ތިންވަނަ ބަޔަކީ
This article is available in Dhivehi only.
②
ތިންވަނަ ބަޔަކީ:
އެވެރިންވެ ރައުޔުގައި ބިދުޢަވެރި، އެހެނަސް އޭގެން އެވެރިންނާ ދެކޮޅުވާ މީހުން ތަކްފީރު ނުޖުރާ މިހުންނެވެ. މިބައި ވަނީ ދެބަޔަކަށް ބެހިގެންނެވެ:
އެއިން އެކައްޗަކީ: ތައުވީލެއް ކުރުމެއް ނެތި އެހެނަސް އެވެރިންގެ ހަވާނަފުސުގެ އެދުން ތަކުގެ މައްޗަށް އެކަމަށް އަރައިގަނެ ތިބޭ މީހުންނެވެ. ފަހެ މިބެންނީ މަގުފުރެދިގެންވާ، އެބަޔެއްގެ މައްޗަށް ފާސިޤު ޙުކުމް ޖެހި އެވެރިންވެ ހެކިބަސް ރައްދުވެގެންވާ ބައެކެވެ. ﷲ تعالى ވަޙީ ކުރެއްވިއެވެ: ﴿وأما من خاف مقام ربه ونهى النفس عن الهوى. فإن الجنة هي المأوى﴾ "އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ." އަދި ޞަބީޣު ގެ ކަންތަކުގައި ވީ ޢުމަރު رضي الله عنه ގެ ސުންނަތެވެ. އޭނާ އަކީ މަދީނާގެ އަހުލުން ތެރެއިން މީހެކެވެ. އާދި މިސްތަކުންގެ ތެރޭ އޭނާ ހިނގާބިނގާވެ ޝުބުހު ތަކާމެދު (ޝަރުޢުވައިވާ ނުސާފު ކަންކަމުގައި) ސުވާލު ފަތުރަމުން ދިޔައެވެ. އެހެންކަމުން އޭނާ ގެނައުމަށް އަމުރުކޮށް، ފަން ވޮށިން އެތިފަހަރު ޖެއްސެވުމަށްފަހު މީސްތަކުންނަށް އެކަން އަންގަވައި އޭނާ އަރުވާލެއްވިއެވެ.(¹)
އަދި އައްޝާފިޢީ رحمه الله ބައެއް ހަވާނަފުސުގެ އަހުލުންނާ މެދު ވިދާޅުވިއެވެ: އަހަރެންގެ ސުންނަތަކީ އެކަމުގައި ޞަބީޣު އާއިމެދު ޢުމަރު ކަންތައް ކުރެއްވިގޮތެވެ. އެހެނީ ހަވާނަފުސަށް އަރައިގަނެފައިވާ މީހާ، އަދި ދަލީލަށް ތަބަޢަނުވެއްޖެ މީހާ، އޭނާ ވަނީ މަގުފުރެދިފައެވެ. އަދި އޭނާ އަނެކުން މަގުފުރައްދައެވެ. ވީމާ އޭނާ ޙައްޤެއް ބާޠިލެއް ފަރަޤެއް ނުކުރެއެވެ. އަދި ޞައްޙަ އާއި ފާސިދުކަމެއް ވެސްމެއެވެ. އަދި ހަވާ ނަފުސު ޙައްޤަށް ވުރެ ބާޠިލަށް ދާދިއުން އަވަސް ވަނީ، ބާޠިލުގެ ލުއި ކަމާއި ޙައްޤުގެ ބުރަ ކަމުންނެވެ.
-------------------------
[1] ތަރުޖަމާނުގެ ނޯޓު: ޞަބީޣު ބުނު ޢިސްލު ގެ ވާހަކަ، އަހަރެމެން މި ލިޔުމުގެ ފަހަތުގައި ގެނެސްދޭނަމެވެ.
Comments (0)
Be the first to comment.