އެއިން ދެވަނަ ބަޔަކީ: އެބައެއްގެ އެ ބިދުޢަ ތައުވީލު ކުރުމުގެ މައްޗަށް ހިފާ މީހުންނެވެ. (ތައުވީލަކީ ދަލީލުތަކުގެ މާނަ އެކިގޮތްގޮތަށް…
This article is available in Dhivehi only.
③
އެއިން ދެވަނަ ބަޔަކީ: އެބައެއްގެ އެ ބިދުޢަ ތައުވީލު ކުރުމުގެ މައްޗަށް ހިފާ މީހުންނެވެ. (ތައުވީލަކީ ދަލީލުތަކުގެ މާނަ އެކިގޮތްގޮތަށް ފުރޮޅުމެވެ.) އަދި މިބައި ވަނީ (އިތުރު) ދެބަޔަކަށެވެ:
އެކައްޗަކީ:
އިޖުމާޢު އާއި ޚިލާފު ވުމެވެ. ދެގޮތުން ކުރެ ގޮތަކަށެވެ: އެހެންޏާ އޭނާ ގެ އެ ޤަބޫލު ކުރުން އިޖުމާޢުއާ ދެކޮޅުވުމެވެ. ނޫނީ އޭނާ އެ ޤަބޫލު ކުރުމުގެ ސަބަބުން އިޖުމާޢުއާ ދެކޮޅުވުމެވެ.
އޭނާގެ އިޢުތިޤާދުގެ ސަބަބުން އިޖުމާޢުއާއި ދެކޮޅުވުން، އެއޫ އެހެންޏާ އަޞްޙާބުންގެ އިޖުމާޢު އާއި ޚިލާފުވުން ނޫނީ އަޞްޙާބުން ނޫން ބައެއްގެ އިޖުމާޢު އާއި ޚިލާފުވުން، މިދޭތިން ކުރެ އެއްޗެއްގައި އެކަނި ނުހިމެނި ނުދެއެވެ.
ފަހެ ހަމަކަށަވަރުން އަޞްޙާބުންގެ އިޖުމާޢު އާއި އޭނާ ޚިލާފުވެއްޖެ ނަމަ، އެކަމުގެ ސަބަބުން އެވަނީ މަގުފުރެދުމުގައެވެ. އަދި ފާސިޤެއް ކަމަށް އޭނާއަށް ޙުކުމް ކުރެވެއެވެ.އަދި އޭނާގެ ހެކިބަސް ރައްދުކުރެވެއެވެ. އެއީ ނަބިއްޔު ﷺ ގެ މިޙަދީޘް ފުޅުގެ މައްޗަށެވެ: " لا تجتمع أمتي على ضلالة " ”ތިމަންކަލޭގެފާނުގެ އުއްމަތް، މަގުފުރެދުމެއްގެ މައްޗަށް އެއްނުވާނެތެވެ.“ އަދި ޙަދީޘް ކުރެއްވިއެވެ صلى الله عليه وسلم: " عليكم بسنتي وسنة الخلفاء الراشدين من بعدي، عضوا عليها بالنواجذ وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة وكل ضلالة في النار " ”ތިޔަބައިމީހުންނަށްޓަކައި ތިމަން ނަބިއްޔު ﷺ ގެ ސުންނަތާއި، ތިމަންކަލޭގެފާނަށްފަހު، ހިދާޔަތް ލިބިގެންވާ ޚުލަފާއުއްރާޝިދީންގެ ގޮތް ވެއެވެ. އެގޮތްތަކުގައި ކޮލު ދަތުން ބާރަށް ހިފަހައްޓާށެވެ. އަދި ދީނުގެތެރެއަށް ވެއްދޭ އާކަންތައްތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އެފަދަ ކޮންމެކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއް ވަނީ އަލިފާނުގައެވެ.“
އަދި އޭނާ އަޞްޙާބުން ނޫން ބަޔެއްގެ އިޖުމާޢު އާއި އޭނާ ޚިލާފުވެއްޖެނަމަ، އޭނާގެ ދެކުމަކީ "އިޖުމާޢު އަކީ އަޞްޙާބުންގެ އެކަނި އިޖުމާޢު އޭ، އެނޫން ބަޔެއްގެ ނޫނޭ" ނަމަ، އަދި އޭނާ ދެކެނީ އެބޭކަލުންނާ ޒަމާން ދުރުވުމުގެ ސަބަބުން އެނޫން ބަޔަކަށް އިޖުމާޢު ނުވެވޭނޭ ކަމަށް ކަމުގައި، ވާނަމަ، އޭނާ ޢަދުލުވެރިއެއް ކަމުގައި ދެމިހުރެއެވެ. އާދި އޭނާގެ ހެކިބަސް ޤަބޫލުވެވިގެން ވެއެވެ.
