އަލްޙަރޫރިއްޔާ⁽¹⁾ އާއި ބެހޭގޮތުން
This article is available in Dhivehi only.
އަލްޙަރޫރިއްޔާ⁽¹⁾ އާއި ބެހޭގޮތުން
ޢަބްދު ﷲ ބުނު ޢުމަރު رضي الله عنهما އާ ސުވާލު ވެވުނެވެ. ވިދާޅުވިއެވެ:
❞ އެއުރެން މުސްލިމުން ކާފަރު ކުރެއެވެ. އަދި އެވެރިންގެ ލެޔާއި މުދައު ޙަލާލު ކުރެތެވެ.
އަދި އަންހެނުންނާ އެވެރިންގެ ޢިއްދާގެ ތެރޭ ކައިވެނި ކުރެތެވެ. އަދި އަންހެނަކު އެވެރިންގެ ގާތަށް އަތުވެއްޖެ ނަމަ، އެވެރިންގެ ތެރެއިން މީހެއް އެކަނބުލޭގެއާއި ކައިވެނި ކުރެތެވެ. އެއީ އެކަނބުލޭގެ ފިރިއެއް ވަނިކޮށެވެ. ވީމާ އެވެރިންގެ ތެރެއިން އަންހެނެއްގެ ދެފިރިން ވެދެއެވެ.
އެހެންކަމުން، އެބަޔަކާ ހަނގުރާމަކޮށް މަރަން، ޙަރޫރިއްޔާ އަށްވުރެ ޙައްޤުކަން ބޮޑު ބައެއް އަހަރެންނަކަށް ނުއެނގެއެވެ. ❝
އިމާމް އައްޝާޠިބީ ގެ "އަލްއިޢްތިޞާމް" (3/149)
~ ގަލަންދާނު
ــــــــــــــــــ
[1] އަލް-ޙަރޫރިއްޔާ: މިއީ ޚަވާރިޖުންގެ ތެރެއިން މުޢާވިޔާ އަށް ތަކްފީރު ކޮށް ދެން ޢަލީ އެކަލޭގެފާނާ ޞުލްޙަ ވުމަށް އެއްބަސް ވުމުން، ޢަލީގެފާނާއި އިދިކޮޅުވެ لا حُكْمَ إلّا لله (ﷲ ނޫން ފަރާތަކަށް ޙުކުމް ނުވެޔޭ) ގޮވައި، އެކަލޭގެފާނުގެ ލާޝްކަރުންވަކިވެ އެކަލޭގެފާނަށްވެސް ތަކްފީރުކޮށް ޢިރާޤުގެ ކޫފާ ގެ ކައިރީގައިވާ ޙަރޫރާއަ އޭ ކިޔުނު ތަނެއްގައި ފުރަތަމަ އެއްވި ބައިގަނޑެވެ. މިބައިމީހުން އުއްމަތް ކާފަރުކުރިއެވެ. އަދި އެވެރިގެން ލެޔާއި މުދައު ޙަލާލުކޮށް އެއަށް އަރައިގަތެވެ.
Comments (0)
Be the first to comment.