ބާތިލުގެ އަހުލުންގެ އެއް ޞިފައަކީ ބޮޑާކަމެވެ. އަދި ކިބުރުވެރި ކަމެެވެ. އަދި އެވެރިން، އެވެރިންގެ މިބާޠިލުގެެ މައްޗަށް ބޮޑާވެއެވެ. އޭގެ…
This article is available in Dhivehi only.
ބާތިލުގެ އަހުލުންގެ އެއް ޞިފައަކީ ބޮޑާކަމެވެ. އަދި ކިބުރުވެރި ކަމެެވެ. އަދި އެވެރިން، އެވެރިންގެ މިބާޠިލުގެެ މައްޗަށް ބޮޑާވެއެވެ. އޭގެ ޙަޤީޤަތް އެވެރިންނަށް ކަޝްފުވެފައި ވުމުންނެވެ. އޭގެ ނިކަމެތިކަމާއި ބަލިކަށިކަން ފެނިއްޖެނަމަ، އެވެރިން އަަމިއްލަ ނަފުސަށް ލަދުންފޯވެދާހުއްޓެވެ.
ބާޠިލުގެ އަހުލުން އެވެރިންގެ ބުނުމާއި އެއްގޮތް ކަމަށް ބެލެވޭ ޢިލްމުވެރިޔެއްގެ ބަހެއް ފެނުމާއި އެކު އެ މާތް ކުރެއެވެ. އަދި އެޖަރީކޮށް އެއީ ޤުރުއާން ގޮތުގައި ހަދައެވެ. އެހެނީ އެވެރިންނަކީ އެވެރިން ގެ ބުނުމަށް ބާރުދޭ ޢިލްމުވެރިޔެއް ނެތް ބައެކެވެ. އެހެންކަމުން އެވެރިންގެ ހަވާނަފުސަށް ބަސްކޮޅުތައް އެއްކުރެއެވެ. އަދި އޭގައި ޖާހިލުވެއެވެ. އެބަސްތައް ތިން ގޮތަކުން ނެއްޓި ނުދެއެވެ: އެއީ އެހެންޏާ މަގުފުރެދިފައިވާ ފަރާތެއްގެ ބަހެވެ. ނޫނީ އެއީ އޭގެ އަޞްލު ފަހުމް ނޫން ގޮތެއްގައި ނެގޭޭ ބަހެކެވެ. ނޫނީ އެއީ އެބޭކަލަކަށް ރައްދުކުރެވޭ ދޮގެއް ނުވަތަ އުނިއިތުރު ބަހެކެވެ.
ދެން އެބަސްތަކުގެ މައްޗަށް އެވެރިން މީސްތަކުން ކާފަރުކުރެއެވެ. ނޫނީ ޙުކުމް ޖަހައެވެ. އަދި އެވެރިންގެެ ބިދުޢަތަށް މި ޢިލްމުވެރިންނަށް ނިޞްބަތް ކުރެއެވެ. އެހެނަސް އެ ޢިލްމުވެރިންގެ ސާފު ޞަރީޙަ އެންމެހާ ޤަޥްލެއް އެވެރިންނާއި ދެކޮޅެވެ. ޔޫސުފުގެ ލެއިން ވަލުކުއްތާ ބަރީއަވެގެންވާ ފަދައިންނެެވެ.
މިއޮޅުންބޮޅުމުގެ ނިއުޅުމަކީ، ޢިލްމުވެރިންގެ ސީދާ ސުވާލާއި ޖަވާބަށް ރުޖޫޢަވުމެވެ. އަދި މިނޭގުމުގެ ޝިފާ އަކީ ސުވާލެވެ. އަދި ސުވާލު ގެ އަޞްލަކީ ޢިލްމީ ނުކުޅެދުމަށްވާ އިޤުރާރެވެ. އަދި މި އިޤުރާރުގެ އަޞްލަކީ ކިބުރުވެރިކަމާއި ބޮޑާވެރިކަން އޮއްބައިލުމެވެ.
Comments (0)
Be the first to comment.