ޝަރުޢީ އަދި ލުޣަވީ ގޮތުން، لَا إِلَهَ إِلَّا اللَّهُ ގެ މާނަ
This article is available in Dhivehi only.
📌 ޝަރުޢީ އަދި ލުޣަވީ ގޮތުން، لَا إِلَهَ إِلَّا اللَّهُ ގެ މާނަ
❞ ( لَا إِلَهَ إِلَّا اللَّهُ ) . لَا : މިއީ ނަފީ ގެ ލާމެވެ. نَافِيَّةٌ لِلْجِنْسِ (އެއީ އެ لَا ނިސްބަތްވާ އިސްމު ނުވަތަ ނަމުގެ، އެންމެހާ ޒާތަކާއި ބާވަތެއް ނަފީ ކޮށްލާ އެއްޗެކެވެ.) އަދި އެއީ مَبْنِيٌّ ކަލިމައެކެވެ. އޭގެ ފިއްޔަށް ބަދަލު ނުއަންނަ އަކުރެކެވެ. (އެ لَا އާއި އެކު، ޖުމްލަ ފުރިހަމަ ވުމަށް) އެއަށް اسْم (ނަމެއް) އަދި خَبَر އެއް (ޖުމްލަޔަށް ޚަބަރެއްދޭ ބަހެއް) ބޭނުން ވެއެވެ.
(ޝަހާދަތުގެ ކަލިމައިގެ) ޖުމްލައިން اسْم އަކީ: إِله އެވެ. (މިއަށް ކިޔެނީ اسم لا އެވެ.)
އަދި އޭގެ خَبَر: ވުޖޫދުގައި ނެތެވެ. ވަނީ ފޮހެވިފައެވެ. އޭގައި ފޮރުވިފައިވާ ލަފުޒަކީ:
އަހްލިއް ސުންނަތި ވަލް ޖަމާޢަތި ގާތުގައި: لَا إِلَهَ حَقٌّ إِلَّا اللَّهُ. ވީމާ "حَقٌّ" މަރްފޫޢަ ޚަބަރެއް ގޮތުގައެވެ.⁽¹⁾ އަދި އޭގެ މާނައަކީ: لَا مَعْبُودَ بِحَقٍّ إِلَّا اللَّهُ "ނުވެޔޭ އެއްވެސް އަޅުކަން ވެވޭފަރާތެއް ޙައްޤު ގޮތުގައި، ﷲ ފިޔަވައޭ" އެވެ.⁽²⁾
(މަގުފުރެދިފައިވާ ބައިގަނޑުތަކުގެ ތެރެއިން) އަޝްޢަރީންނާއި ޖަހްމިއްޔާ އާއި ރާފިޟީ ޝިޢާއީންނާއި ޞޫފީންނާއި ޤުބޫރީންގެ ގާތުގައި، އެފޮރިވިފައިވާ ޚަބަރު އަކީ: لَا إِلَهَ خَالِقٌ.. (ޚާލިޤުކުރައްވާ އިލާހެއް ނުވެޔޭ..) ނުވަތަ قَادِرٌ عَلَى الِاخْتِرَاعِ إِلَّا اللَّهُ (އުފެއްދެވުމަށް ކުޅަދުންވަންތަ އިލާހެއް، ﷲ ނޫނީ ނުވެޔޭ) އެވެ. އަދި މި (މާނަކުރުން) ނުފުދެއެވެ. އެހެނީ ކާފަރުން ވެސް އެއިލާހަކީ ޚާލިޤުވަންތަ ފަރާތް ކަމުގައި އިޤުރާރުވެއެވެ.
އަދި ފަލްސަފާވެރިން ގާތު: لَا إِلَهَ مَوْجُودٌ.. (ވޮޑިގެންވާ އިލާހަކު ނުވެޔޭ..) މީގެ މަތީން އިބިލީހަކީވެސް މުވައްޙިދެކެވެ. (މިމާނާގައި އެކަލިމަޔަށް އެއްބަސް ވުމުން ﷲ އެއްކައުވަންތަކޮށްފި މީހެކެވެ.) އެހެނީ އޭނާ ވެސް ﷲ ވޮޑިގެންވާކަމަށް އިޤުރާރުވެއެވެ.
الله تعالى އިބިލީހާމެދު ޚަބަރުދެއްވިއެވެ: ( قَالَ فَبِعِزَّتِكَ لَأُغۡوِيَنَّهُمۡ أَجۡمَعِينَ ) ”އެކަލޭގެ ދެންނެވިއެވެ: ފަހެ، އިބަރަސްކަލާނގެ عزّة ތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ.“
ވީމާ އެވެރިން ތެރޭ އޮތް ފަރަޤަކީ: ފޮހެވިފައިވާ ޚަބަރު، ކަނޑައެޅުމުގައިވާ ފަރަޤެވެ. ❝
— ފަޟީލަތުއް ޝެއިޚް ޢަލީ ބުނު ޚުޟައިރުލް ޚުޟައިރް، ثبته الله (އައްތަޥްޟީޙު ވައްތަތައްމާތު ޢަލާ ކަޝްފިއް ޝުބުހާތި ޞ. 40)
~ ގަލަންދާނު
----------------------
[1] އަދި يَسْتَحِقُّ العِبَادَةَ (އަޅުކަން ކުރުމަށް ޙައްޤުވެގެންވާ) ނޫނީ މިފަދަ ގޮތަކަށް ބަޔާން ކުރުންވެސް މިއާއި ތަޢާރުޟު ނުވެއެވެ. އެއީ ހުސް އެ ލަފުޒަށް އަންނަ ތަފްޞީލުތަކެވެ.
[2] މީގެ މައްޗަށްވާ ޤުރުއާނުގެ އެއް ދަލީލަކީ: {ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِ ٱلۡبَٰطِلُ} ”އެހެނީ ހަމަކަށަވަރުން، اللَّه އީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، باطل ތަކެއްޗެވެ.“ (لقمان 30) އަދި ސުންނަތުން: عن طارق بن أشيم رضي الله عنه قَالَ، سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَكَفَرَ بِمَا يُعْبَدُ مِنْ دُونِ اللَّهِ حَرُمَ مَالُهُ وَدَمُهُ وَحِسَابُهُ عَلَى اللَّهِ "— رواه مسلم. މާނައީ: ޠާރިޤް ބިން އަޝީމް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރަނިކޮށް އަޑުއެއްސެވީމެވެ: "لا إله إلا الله (ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ﷲ ފިޔަވައި ނުވާކަމަށް) ކިޔާ އަދި ﷲ ފިޔަވައި އަޅުކަންވެވޭ އެހެން ހުރިހާ އެއްޗަކަށް ކާފަރުވާމީހާގެ މުދަލާއި އަދި ލޭ ޙުރުމަތްތެރިވެގެންވެއެވެ. އަދި އެމީހެއްގެ ޙިސާބު ބެއްލެވުން ވަނީ ﷲއަށެވެ."
Comments (0)
Be the first to comment.