މިބާބުގައި އެވެރިން މަގުފުރެދުމުގެ އަސާސީ ސަބަބަކީ: ދީނުގެ ފަރުޢީ ކަން ކަމާއި އޭގެ އުޞޫލީ ކަންކަން ފަރަޤު ނުކުރުމެވެ. (އެބަހީ ދީނުގެ…
This article is available in Dhivehi only.
⑤
މިބާބުގައި އެވެރިން މަގުފުރެދުމުގެ އަސާސީ ސަބަބަކީ: ދީނުގެ ފަރުޢީ ކަން ކަމާއި އޭގެ އުޞޫލީ ކަންކަން ފަރަޤު ނުކުރުމެވެ. (އެބަހީ ދީނުގެ ގޮފިތަކާއި އޭގެ މުލާއި ވަކި ނުކުރެވުމެވެ.) އަދި ފިޤުހީ މައްސަލަތަކާއި ޢަޤީދާގެ މައްސަލަތަށް މަސްހުނިކުރުމެވެ. އެހެންކަމުން ޢަޤީދާގެ މައްސަލައެއް ހޯދުމުގެ ތެރޭ ފިޤުހީ މައްސަލައެއް ތެރެއަށް (ވާނުވާނުދަނެ) ވަދެއެވެ. އެހެންކަމުން އޭގެ ނަތީޖާ ޚަރާބުވެއެވެ.
ދެންފަހެ ކުފުރު ނުވާ ކަންކަމުގައި ތަކްފީރު ކުރުމުގައި (ޚަވާރިޖުން ނޫން) އެހެން ބައިގަނޑުތައް އެވެރިންނާއި އެއްކަހަލަ ވުމުގައި ދަންނައެ: ފަހެ (ސުންނަތް ޖަމާޢަތުގެ) އިމާމުންގެ ގާތުގައި މި ވަކި ޞިފައިގެ ސަބަބުން އެކަންޏެއް އެފަދަ ބައިގަނޑުތައް ޚަވާރިޖުންގެ ތެރެއަށް ނުވެއްޓެއެވެ. މިއީ ދެކަމެއްގެ ސަބަބުންނެވެ:
އެކައްޗަކީ: ކުފުރު ނުވާ ކަންކަމުގައި ތަކްފީރު ކުރާ (ޚަވާރިޖުން ނޫން) ބައިގަނޑު ތަކުގެ ތެރޭން އެއްބަޔަކީ އެވެރިންގެ އެތަކްފީރުގެ ސަބަބުން އެވެރިންނާ ދެކޮޅުވާ މީހުންގެ ލޭ — ޚަވާރިޖުން ކުރާ ފަދައިން — ޙަލާލު ކުރާ ބައެއް ނޫނެވެ. މިއީ އަލްމުޢުތަޒިލާ ފަދައެވެ. އެއުރެން ފާސިޤުން ފުށުން އީމާން ކަން ނަފީކުރެއެވެ. ވީމާ އެވެރިންނީ ޚަވާރިޖުން ފަދައިން އީމާންކަން ނަފީ ކުރާ ބައެކެވެ. އެހެނަސް ޚަވާރިޖުން ފަދައިން އެވެރިންނީ އެކަމުގައި ލޭ ޙަލާލު ކުރާ ބައެއްް ނޫނެވެ. މިހެންކަމުން ޢާންމު ޞިފަ މިވަނީ އެވެރިންނާއި ވަކިވެފައެވެ. އެއީ ސަލަފުން ތެރެއިން ބައެއް ބޭކަލުން، މި (އީމާން ނަފީ ކުރުމުގެ) ޞިފައިގެ ދަށުން އެވެރިންނަކީ، (ލޭ އޮހޮރުމުވެ ޢަމަލުނެތި) އިށީނދެ ތިބޭ ޚަވާރިޖުން ތެރޭ ވާ ބައެއް ކަމުގައި ލައްވާފައި ވިއެއް ކަމަކުއެވެ. އެއީ ޢަބުލް ޤާސިމް ޢަބްދުއް ރަޙްމާން ބުނި މުޙައްމަދި ބްނިލް ޤާސިމިލް ޙަސަނިއްޔު ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ: ”އަލްމުޢްތަޒިލާ އަކީ ބަނޑުޖަހައިގެން ތިބޭ ޚަވާރިޖުންނެވެ. ކަނޑިން މީސްތަކުންނާ ހަނގުރާމަ ކުރުމަށް އެވެރިން ނުކުޅެދިގެން ވިއެވެ. އެހެންކަމުން މީސްތަކުންގެ މައްޗަށް އެވެރިންގެ ދުލުން ހަނގުރާމަ ކުރުމުގައި ނޫނީ ގަދައެޅުމުގައި ހަނގުރާމަކުރުމުގައި، އިށީނދެގެން ތިއްބެވެ.“⁽¹⁸⁾
