ނުލަފާ ވުމަކަށްވެސް އަދި ޒާތީ ބަދަލު ހިފުމަކަށްވެސް އަހަރެމެން ތިބާއަށް ގޮވާނުލަމެވެ. އަދި ކިއެއްތަ؟ އަހަރެމެން ތިބާއަށް ގޮވާލަނީ…
This article is available in Dhivehi only.
••
❞ ނުލަފާ ވުމަކަށްވެސް އަދި ޒާތީ ބަދަލު ހިފުމަކަށްވެސް އަހަރެމެން ތިބާއަށް ގޮވާނުލަމެވެ. އަދި ކިއެއްތަ؟ އަހަރެމެން ތިބާއަށް ގޮވާލަނީ އެއަކަށްޓަކައި ﷲ އަމުރު ކުރެއްވި ޙައްޤު ބަޔާން ކުޅައުމަށެވެ. އެހެނީ ބިދުޢައެއްގައި ހިފައި ބިދުޢައެއް ނުނައްތާލެވޭނެއެވެ. ޝިރުކަށް ރައްދު ދިނުން ވަނީ ތަޥްޙީދުންނެވެ. އަދި ބިދުޢައަށް ރައްދު ދިނުންވަނީ ސުންނަތުންނެވެ. އަދި ބާޠިލަށް ރައްދު ދިނުން ވަނީ ޙައްޤުންނެވެ. ﴿وقل جاء الحق وزهق الباطل إن الباطل كان زهوقا﴾ ”އަދި ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، باطل އަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.“ އެހެންކަމުން، މުސްލިމު ގެ މައްޗަށް ބާޠިލުގެ އަހުލުން ޙަމަލާއެއް ފަށައިފިނަމަ، އޭނާގެ މައްޗަށް އެކަމުގައި، ޘާބިތުވެ ހުރުން މެނުވީ ނެތެެވެ. ވީމާ ޙައްޤު ދިއްލާލައެވެ. އަދި ބާޠިލު އަޅަ އަޅައި ގަނެއެވެ. އަދި ޙައްޤަށް ނަޞްރުލިބުން ވެއެވެ. ޒަމާން ކިތައްމެ ދިގުލިޔަސް އެވެ. ❝
— ޝެއިޚް އަލްމުޙައްދިޘް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
Comments (0)
Be the first to comment.