އައްޝައިޚް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ
This article is available in Dhivehi only.
••
އައްޝައިޚް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ:
❞ ކަމެއްގެ މުޢައްޔަން ޙުކުމާއި، އޭގެ ބާވަތުގެ މައްޗަށްވާ ޙުކުމް ދެމެދު، ޢިލްމުވެރިން ފަރަޤު ކުރައްވައެވެ. (އެބަހީ މިސާލަކަށް، ފާފައެއް ކުރާ ވަކި ފަރުދުގެ ޙުކުމާއި، އެފާފައި ގެ ޙުކުމް، އެބޭކަލުންގެ ފަތުވާ ތަކުގައި ވަކި ކުރައްވާ ކަމެވެ.) ފަހެ އަހުލުއް ސުންނަތް ޙުކުމް ކުރަނީ އެކަމުގެ ބާވަތުގެ މައްޗަށެވެ. އަދި ޝަރުޠުތައް ހަމަވެ މަގުހުރަސްތައް ފިލައިދިޔުމުން މެނުވީ، މުޢައްޔަން ކޮށް ޙުކުމް ނުކުރެތެވެ. ❝ — اهـ.
📌 އަހަރެން ބުނަމެވެ: ޚަވާރުޖުންނާއި މަގުފުރެދިފައިވާ ބައިގަނޑުތައް، ޢިލްމުވެރިންގެ ޢާންމު ބަސްތައް އަމުނާލައެވެ. ދެން އެބަސްތައް ދައްކައި މުޢައްޔަން ޙުކުމެއް ނިންމައެވެ. އެއީ ޝަރުޠުތަކާއި މަގުހުރަސް ތަކަށް އެވެރިން ޖާހިލުވެ ތިބެއެވެ. ދެން ބުނެއެވެ: ”މިއީ އެވެނި މިވެނި ޝައިޚެއްގެ ރައުޔެވެ.“ އެހެނަސް އެ ޝައިޚުން ވަނީ ޔޫސުފްގެ ލެއިން ހިޔަޅު ބަރީޢަވެގެންވާ ފަދައިން މިވެރިންގެ ބުނުން ތަކުން ބަރީޢަވެގެންނެވެ.
ތަކްފީރީން، ޝައިޚް އަޙްމަދު މޫސާ ޖިބްރީލް އަށް ތަކްފީރުކުރިއެވެ. އެއީ އައްޝައިޚް ޢަލީ އަލްޚުޟައިރުގެ ފަތުވާ އެއް ދައްކާފައެވެ. ދެން އަލްޚުޟައިރު ސީދާ އެމައުޟޫޢަށް ދެއްވި ފަތުވާއެއް އެބައިމީހުން ނަށް ހުށަހެޅުނެވެ. އަދި އެވެރިންގެ ބުނުމާއި އެ ޚިލާފުވެގެން ވެއެވެ. އެވެރިންގެ ހާސަރުތަކާއި ސިލްސިލާތައް، ވަޔަށް ބުރައިގެން ދިޔަ ހިރަފުސްތަކަށް ވެއްޖެއެވެ.
މަަޤުފުރެދިފައިވާ މީހުން ޢިލްމުވެރިންނަށް މިބީދައިން ނިސްބަތް ވެއެވެ. އަދި ޖާހިލުން އެބައިމީހުންގެ ލިޔުންތަކަށް އާޝޯޚުވެއެވެ. އެހެނަސް ވަގުނޫޓެއް، ފައިސާގެ މާޚިރެއް އަތުގައިޖެހި ނުއޮޅޭ ފަދައިން، ޢިލްމުގެ އަހުލުންނަށް އޭގެ ބާޠިލުކުން އަލިގަދަ އިރެއް ފަދައިން ފެނެއެވެ.
~ ގަލަންދާނު
Comments (0)
Be the first to comment.