އެވެރިންގެ ބިންގަލުގެ ފުރަތަމަ އެތި ފާޅުވަނީ: އިތުރުއެކަލޭގެފާނުން ﷺ ގެ މި ބަސްފުޅުންނެވެ
This article is available in Dhivehi only.
③
އެވެރިންގެ ބިންގަލުގެ ފުރަތަމަ އެތި ފާޅުވަނީ: އިތުރުއެކަލޭގެފާނުން ﷺ ގެ މި ބަސްފުޅުންނެވެ:
«يَمرُقونَ مِن الدِّينِ» (ދީނުން ނިކުމެދެއެވެ...) އަބޫ ސަޢީދުގެ ޙަދީޘުގައި ވާފަދައިންނެވެ.⁽⁹⁾ އެވެރިން ދީނުން ނިކުމެދާތާ ގައި، އެވެރިން ހީކުރަނީ އެވެރިން ނޫން އަނެކުންނީ ބޭރުވެދާ ފަރާތް ކަމުގައެވެ. އެހެންކަމުން އަނެކުން ކާފަރު ކުރެއެވެ. އެހެނީ އެވެރިން ދެކެނީ ނިކުމެދާ މީހުންނީ އަނެކުން ކަމުގައި ވާތީ އެވެ.
އެވެރިންގެ ބިންގަލުގެ ދެވަނަ އެތި ފާޅުވަނީ: އިތުރުއެކަލޭގެފާނުން ﷺ ގެ މި ބަސްފުޅުންނެވެ: ޢިސްލާމު އަހުލުންނާ އެވެރިން ހަނގުރާމަކުރެއެވެ.» އަދި މިއީ (އެއުރެންފުށުން) ޞަރީޙަ (ކިލަނބުކަމެއް ނުވާ) ކަމެކެވެ.
އަދި ސަލަފުންގެ އިމާމުން އެއުރެން ދެނެގެންނެވީ މިދެ އަޞްލުންނެވެ. މައިމޫނު ބުނު މިހްރާން ފަދައިންނެވެ. އެއީ މިހެން ވިދާޅުވިހިނދެވެ: ”އަލްޙަރޫރިއްޔާ އަކީ ކޮބައިކަން ތިބާއަށް އެނގޭ ހެއްޔެވެ؟ އެއުރެންނީ، އެބަޔަކާއި އާޔަތެއްގައި ތިބާ އެވެރިންނާ ދެބަސްވެއްޖެ ނަމަ ، ތިބާ އަކީ ކާފަރެކޭ ބުނެ ތިބާގެ ލޭ ޙަލާލު ކުރާ މީހުންނެވެ.“⁽¹⁰⁾
އަދި ކުފުރު ނުވާ ކަންކަމުން ތަކްފީރު ކުރުމޭ އަހަރެމެން މިބުނެފައިވަނީ، ޚަވާރިޖުން ވަކި ބޮޑުފާފައިން ތަކްފީރު ކުރުމަށް އިއްތިފާޤު ވެފައި ނުވާތީއެވެ. އަދި ކުޑަފާފަޔައިން ވެސް އެވެ. ޢަދި ޝަރީޢަތުގައި ހިމެނޭ ފާފައިގެ އަޞްލަށްވެސް އެވެރިން އެކައްޗެއް ނުވެއެވެ.
އެހެނީ، ކުޑަފާފަ ގައި ނުވަތަ ބޮޑު ފާފައި ގައި ދެމިހުރުމުގެ މައްޗަށް، އައްނަޖަދާތުން ތަކްފީރުކުރެއެވެ. އަދި ވަކި އެއްފަހަރު ޒިނޭ ކޮށްފި ނޫނީ ވައްކަން ކޮށްފި ނޫނީ ލިވާތުކޮށްފި މީހަކަށް ތަކްފީރު ނުކުރެއެވެ. އެއީ އެކަމުގައި ތަކުރާރުވެ ނުހުންނަހާ ހިނދަކުއެވެ. އަދި ދެމިހުންނަ މީހާ އެއީ ކުޑަ ފާފައެއް ވިޔަސް ތަކްފީރު ކުރެއެވެ. އެހެނީ އެއުރެން ދެކޭ ގޮތުގައި ދެމިހުރުމީ އެއިން އީމާން ކަން ނަފީކުރާ ދެކޮޅުވެރިކަމެވެ.⁽¹¹⁾
