އަޙްމަޤުންގެ ބަގަބަގަޔާއި ޚިލާފަށް، ހައްޔަރު ވުމީ ކުފުރުގެ ބަހާއި ޢަމަލުގައި އިކުރާހެއް ނޫން ކަަމަށް އިބްނު ތައިމިއްޔާ ވިދާޅުނުވެއެވެ
This article is available in Dhivehi only.
📌 އަޙްމަޤުންގެ ބަގަބަގަޔާއި ޚިލާފަށް، ހައްޔަރު ވުމީ ކުފުރުގެ ބަހާއި ޢަމަލުގައި އިކުރާހެއް ނޫން ކަަމަށް އިބްނު ތައިމިއްޔާ ވިދާޅުނުވެއެވެ.
ﷲ ނޫން ފަރާތެއްގެ ފައިދޮށުގައި ބޮސްދޭން ސަޖިދައަށް "އިކުރާހު" ކުރެވޭ މީހަކާއި މެދު ޖަވާބު ދެއްވަމުން ، ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެެވެ:
”ދެންފަަހެ އެކަން ކުރީ ދީންވެރިވުމަށް ނަމަ އަދި އޭނާއަށް ކުއްތަންވުންް ދެއްކުމަށްނަމަ، މިއީ ފަހެ އެންމެ ބޮޑެތި މުންކަރާތް ތަކުގެ ތެރެއިން ވާކަމެކެވެ. މިފަދަ ކުއްތަންވުމަކަށް އަދި ދީންވެރިވުމަކަށް އިޢުތިޤާދުކޮށްފި މީހާ، ފަހެ އެއީ މަގުފުރެދިގެންވާ ދޮގުވެރިއެކެވެ. އަދިކިއެއްތަ، މިކަމަކީ ދީނުގެ ތެރެއިން ނުވާ އަދި ކުއްތަންވުމެއް ވެސް ނޫންކަން، އޭނާއަށް ބަޔާންކޮށްދިނުމުން، އެކަމުގައި ދެމިހުރެއްޖެނަމަ އޭނާ އިސްތިތާބާ ކުރުވުން ވެއެވެ: އެއީ އެހެންޏާ ތަޥްބާވުމެވެ. ނޫނީ ޤަތުލެވެ.
ދެންފަހެ އެމީހާ، މިކަމަށް އިކުރާހު ކުރެވިފައި ވާނަމަ، އެއީ މިޘާލަކަށް އޭނާ އެކަން ނުކޮށްފިނަމަ، އޭނާ ގައިގާ ޖެހެވޭނެ ކަމެވެ. ނުވަތަ ހައްޔަރު ކުރެވޭނޭ ކަމެވެ. ނުވަތަ އޭނާގެ މުދާ ނެގޭނޭ ކަމެވެ. ނުވަތަ ބައިތުލް މާލުން އޭނާ އަށް ޙައްޤުވާ ފައިސާ ކެނޑުން ފަދަ އެއިން އޭނާ އަށް (އޭނާގެ އަސާސީ ދިރިއުޅުމަށް) ގެއްލުން ފޯރާ ކަންކަމެވެ. ފަަހެ އެހިނދުގައި ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުންގެެ ގާތުގައި އެކަން ހުއްދައެވެ. އެހެނީ ހަމަކަށަވަރުން ގިނަބޭކަލުންގެ އަރިހުގައި އިކުރާހުގެ ސަބަބުން ޙަރާމް (ޢަމަލު) ހުއްދަވެދެއެވެ. ރާ ބުއިމާއި އެފަދަ ކަންކަމެވެ. މިއީ ޢަޙްމަދު އާއި އެނޫން ބޭކަލުންގެ ގާތު މަޝްހޫރު ޤަޥްލެވެ.