އަދި އޭނާ އަކީ ހުރިހާ ޒަމާނެއްގެ އިޖުމާޢުވެސް ޤަބޫލުވެވިގެންވާ ކަމަށް ދެކޭ މީހެއްނަމަ، އިޖުމާޢު އާއި ޚިލާފުވުމުގެ ސަބަބުން ފާސިޤުވެއްޖެއެވެ. އަދި ހެކިބަސް ވަނީ ރައްދުވެގެންނެވެ. (ޤަބޫލުވެވިގެން ނުވެއެވެ.)
ދެވަނަ އެއްޗަކީ:
އޭނާގެ އިޢުތިޤާދުގެ ސަބަބުން އިޖުމާޢު އާއި ޚިލާފު ނުވުމެވެ. މިޙާލަތު ވަނީ ދެގޮތަކަށެވެ:
އެކައްޗަކީ: އެ ދެކޮޅުވުމުގެ ސަބަބުން ބައެއް އަޞްޙާބުން ކަރާމާތަށް އަރައިގަނެވުން، މިކަން ވަނީ ދެކަމެއްގެ މަތީގައެވެ. ސައްބު (އެއްޗެހިގޮވުން) އަދި ޖަރަޙް (ކުށެއްދެއްކުން) މިދެގޮތެވެ.
ފަހެ އެއީ އެއްޗެހިގޮވުމުގެ ބަދުބަސް ނަމަ، އެކަމުން ފާސިޤު ކުރެވެއެވެ. އަދި ހަރަކަށިކަމާއި އެކު ދެކޮޅުވެވުން ވެއެވެ. އަދި ނަބިއްޔު ﷺ އަރިހުން ރިވާވެގެން ވެއެވެ. ޙަދީޘް ކުރެއްވިއޭ " من سب نبيا فقد كفر، ومن سب صحابيا فقد فسق " ”ނަބިއްޔަކަށް ސައްބު ކޮށްފި މީހާ ކާފާރުވެއްޖެއެވެ. އަދި ޞަޙާބީ އަކަށް ސައްބު ކޮށްފި މީހާ، ފަހެ ފާސިޤު ވެއްޖެއެވެ.“
އަދި ރަސޫލު ގެ ޒަމާނުގައި އުޅެ، އެކަލޭގެފާނު ފެނިފައިވާ ކޮންމެ މީހަކީ އަދި ޞަޙާބީއަކަށް ވެއްޖެ މީހެއް ނޫނެވެ . ޞާޙާބީން ގެ ނަމުގައި ޝާމިލުވަނީ ދެ ޝަރުތެއް އެކުލެވިއްޖެ ބޭކަލެކެވެ:
އެކައްޗަކީ: ވަކިން ޚާއްޞަކޮށް ރަސޫލު ﷺ އަށް ކަމަށް ވުން (ބައްދަލުވުމުގައި)
ދެވަނައީ: ރަސޫލު ﷺ ފުށަށް އޭނާ ޚާއްޞަވުން
ދެންފަހެ ރަސޫލަށް ޚާއްޞަ ވުން، އޭގައިވަނީ ދެކަމެކެވެ:
އެކައްޗަކީ: ވަޒަންވެ ހުރުމާއި ދަތުރު މަތީގައި ގިނަގުނައިން ވުން.
ދެވަނައީ: ދީނާއި ދުނިޔޭގައި އެކަލޭގެފާނަށް ތަބަޢަވުން
މިހެންކަމުން ވަފުދު ތަކުގައި އެކަލޭގެފާނަށް ޒިޔާރަތް ކުރި އަދި ހަނގުރާމަތަކުގައި އެކަލޭގެފާނާއި އެކު ވީ އަޢުރާބީން، މިދެޝަރުތު ނެތުމުގެ ސަބަބުން އަޞްޙާބުން ތެރެއިން ނުހިމެނެއެވެ.
ދެންފަހެ ރަސޫލު ފުށަށް ޚާއްޞަވުން، ވަނީ ދެކަމަކުންނެވެ:
އެކައްޗަކީ: ސިއްރުތައް އެވެރިންފުށުން އިތުބާރުވެގެން ވުން
ދެވަނައީ: އެކަލޭގެފާނުގެ އަމުރުތަކާއި ނަހީތައް އެވެރިން ފުށުން ކަނޑައެޅުއްވުން
މިހެންކަމުން މިދެޝަރުޠު ނެތުމުގެ ސަބަބުން މުނާފިޤުންނީ އަޞްޙާބުން ކަމުގައި ނުވެއެވެ.
މިހެންކަމުން އަޞްޙާބުން ކަމުގައި ހިމެނެނީ އަހަރެމެން މިޛިކުރު ކަންކަން ފުރިހަމަ ވެއްޖެ ފަރާތެކެވެ. އެއިން އެއްކިބާވެފައިވާ ފަރާތެއް، ވަނީ އެއިން ބޭރުވެފައެވެ.
Comments (0)
Be the first to comment.