ސަމާލުވޭ: މުނިފޫހި ފިލުވުމުގެ "ޖާދޫ" އާއި މެދު ޢިލްްމުވެރިން ޚިލާފުވިއެވެ
This article is available in Dhivehi only.
[🔥] ސަމާލުވޭ: މުނިފޫހި ފިލުވުމުގެ "ޖާދޫ" އާއި މެދު ޢިލްްމުވެރިން ޚިލާފުވިއެވެ.
ދީނުން ބޭރުވާ ކަން ކަމުގެ ޝަރަޙާ ގައި، ސިހުރުގެ ބާވަތް ތައް ކިޔައި ދެއްވަމުން، އައްޝެއިޚް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ:
❞ ދެވަނަ ވައްތަރު: އެއީ ޚިޔާލީ ސިހުރެވެ. (އެކަމެއް ޚިޔާލަށް ތަސައްވަރު ކޮށްދޭ ސިޙުރެެވެ.) ﷲ تعالى ވަޙީ ކުރެއްވި ފަދައިން ނެވެ:
يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ
އެއުރެންގެ ޖާދޫގެ ސަބަބުން (އެތަކެތި) ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ.
މިހެންކަަމުން މިވެނި އެއްޗަކީ އަޞްލުގައި އެވާ އެތި ނޫން އެހެން އެއްޗެއް ކަަމުގައި މީހާއަށް އެއިން ހީކޮށްދެއެވެ. މިގޮތުން މޫސާ عليه السلام އެކަލޭގެފާނާއި އެކު ތިބި މީސްތަކުންނަށް މި ދަނޑިގަނޑުތައް ހަރުފަތަކެއް ކަމުގައި ވެއްޖެކަމަށް ޞިފަވިއެވެ. އެހެނަސް އެއީ ހަރުފަތަކެއް ނޫނެވެ. ދަނޑިކޮޅުތަކެކެެވެ. ނުވަތަ ނުވާ އެއްޗަކުން ވާއެއްޗެއް ގެންނަނީ ކަމަށް މީހަކު ދަޢުވާ ކުރެއެވެ. އެހެންކަމުން ކޮތަރެއް ނޫނީ ހާލެއް ނޫނީ ބިހެއް އެއިން ނެރެއެވެ... ނުވަތަ މިބާވަތުގެ އެއްޗެކެވެ. އަދި (ސިޙުރުގެ) މިވައްތަރާއި މެދު ޢިލްމުވެރިން ވަނީ ޚިލާފުވެލައްވާފައެވެ. ...ޢިލްމުވެރިން ޚިލާފުވެވަޑައިގަތީ މީގައި އެކުލެވޭ ފަރާތް ތަކްފީރުވުމާއި މެދުގައެވެ. އަދި މިކަަމުގައި އެބޭކަލުންގެ ޚިލާފު ބިނާވެފައިވަނީ، (ޖިންނި) ޝައިޠާނުންގެ ވާތްގާއި އެކު މިބާވަތުގެ ޞިޙުރު ހަދާނަމަ، މިކަން ކުރާ މީހާގެ ކުފުރާއި މެދު ޝައްކެތް ނެތްކަމެވެ. އެހެނަސް އެއީ އެއަކަށް އަތުގެ އުކުޅުތަކޭ ކިޔޭ ބާވަތް ނަމަ، ނުވަތަ ބައެއް ޚާއްޞަ އާލަތްތައް އެއެއްގައި ބޭނުން ކުރެވޭ ޖާދޫ ނަމަ، ...އެއިން ބައެއް ތަކެތީގައި ކެމިކަލް ތައްވެސް ހިމެނި، ދެން އޭނާ އެތަކެތި ބަދަލު ކޮށްލަނީ ކަމަށް ދައުވާކުރާ ނަމަ، (ސިޙުރުގެ) މިވައްތަރުގައި އެކަން ކުރާ މީހާ ތަކްފީރު ކުރުމާއި މެދު ޢިލްމުވެރިން ޚިލާފުވެވަޑައިގަތެެވެ: އޭނާ އޭގެ ސަބަބުންް ކާފަރު ވޭހެއްޔެވެ؟ ނޫނީ ނޫން ހެއްޔެވެެ؟ ޖުމްހޫރު ޢިލްމުވެރިން ކަނޑައެޅުއްވީ އެފަދަ މީހާ ކުފުރުވާނޭ ކަމުގައެވެ.⁽¹⁾ އަދި އިމާމް އައްޝާފިޢީ ކަަނޑައެޅުއްވީ އޭނާ ކުފުރު ނުވާ ކަމުގައެވެ. ދެންފަހެ ޝަރުޢީ ނައްޞުތައް އޭގެ ޙަޤީޤަތުގައި (މިކަންތަކުގައި) އައިސްފައި ހުރީ ޢާންމު ކޮށެވެ. އަދި އެބާވަތާއި މިބާވަތެއް ފަރަޤު ކުރުމެއް ނެތިއެވެ. މިއާއި އެޔެއް ފަރަޤު ކުރެވިފައި ނުވެއެވެ. އަދި ޙުކުމް އައިސްފައިވަނީ ޖުމްލަވީ ކޮށެވެ: ސިޙުރު ހަދައިފިމީހާ، އަރަހުށި ﷲ އަށް ކާފިރުވެއްޖެ ކަމުގައެވެ. ވީމާ ސިޙުރުވެރިޔާ ތަކްފީރު ވުމާއިމެދު މިބާވަތުގެ ނައްޞު އައިސްފައިވަނީ ޖުމްލަވީކޮށެވެ. އަދި ނައްޞުތައް އެއްބާވަތުގެ ސިޙުރާއި އަނެކައްޗެއް ފަރަޤު ނުކުރެތެވެ. އަދި ﷲ عز وجل އެއިލާހުގެ ފޮތުގައި ވަނީ السحر الخيالي (ލޯމައްޗަށް ތަސައްވަރު ކުރުވާ ސިޙުރު) ޛިކުރު ކުރައްވާފައެވެ. އަދި އެއާއެކުވެސް އެއިލާހު سبحانه وتعالى ޞިޙުރު ވެރިޔާގެ ޙުކުމް ފަރަޤު ނުކުރައްވައެވެ. މިހެންކަމުން، (މިބާވަތުގެ ސިޙުރު ހަދާ) މީހާ އަކީ ކާފަރެއް ގޮތުގައި ބުނެވޭޭ ޤަޥްލަކީ ވަރުގަދަ ޤަޥްލެކެވެ. އަދި އެއަށް ބުރަދަނެއް ވެއެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު
شرح نواقض الإسلام (ص: 74)
~ ގަލަންދާނު 🖋
ـــــــــــــــــــ
[1] ނޯޓް: މިއީ ޖުމްހޫރުންގެ ޤަޥްލު ތޯ އާއި މެދު ނަޒަރެއް ވެއެވެ. އެކަމުގައި ބޮޑަށް ޞައްޙައީ، ޖުމްހޫރުންގެ ގާތު މިބާވަތުގެ ޞިހުރަކީ އޭގެ ޒާތުގައި ކުފުރެއް ނޫން ކަމެވެ. އެހެނަސް ޙަރާމް އަށް މަގުފަހިވުން މަނައު ކުރުމުގެ ބާބުގެ ދަށުން: ޙަރާމް ކަމެއް ކަަމުގައެވެ. (އިތުރު ތަފްޞީލު)
Comments (0)
Be the first to comment.