އަދި ޚަވާރިޖުންގެ ތެރެއިން، އައްޞުފްރިއްޔާގެ ބައެއް މީހުން ފަދައިން، ޙައްދު ޤާއިމު ވުމަށް ފަހު ތަކްފީރު ކުރާ މީހުން ވެއެވެ. އަދި ޙައްދު ޤާއިމު ކުރުމުގެ ކުރިން ތަކްފީރު ނުކުރެއެވެ. މިހެންކަމުން އެއް ސުފުރާއެއް މަތީ ދެމީހެއް ރާ ބޮއެފިނަމަ، އަދި އެއިން އެކަކަށް ޙައްދު ޖެހިއްޖެ ނަމަ، އެއުރެން އޭނާ ކާފަރު ކުރެއެވެ. އަދި އޭގެ ތެރެއިން ޙައްދު ޤާއިމު ނުކުރެވި ހުރި އަނެކަކާއަށް ތަކްފީރު ނުކުރެތެވެ. އަދި އެއުރެން ދެކެނީ އެއީ މުއުމިނެއް ގޮތުގައެވެ. އޭނާގެ މައްޗަށް ޙައްދު ޤާއިމުވެއްޖައުމާއި ހަމައަށެވެ.⁽¹²⁾
ދެންފަހެ ޢަޞްޙާބު ބޭކަލުން ހުއްދަ އަދި ޝަރުޢުވެގެންވާ ޢަމަލު ގެ މައްޗަށް، ތަކްފީރު ކުޅަ މީހުންވެސް އެވެރިންގެ ތެރޭ ވިއެވެ. އެއީ ޙުކުމް ކަނޑައެޅުމަށް (ދެފަރާތުން) ދެމީހެއް ކަނޑައެޅުމަށް ޙުކުމް ކުރެއްވުމުން ޢަލީ ބުނު ޢަބީ ޠާލިބު ތަކްފީރުކޮށްލުމެވެ. އެކަލޭގެފާނުގެ އެ ޢަމަލުފުޅަކީ ޝަރުޢުވެގެންވާ ކަމެކެވެ. އެއީ ﷲ ގެ ޙުކުމް ނޫން އެހެން ޙުކުމަކުން ޙުކުމް ކަނޑައެޅުން ކަމަށް ބޭރުފުށަށް ވައްތަރުވުމުން، އެވެރިން އެކަލޭގެފާނު ފާފަ ކުރިކަމަށް ހީކޮށް، އެކަލޭގެފާނު އެކަމުގެ ސަބަބުން ތަކްފީރުކޮށްލިއެވެ. އެހެންކަމުން ކުފުރު ގައި އެވެރިންގެ ޞިފައިގެ އަޞްލު ރުޖޫޢަވަނީ، ކާފަރު ނުވާ ކަންކަމުން ތަކްފީރު ކުރުމެވެ. (ތަކްފީރު އެކުރާ ކަމަކީ ބޮޑުފާފައެއް އެކަންޏެއް ނޫނެވެ. އެއީ ކުޑަ ފާފައެއް ނޫނީ ހުއްދަ ޝަރުޢުވެގެންވާ ކަމެއް ކަމުގައިވެސް ވެދާނެއެވެ.)
އަދި ޚަވާރިޖުން ބޮޑު ފާފައިގައި ތަކްފީރު ކުރާކަމުގެ މައްޗަށް އިޖްމާޢު ވާކަމަށް ބުނާ މީހުންގެ އެބަސް، ސީދަލެއް ނޫނެވެ. އެއީ އަލްކަޢްބީ⁽¹³⁾ އާއި އައްޝަހްރަސްތާނޫ⁽¹⁴⁾ އާއި އައްރާޒީ⁽¹⁵⁾ އަދި އެނޫން ބޭކަލުން ފަދައިންނެވެ. ފަހަރެއްގައި އެބޭކަލުން އިޖުމާޢު އެގެންނެވީ އެބޭކަލުންގެ ޒަމާނުގައި ތިބި ނޫނީ އެވެރިންގެ ތެރެއިން ޖަމާޢަތެއްގެ މައްޗަށެވެ. އިޖްމާލީ ގޮތެއްގައި އެވެރިންގެ އަޞްލެއް ގޮތުގައެއް ނޫނެވެ.
-------------------------
[10] ރިވާކުރެއްވީ ޙަރްބު، އެއީ އިބްނު ރަޖަބް ގެ "ފަތުޙުލް ބާރީ" 6/178 ގައި ވާފަދައިން، އެއީ އެކަލޭގެފާނުގެ ސަނަދުން، ޖަޢްފަރު ބުނު ބަރްޤާން އަރިހުން، މައިމޫނު ބުނު މިހްރާން އަރިހުން ނެވެ.
[11] "މުޤާލާތުލް އިސްލާމިއްޔާ" ޞ 76 ، އަދި "އައްތަބްޞީރް ފިއްދީން" ޞ. 45- 46 އަދި އަލްމިލަލި ވައްނަޙަލި 1/124
[12] އައްޖިރްޖާނީ ގެ "ޝަރަޙިލް މަވާޤިފް" 3/693 އަދި ލަވާމިޢިލް އަންވާރް 1/87
[13] އަލްފަރަޤް ބައިނަލް ފިރަޤި، ޞ. 73 - 74
[14] އަލްމިލަލި ވައްނަޙަލި 1/144 ގައި.
[15] "އިޢްތިޤާދި ފިރަޤިލް މުސްލިމީން ވަލް މުޝްރިކީން" ޞ. 46
Comments (0)
Be the first to comment.