ހެކިބަސް އެބަޔެއްގެ ފުށުން ޤަބޫލު ނުކުރެވޭ މީހުން ކަނޑައެޅުމު ޝާފިޢީންގެ އުޞޫލީ ހަމަތައް ކިޔައިދެއްވަމުން، އިސްލާމް ނޫން ބައިގަނޑުތަކާއި…
This article is available in Dhivehi only.
①
ހެކިބަސް އެބަޔެއްގެ ފުށުން ޤަބޫލު ނުކުރެވޭ މީހުން ކަނޑައެޅުމު ޝާފިޢީންގެ އުޞޫލީ ހަމަތައް ކިޔައިދެއްވަމުން، އިސްލާމް ނޫން ބައިގަނޑުތަކާއި އިސްލާމީ ޢަޤީދާ އާއި އޭގެ އަޞްލުތަކާއި ޚިލާފުވާ ބައިގަނޑުތަކުގެ ތަފްޞީލުތަކަށް ފަހު، އައްޝެއިޚް އަބޫ ސަލްމާން، ސުލޫކުގައި ނުބައިތައް އެކުލެވޭ ބައިގަނޑުތައް ބަޔާން ކުރެއްވިއެވެ. އަދި އެ ތިންބަޔަކަށް ވާ ކަމުގައެވެ. ވިދާޅުވިއެވެ:
އެއްބަޔަކީ:
އެވެރިންނާއި ޚިލާފުވާ ބަޔަކުން އެއިން ކާފަރުކޮށް އެވެރިންގެ މުދަލާއި ލޭ ޙަލާލުކަމުގައި ދެކޭ މީހުންނެވެ. އެއީ އަބޫ ބަކުރާއި ޢުމަރު رضي الله عنهما އަށް އެވެރިން އޮތް ގުޅުމާއި އެކު، މުޅި އުއްމަތް ތަކްފީރު ކަމަށް ދެކުނު ޚަވާރިޖުން ފަދައިންނެވެ. އަދި ހައްދުފަހަނަ އެޅި ބައިގަނޑުތައް ޢަލީ ބުނު އަބީ ޠާލިބު عليه السلام ޤަބޫލުކުރުމާއި އެކު، މުޅި އުއްމަތް ތަކްފީރު ކުރިފަދައިންނެވެ. މިދެބައިގަނޑުވެސް ދެކެނީ: ދާރުލް އިސްލާމް އަކީ އޭގެ ފިރިހެނުން ޤަތުލުކުރުން ހުއްދަ އަދި އެވެރިންވެ އަނބިދަރީން އަޅުންނަށް ހެދޭ އަދި އެވެރިންގެ މުދާ ޣަނީމާ ކުރެވޭ ތަނެއް ގޮތުގައެވެ. އެހެންކަމުން ދެ ސަބަބެއްގެ މައްޗަށް މިފަދައިން އިޢުތިޤާދު ކުރި ދެބައިގަނޑު މައްޗަށް ކުފުރު ޙުކުމް ކުރެވެއެވެ:
އެއް ސަބަބަކީ: السواد الأعظم (އުއްމަތުގެ މާސިންގާ ބައިގަނޑު) ތަކްފީރު ކުރުމުގެ ނަތީޖާ އަކީ އިސްލާމް ދީން ނެތިކޮށްލައި އެފަނާވުމެވެ. އަދި އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރައްވާފައިވެއެވެ:
" تفترق أمتي على ثلاث وسبعين فرقة منها واحدة ناجية. قيل: وما هي؟ قال: السواد الأعظم ". (”ތިމަންކަލޭގެފާނުގެ އުއްމަތް 73 ބަޔަށް ބެހޭނެއެވެ. އޭގެ ތެރެއިން ނަޖާ ވެގެންވަނީ އެއް ބައެވެ.“ ބުނެވުނެވެ: އެއީ ކޮންބަޔެއް ތޯއެވެ؟ ޙަދީޘްކުރެވިއެވެ: السواد الأعظم އެވެ.)
ދެވަނަ ސަބަބަކީ: ޝަރުޢު ވެގެންވާ ޙުރުމަތްތެރި ދާރު އޭގެ އަހުލުންނާއި މުދާ އެވެރިން ހުއްދަ ކުޅައުމެވެ. އިތުރު އެކަލޭގެފާނުން ﷺ ވަނީ ޙަދީޘް ކުރައްވާފައިވެއެވެ: " منعت دار الإسلام وما فيها وأباحت دار الشرك وما فيها " (ތިމަންކަލޭގެފާނު މަނަޢު ކުރައްވަނީ ދާރުލް އިސްލާމް އާއި އޭގައިވާ އެއްޗެކެވެ. އަދި ހުއްދަ ކުރައްވަނީ ދާރުއް ޝިރުކު އާއި އޭގައިވާ އެއްޗެކެވެ.)
