ކަމާއި ވެރިފަރާތް ކަމެވެ. އެއިލާހުގެ ވެރިކަމުގައި އެއްވެސް ޝަރީކަކު ނުވެއެވެ. ❝
މަޞްދަރުތައް: مجموع الفتاوى ( 15/164 ) والفتاوى الكبرى ( 5/250 )
~ ގަލަންދާނު
Comments (0)
Be the first to comment.