ފައިދާއެއް — ބަޔެއް އަޚުން މިތާގައި ޝެއިޚް ޒަމްޒަމް ފާރިޝް އަށް ތަހުޒީރު ކޮށް އިންކާރު ކުރުމުގައި ހަރުކަށި ވުމުގެ މައްޗަށް ސުވާލު…
This article is available in Dhivehi only.
📌 ފައިދާއެއް
ބަޔެއް އަޚުން މިތާގައި ޝެއިޚް ޒަމްޒަމް ފާރިޝް އަށް ތަހުޒީރު ކޮށް އިންކާރު ކުރުމުގައި ހަރުކަށި ވުމުގެ މައްޗަށް ސުވާލު އުފެއްދުމުން، މިލިޔުން ޖަމައު ކުރިތާ އަހަރުތަކެއް ފަހުން އައްޝެއިޚް އަބޫ ސަލްމާން ޙަސަން ޙުސެއިން އައްސޫމާލީ حفظه الله ގެ ޤައުލެއް މިކަމާއި މެދު ފެނުމުން މިތާގައި ނަގުލުކޮށްލަމެވެ. މިއީ މި މައުޟޫގެ މައްޗަށް ޝެއިޚް ލިޔުއްވަމުންގެންދަވާ ސިލްސިލާއެއްގެ ތެރެއިންނެވެ:
"އިބްރާހީމް عليه السلام ނަބީ ކަމަށް ފަހު، ﷲ ނޫން ފަރާތަކަށް އަޅުކަން ކުރެއްވި ކަމަށް ދައުވާ ކޮށްފި މީހަކީ ކާފަރު މުރުތައްދެކެވެ. އަދި މިކަމުގެ މައްޗަށް ބަޔާންކޮށްދިނުން އިސްވެ ހިނގައްޖެއެވެ.
އަދި އެކަލޭގެފާނު ނަބީކަމުގެ ކުރިން، ޝިރުކު ކުރިކަމަށް ދައުވާކޮށްފި ނޫނީ ޝައްކުކޮށްފި މީހާ، އެފަދަ މީހާ އަކީ ނުބައިކަމުގެ ތެރެއިންވާ، އެމީހެއް ހަޖުރުކޮށް (އެބަހީ:ސަލާމްވެސް ނުގޮވާ ގުޅުންކަނޑާލުން) އަދި އެމީހެއް ގާތު އިށީނދެގެންވެސްވާނޭ މީހެއް ނޫނެވެ. އަދިނއޭނާގެ ބަސްތަކަށް (އެއަޑުއެހުމާއިމެދު) އިންޒާރުދެވެންޖެހެއެވެ.
އަހުލުއް ސުންނަތުގެ އިމާމް އަހްމަދު ބުނު ހަންބަލް رحمه الله އަށް ބުނެވުނެވެ:
ނަބިއްޔާ صلى الله عليه وسلم (ރިސާލަތާއިގެން) ފޮނުއްވެވުމުގެ ކުރިން ހުންނެވީ އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ދީނުގައިކަމަށް ދައުވާ ކޮށްފި މީހަކާއި މެދުއެވެ؟
ވިދާޅުވިއެވެ: "މިއީ ނުބައިވެގެންވާ ބަހެކެވެ. މިބަސް ބުނި މީހާ ގެ ވާހަކަތަކާއި މެދު (އަޑުއެހުމާއިމެދު) އިންޒާރުދޭންޖެހެއެވެ. އަދި އޭނާއާއި އެކު އިށީދެގެންވެސް ނުވާނެއެވެ."
ދެން އެކަލޭގެފާނަށް ބުނެވުނެވެ: މިހެން ބުނީ މިވެނި މީހެކެވެ. އެހެންކަމުން ޖަވާބުދެއްވިއެވެ:
"ﷲ އޭނާ ހަލާކު ކުރައްވާށި! ނަބިއްޔާ صلى الله عليه وسلم ހުންނެވީ އެކަލޭގެފާނުގެ ޤައުމު މީސްތަކުންގެ ދީނުގައި ކަމަށް
ދައުވާކޮށްފިނަމަ ދެން ބާކީ އޮތީ ފަހެކޯއްޗެއްހެއްޔެވެ؟! އެއުރެންނީ ބުދަށް އަޅުކަން ކުރި ބަޔެކެވެ..."