އެކަމަކު މިއާއިއެކުވެސް، އޭނާގެެ މައްޗަށް ވަނީ އޭނާގެ ހިތުތެރެއިން އެކަމަށް ނަފުރަތު ކުރުމެވެ. އަދި އޭނާއަށް ވީ މިންވަރަކުން އެކަމުން މަނައުވުމެވެ. އަދި އެމީހެއް ފަރާތުން ޞިދުޤު (ތެދުވެރިކަން) ﷲ ދެނެވޮޑިގެންފި މީހަކަށް، ﷲ تعالى މަދަދު ދެއްވައެވެ. އަދި އޭނާގެ ޞިދުޤު ގެ ބަރަކާތުގެ ސަބަަބުން އެއަމުރު ވެވުނު ކަންތަކުން މިންޖުވެސް ވެދާނެއެެވެ.
އަދި ބައިގަނޑެއް މިކަން ހުއްދަވުން ނުވެޔޭ ޢަމަލުން އެހެނަސް ބަހުންް އެކަނި ކަމަށް ވިދާޅުވެއެވެ. އަދި އިބްނު ޢައްބާސް އާއި އެފަދަ ބޭކަލުން އަރިހުން، ވިދާޅުވިޔޭ، ތަޤިއްޔާ ވަނީ ދުލުންކަަމުގައެވެ. މިއީ އަޙްމަދުގެ އަރިހުން ވާރިދުވެފައިވާ އެހެން ރިވާޔަތެވެ.
ދެންފަހެ، ރިޔާސަތު ހޯދުމާއި މުދާވެރިކަން ހޯދުމަށް އެދި މިކަން ކުރުން، ފަހެ (އެއްވެސް ގޮތަކުން) ހުއްދަވެގެން ނުވެއެވެ.
އަދި މިފަދަ ކަމަކަށް އޭނާ އަށް އިކުރާހު ކުރެވިއްޖެ ނަމަ، އޭނާގެ ހިތުގެ އަޑިން މިއީ ﷲ އަށް ކިޔަމަން ގަތުމަށްޓަކޭ — ނިޔަތް ގަނެއްޖެނަމަ: މިކަން ހެޔޮވެގެން ވެއެވެ. މިޘާލަކަށް ކުފުރުގެ އެލަފުޒަށް ނަފުރަތު ކުރަމޭ، އަދި އެެހެންކަމުން ޖާއިޒު މާނައަކަށް ނިޔަތް ގަތުމެވެ. والله أعلم .“
އަދި ވެސް "އިކުރާހު" އާއި މެދު، އެކަލޭގެފާނު ވިދާޅުވިއެވެ:
”އަހަރެން މަޛްހަބުތައް ބަލައިހޯދިހިނދު، އިކުރާހު ކުރެވޭ ކަންތަކުގެ މައްޗަށް އިކްރާހުގެ (ހުއްދަވާ މިންގަނޑު) ތަފާތުވެގެންވާ ތަން އަހަރެންނަށްް ފެނުނެވެ. އެހެންކަމުން ކުފުރުގެ ކަލިމަ ބުނުމަށް އޮންނަ އިކުރާހު (އެބަހީ: އޭގެ މިންގަނޑު) ، އެއްޗެއް ހިބަކުރުމަށް ނޫނީ އެފަދަ ކަމަކަށް ކުރެވޭ އިކުރާހާ އެއްފަދަވެގެންނެއް ނުވެއެވެ. އެހެނީ ހަމަކަށަވަރުން އަޙްމަދު ގެ އަރިހުން އެއްދަނޑިވަޅަށް ވުރެ ގިނައިން ނަގުލުވެފައިވާ ފަދައިން، ކުފުރު ވުމުގެ މައްޗަށް އޮންނަ އިކުރާހު، އެހެންޏާ ތަޅައިގެން ޢަނިޔާ ދިނުމުން، ނުވަތަ ޤައިދު ކުރުމުން މެނުވީ ނުވެއެވެ. އަދި ހަމައެކަނި ބުނެވޭ ބަހަކުން އެފަދަ އިކުރާހެއް ވުން ނުވެއެވެ.“
ބައްލަވާ: އަލްފަތާވާ އަލްކުބްރާ 4/ 568, 569
~ ގަލަންދާނު
Comments (0)
Be the first to comment.