ހެޔޮކަންކަމަށް ގޮވާލުމުގައި، މަޑުމޮޅިވުން، އަދި ޢިޖާބަ ނުދޭ މީހާ ދޫކޮށްލުމުގެ ހެޔޮކަން
This article is available in Dhivehi only.
ހެޔޮކަންކަމަށް ގޮވާލުމުގައި، މަޑުމޮޅިވުން، އަދި ޢިޖާބަ ނުދޭ މީހާ ދޫކޮށްލުމުގެ ހެޔޮކަން.
އަބޫ ޢަބްދު ﷲ (އިމާމު އަޙްމަދު) ވިދާޅުވީތީ އަޑުއެހިކަމަށް ޙަންބަލް ވިދާޅުވިއެވެ:
”ހެޔޮކަންކަމަށް އަމުރު ކުރުމުގައި ރުއްސުމާއި މަޑުމޮޅިކަމުގެ ބަސްމަގަށް ބޭނުންވެއެވެ. ހަރުކަށިކަމެއް ނެތިއެވެ. އެހެނަސް އެއީ އެމީހެއްގެ ފާސިޤުކަން ފާޅުކުރާ މީހަކާއި މެނުވީއެވެ. އޭނާ ހުއްޓުވުން ތިބާގެ މައްޗަށް ވާޖިބެވެ. އަދި ޚަބަރުކުރުވަން ޖެހެއެވެ. އެހެނީ ބުނެވެއެވެ: ފާސިޤަކަށް ޙުރުމަތެއް ނޯވެއެވެ. ވީމާ އެއުރެންނަށް ޙުރުމަތްތެރިކަން ދިނުން ނުވެއެވެ.“
އަދި މުހައްނާ އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ: ”ހެޔޮކަންކަމަށް އަމުރުކުރާއިރު އަތްއުފުލުން (ޖެހުން) ހެޔޮވެގެންވޭހެއްޔެވެ؟“ (އަޙްމަދު) ވިދާޅުވިއެވެ: ”މަޑުމޮޅިކަމެވެ.“
އަދި ހެޔޮކަންކަމަށް އަމުރުކުރުމާއި މެދު ޔަޢްޤޫބު ސުވާލުކުރެއްވި ކަމަށް ވިދާޅުވިއެވެ. (ޖަވާބުގައި އަޙްމަދު) ވިދާޅުވިއެވެ:
”ޢަބްދު ﷲ ބުނު މަސްޢޫދު ގެ ދަރިވަރުންތައް (މުންކަރާތް ކުރާ މީހުންނަށް އަމުރު ކުރައްވާހިނދު) ވިދާޅުވެތެވެ: ”ހަމަޖެހޭށެވެ. ﷲ ކަލޭމެންނަށް ރަޙުމަތްލަވާށިއެވެ.“
މުހައްނާ ވިދާޅުވިއެވެ: (ޢަޙްމަދު ވިދާޅުވިއެވެ) ”މަޑުމޮޅިކަމާއި އަމާންދީގެން (ހެވަށް) އަމުރު ކުރަންޖެހެއެވެ." އަހަރެން ދެންނެވީމެވެ: ”އެއީ ކިހިނެއްތޯއެވެ؟“ ވިދާޅުވިއެވެ: "އޭނާ ނުރުހޭ އެއްޗެއް އޭނާއަށް އަޑުއިވޭހިނދުވެސް (އެކަން ކުރެވޭ ގޮތުގެ ސަބަބުން) ރުޅި ނުއައުމެވެ. އެހެންކަމުން އަމިއްލަނަފުސަށް އެހީތެރިވާން އަމިއްލަޔަށް އެދުމެވެ."
އަދި އަބޫ ޠާލިބު (އަޙްމަދަށް ދެންނެވިއެވެ) ”އޭނާ އަށް ހެވަށް އަމުރު ކުރާހިނދު، (ކުރަމުން އައިނުބައި) ހުއްޓާނުލައިފިނަމަ ކިހިނަކުން ތޯއެވެ؟“ ވިދާޅުވިއެވެ: ”އޭނާ ދޫކޮށްލާށެވެ. އޭނާގެ މައްޗަށް އެކަން އިތުރު ކުރާނަމަ، ހެވަށް އަމުރުކުރުން ނެތި ތިބާގެ އަމިއްލަ ނަފުސު ގަދަ ކުރާން (އެބަހީ: ކޮޅުގަދަކުރާން) ފެށެއެވެ. އެހެންކަމުން ތިބާ ފާފައަށް ހުޅުވިދެއެވެ. ވީމާ ތިބާ ހެޔޮކަންކަމަށް އަމުރު ކުރަނީނަމަ ވަނީ، އެހެންޔާ ތިބާފުށުން އެ ޤަބޫލުކުރުމެވެ. އެހެންނޫނީ އޭނާ ދޫކޮށްލުމެވެ.“
މަޞްދަރު: الآداب الشرعية والمنح المرعية نویسنده : ابن مفلح، شمس الدين جلد : 1 صفحه : 191
~ ގަލަންދާނު
Comments (0)
Be the first to comment.