އޭގެ ތެރެއިން ދެވަނަ ކަމަކީ: ބައިގަނޑުތައް ޞިފަ ކުރުން ވަނީ އެވެރިންގެ ޒާތީ ޢަޤީދާ ތަކުގައި އެންމެ ބޮޑަށް ދިއްލި ފާޅުވެގެންވާ ކަންތަކާށެވެ. އޭގެތެރެއިން ފޮރުވި ފައިވާ އަދި އެހެން ބައިގަނޑުތަކާ މަސްހުނިވެފައިވާ ކަންކަމަކުން ނޫނެވެ. އެއީ ރާފިޟީ ޝިއަޢީން ފަދައިންނެވެ. އެހެނީ ހަމަކަށަވަރުން ކާފަރު ވުން ނުވާ އެހެނަސް އެވެރިންގެ އަމިއްލަ ކަންކަމެއްގައި އެވެރިން ތަކްފީރު ކުރެއެވެ. އަދި ލޭވެސް ހުއްދަ ކުރެއެވެ. އެހެނާސް ރާފިޟީންނަކީ އެވެރިންގެ ފުށުގައިވާ ބޮޑެތި އެހެން ޞިފަ ތަކެއްގެ މައްޗަށް ޞިފަކުރެވިގެންވާ ބައެކެވެ. އެއީ އިސްލާމް ކަން އެކީ ދޫކޮށްލުމުގައެވެ. ދުލުން އެއަށް ވަދެފައިވިޔަސް އެވެ. އަދި އެވެރިން ޚަވާރިޖުންނަށްވުރެ ނުބައިކަން ބޮޑުވެގެން ވެއެވެ. އަދި ރާފިޟީންގެ ބައެއް ބައިގަނޑު، ޤަދަރު ނަފީ ކުރެއެވެ. އަދި މިގެ ސަބަބުން ރާފިޟީ ކަމުގައި ޞިފަ ކުރުން، ނަފީނުވެއެވެ. އެއީ އިސްލާމް ކަމުގައި ރަފްޟު ގެ ޞިފަ ޤަދަރު ނަފީ ކުރުމުގެ ޞިފަ އަށް ވުރެ އެވެރިންގެ މައްޗަށް ގަދަވެގެންވުމެވެ.
އަދި އިހު ބުނެވުނު ދެޞިފަ (ކުފުރަށް ނުވާ ކަންކަމުގައި ތަކްފީރު ކުރުމާއި ލޭ ޙަލާލު ކުރުން) ، ޚަވާރިޖުންނަށް ބަލާ އިރު އޭގެން ފުރަތަމަ ޞިފައިން ދެވަނަ ޞިފަ ވަކިވެފައި ނުވެއެވެ. އެހެނީ ހަމަކަށަވަރުން އޭގެ ތެރެއިން ފުރަތަމަ ޤަޥްލު ބުނާ މީހުން ދެވަނަ ޤަޥްލު ލާޒިމު ވެގެން ވެއެވެ. އަދި މީގެ އިދިފުށަށް މިކަން ނުދެއެވެ:
ފަހެ ޚަވާރިޖުން ކުފުރަށް ނުވާ ކަމެއްގައި މީހަކު ކާފަރު ކުރާ ހިނދު، އެވެރިން ހަމަކަށަވަރުން އޭނާގެ ލޭވެސް ޙަލާލު ކުރެތެވެ. އެހެނަސް ބަޔަކު ކާފަރު ނުވާ ކަމެއްގައި ލޭ ޙަލާލު ކޮށްފި ނަމަ، އެވެރިން އެ ބުނަނީ ދެވަނަ ޤަޥްލެވެ. (ލޭ ޙަލާލު ވުމެވެ.) އަދި އެއިން ފުރަތަމަ ޤަޥްލު (އަށް ތަބަޢަވާކަން) ލާޒިމެއް ނުކުރެއެވެ. (އެބަހީ ކުފުރަށް ނުވާ ކަންކަމުގައި ކާފަރުކުުމުގެ ޞިފަ އެބަވެޔޭ ނުބުނެވޭނެއެވެ.)
-----------------------
[18] އަލްބައިހަޤީ ގެ "އަލްޤަޟާއު ވަލްޤަދްރި" ޞ. 573
Comments (0)
Be the first to comment.