އަދި (ޙައްޖަތުލް ވަދާޢު ގެ) ނަޙުރު ގެ ދުވަހު، ބޮޑު އެއްވުން ގަނޑު ހެކިކުރައްވައި ޙަދީޘް ކުރެއްވިއެވެ:
وقال يوم النحر كلاما شهده الجم الغفير: " ألا إن دماءكم وأموالكم وأعراضكم حرام عليكم كحرمة يومكم هذا في شهركم هذا في بلدكم هذا "ދަންނައެ، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރްމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދުގެ (ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީފަދައިންނެވެ. މިމައްސަރު(ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މިރަށް (މައްކާ) ޙުރުމަތްތެރިވީ ފަދައިންނެވެ".
މިހެން ކަމުން މިބައި މީހުންނަކީ ޢަދުލު ވެރިކަމުން އެންމެ ދުރު އަދި އެބައެއްގެ ހެކިބަސް ރައްދުވެވުން އެންމެ އައުލާކަން ބޮޑު މީހުންނެވެ.
ދެވަނަ ބަޔަކީ:
އެވެރިންނާ ޚިލާފު ބައިގަނޑު ތަކްފީރު ވާކަމަށް ދެކޭ، އެވެރިންވެ ލޭ ޙަލާލުކަމަށް ނުދެކޭ މީހުންނެވެ. މިވެރިންގެ ބުނުންތަކަށް ބަލައި، ދީނުގެ ފުރަތަމަ ޖީލުގެ އަޞްޙާބުންނާއި އެބޭފުޅުންނަށް ހެޔޮގޮތުގައި ތަބަޢަވި ތާބިޢީންނަށް އެވެރިންގެ ރައުޔުގައި ތަކްފީރުގައި ހިމެނޭ ނަމަ، މިބައިގަނޑަށް ކުފުރުން ޙުކުމް ޖެހެއެވެ. އެއީ ﷲ تعالى މިވަޙީ އާއި ދެކޮޅު ހެދުމުގެ މައްޗަށެވެ: ﴿لقد رضي الله عن المؤمنين إذ يبايعونك تحت الشجرة﴾(ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعة ހިފާހިނދު، އެ مؤمن ތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ.) އަދި އެއިލާހުގެ ރަސޫލު އަރިހުން އެބޭކަލުންނާ މެދު ވާރިދުވެފައިވެއެވެ: (أصحابي كالنجوم بأيهم اقتديتم اهتديتم)، "ތިމަންކަލޭގެފާނުގެ އަޞްޙާބުންނީ ތަރިތަކެއް ފަދައެވެ. އޭގެތެރެއިން ކޮންމެ ބޭކަލަކަށްވިޔަސް ތިޔަބައިމީހުން ތަބަޢަވެއްޖެ ނަމަ، މަގުދައްކާނެތެވެ.) އަދި އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް (خير الناس قرني ثم الذين يلونهم) ”މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީހުންނެވެ. ދެން އެއާއިވިދިގެންވާ މީހުންނެވެ.). ވީމާ (މި ތަކްފީރުގެ އަހުލުން) ޢަދުލުވެރިކަމުން ނެއްޓި އެވެރިންގެ ކުފުރު ގެ ސަބަބުން ހެކިބަސް ވަނީ ރައްދުކުރެވިގެންނެވެ.
އަދި ފުރަތަމަ ޖީލުގެ މައްޗަށް އެވެރިންގެ ތަކްފީރު ޝާމިލު ނުވާނަމަ، އަދި އެބޭކަލުންގެ އީމާން ކަމުގެ މައްޗަށް އިޢުތިޤާދު ކުރާނަމަ، އަދި އެވެރިން އެކަހެރިވަނީ އެވެރިންގެ އަމިއްލަ ޒަމާނުގައިވާ މީސްތަކުންނަށް ތަކްފީރު ކުރުން ކަމުގައިވާނަމަ، އެވެރިންނީ މަގުފުރެދިފައިވާ މީހުންނެވެ. ޙުކުމް ވެވުން ވަނީ ފާސިޤުންގެ ތެރެއިންނެވެ. ކުފުރުވުމަކަށް ނޫނެވެ. އެހެންކަމުން (އެއާއިއެކު ވެސް) އެވެރިން ޢަދުލުވެރިކަމުން އެއްކިބާކުރެވި ހެކިބަސް ރައްދުވެވިގެން ވެއެވެ. އެއީ އެވެރިންވެ ފާސިޤު ކަމަށްޓަކައެވެ. ކުފުރަކަށްޓަކައެއް ނޫނެވެ.
Comments (0)
Be the first to comment.