22. فإن الجهاد ماض مذ بعث الله عز وجل نبيه عليه الصلاة والسلام إلى قيام الساعة مع أولي الأمر من أئمة المسلمين لا يبطله شيء ]
This article is available in Dhivehi only.
②
22. فإن الجهاد ماض مذ بعث الله عز وجل نبيه عليه الصلاة والسلام إلى قيام الساعة مع أولي الأمر من أئمة المسلمين لا يبطله شيء ].
”އަދި ﷲ عز وجل އެއިލާހުގެ ނަބިއްޔު ﷺ ފޮނުއްވެވީއްސުރެ ޤިޔާމަތުގެ ސާޢަތާއި ހަމަޔަށްމުސްލިމުންގެ އިމާމުންގެ ތެރެއިންވާ ވެރިންނާއި އެކު ޖިހާދު ދެމިއޮންނާނެއެވެ. އަދި އެއްވެސް ކަމަކުންކުރެ ކަމަކުން މިކަން ބާޠިލު ނުކުރެވޭ ހުއްޓެވެ...“
އަދި މިއީ އިސްވެ ދިޔަ މާނައިގައެވެ. އެއީ ޖިހާދު ދެމިއޮތުމުގެ ނުކުތާގައި އިސްވެދިޔަ އައްޞަޙީޙު ގައިވީ ޖާބިރު ބުނު ޢަބްދު ﷲ ގެ ޙަދީޘްގެ މަތީންނެވެ. އަދި ބުނެވުނު އަބޫ ހުރައިރާގެ ޙަދީޘުގެ ވެސް މަތީންނެވެ. އަދި ހަމައެފަދައިން، ޔަޒީދު އަރިހުން ރިވާވި ޢަނަސް ބިން މާލިކު ގެ އަދި ޢަބްދުއްރަޙްމާން ބުނު ޒައިދު މުރްސަލް ގޮތުގައި އެކަލޭގެފާނު ގެ ބައްޕަ އަރިހުން ގެންނެވި ޙަދީޘް، އެއީ ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: (لا يزال الجهاد حلواً خضراً ما نزل القطر من السماء) ”އުޑުން ވާރޭ ވެހޭހާ ހިނދަކު، ޖިހާދުގެ ފޮނިކަމާއި ތާޒާކަން ނުކެނޑި ދެމިއޮންނާނެއެވެ..“ އަދި މިނޫންވެސް، މި އަޞްލަށް ބާރުދޭ ޙަދީޘްތަކެވެ. އަދި އެކަން މުސްލިމުންގެ އިމާމުންގެ ތެރެއިންވާ އަމުރުވެރީންނާއި އެކު އޮވެމެ ކަމަކުންކުރެ އެއްވެސް ކަމަކުން ބާޠިލު ނުކުރެވޭނޭ ކަމެވެ. އޭގެ ދާއިމީ ވަންތަ ކަން ބާޠިލު ނުވާނޭ ކަމެވެ. އަދި މުސްލިމުންގެ ތެރޭ ތަޅައިފޮޅުން(ޖިހާދު ފިޔަވައި) ފިތުނައަށް ވެދެއެވެ. އެހެނަސް މިބުނުމުގެ މަޤުޞަދަކީ ޖިހާދުގެ ޢަޞްލު، އެ އެއްވެސް ރޯޅިއަކުން ރޯޅިއަކާއި ހެދި ބާޠިލުވެ ނުދާނޭ ކަމެވެ.
މިސަބަބަށްޓަކައި އަހަރެމެން ބުނަމެވެ: ޤިޔާމަތާއި ހަމަޔަށް ޖިހާދު ދެމި ނުއޮންނާނެ އޭ ބުނެއްޖެ މީހާ، ނުވަތަ ބިންމަތީން އޭގެ އަމުރު ނެންގެވޭނޭ ބުނެއްޖެ މީހާ، ފަހެ އެއީ މަގުފުރެދިފައިވާ މީހެކެވެ. އެހެނަސް ވަރަށް ސާފު ކަމެއް ނުވަތަ ޤަރީނާއެއް ނުވަތަ އެފަދަ އެއްޗަކަށް ބުރަވެ ވަކި މިވެނި މީހެއް އެވެނި މީހަކާއި ކުރާ ހަނގުރާމަ، ނޫނީ މިވެނި މީހެއްގެ ބައިވެރީން މިވެނި ބިމެއްގައި ކުރާ ހަނގުރާމަ، އެއީ ޖިހާދެއް ނޫނޭ ބުނެފި މީހަކަށް އެޝުބުހު ޤަބޫލުވެވުން (އެބަހީ ޢުޒުރުވެރިވުން) ވެއެވެ. އެހެނަސް އޭގެ ސަބަބަުން ބިންމަތީން ޖިހާދު އުފުއްލެވި ނުދެއެވެ. ދެންފަހެ އެ އަމުރު (އެއްކޮށް) ނަގާލައި ބިންމަތީން އެއްވެސް ޖަގަހައެއްގައި (އެ ޖިހާދު އޮތުން) ޘާބިތު ނުކޮށްފި މިހާ، ފަހެ އެއްވެސް ޝައްކެތް ނެތި މި މަގުފުރެދިފައިވާ މީހާގެ މައްޗަށް ﷲ سبحانه وتعالى ކާފަރުވެއްޖެ ކަމުގެ ބިރު އެބައޮތެވެ. އެހެނީ އޭނާ އިސްލާމް ދީނުގެ އަސާސީ ޢިލްމުން (ޟަރޫރަތުން) އެނގޭން އޮތް އެއްޗަކަށް އިންކާރު ކުރޫމުގެ ސާބަބުންނެވެ.
— އިމާމް އަބޫ ޒުރްޢާ އަދި އަބޫ ޙާތިމް އައްރާޒީ ގެ ޢަޤީދާ ގެ ޝަރަޙަ، އައްޠަރީފީ
~ ގަލަންދާނު
Comments (0)
Be the first to comment.