މިގައުލު ބޮޑުއެއްޗަކަށް ހައްދަވައި، ޢަޖައިބާއިއެކު އިންކާރުކުރައްވައި ﷲ ހުސްތޯހިރުވަންތަކުރެއްވިއެވެ. އަދި މިޤައުލު ބާޠިލުކުރެއްވުމަށް ބޭނުން ކުރެއްވީ، ނަބިއްޔާ صلى الله عليه وسلم ގެ ހެޔޮޚަބަރު އެކަލޭގެފާނު އުފަންވެވަޑައިގެންނެވުމުގެ ކުރިންވެސް ޢީސާ ދެއްވާފައިވާ ކަމާއި، އަދި އެކަލޭގެފާނުގެ ނަންފުޅަކީ އަހްމަދު ކަންވެސް އެވެ. އަދި އެކަލޭގެފާނުގެ މަންމާފުޅަށް ވިހެއުމުގެ ތެރޭ ނޫރުފުޅެއް ފެނިވަށައިގެންނެވިކަމާއި، އަދި (ނަބީކަމާއިގެން) ފޮނުއްވުމުގެ ކުރިންވެސް އެންމެހާ ބުދު ވަޘަން ތަކަކުން ސާފުވެ ޠާހިރުވެވަޑައިގެން ހުންނެވިކަމެވެ. އަދި އައްނަޞަބް މަތީ ކަތިލެވޭ އެއްޗެއް ކެއިން ބައްލަވައިނުގަންނަވާކަމެވެ.
ދެން ވިދާޅުވިއެވެ: "މިބަސް ބުނާ މީހާއައް ރައްކާތެރިވެގެން ތިބޭށެވެ. އެވެރިންގެ ކަންތަކެއް ހެވަކަށް ނުއެނބުރޭނެތެވެ."
އަދި އަލް އިމާމަ އިބްނު ބައްޠާ رحمه الله ވިދާޅުވިއެވެ:
"(ނަބީކަމާއިގެން) ފޮނުއްވެވުމުގެ ކުރިން އެކަލޭގެފާނުވީ އެކަލޭގެފާނުގެ ޤައުމު މީސްތަކުންގެ ދީނުގައި ކަމަށް ދައުވާކޮށްފިމީހާ، މިއީ ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ހަދާފައިވާ ބޮޑުވެގެންވާ ބުހުތާނުދޮގެކެވެ. (ފިރްޔަތު). މިފަދައިން ބުނެއްޖެ މީހާ އާއި ވާހަކަދެއްކުމެއްވެސް އޭނާ އާއި އެކު (އެއްމަޖިލިހެއްގައި) އިށީނުމެއްވެސް ނުވެއެވެ."
انظر: السنة للخلال (212)، والإبانة الصغرى لابن بطة (307).
އަހަރެން (އަބޫ ސަލްމާން) ބުނަމެވެ: އަލްޚަލީލް އިބްރާހީމް (عليه السلام) ނުބުއްވަތުގެ ކުރިން ޝިރުކުން ނަފީވެގެންވީ ކަން، އެކަލޭގެފާނުގެ މާތް ދަރިކަލުން (މުހައްމަދު ނަބިއްޔު عليه السلام) ގެ ވާހަކައަށްވުރެ ޤުރުއާނުގައި ސާފުވެގެންވެއެވެ. އެހެންކަމުން ބައްޕާފުޅު ނުބުއްވަތުގެ ކުރިން ޝިރުކު ކުރެއްވި ކަމަށް ދައުވާކޮށްފިމީހާ އަށް އަހަރެމެން އަހުލުއްސުންނަތުގެ އިމާމު (އަޙްމަދު) އެ ބައްޕަޔެއްގެ މިއްލަތަށް (އިބްރާހިމް ނަބީއަާށް) ތަބައުވުމަށް އަމުރުވެވުނު ދަރިކަލުން (މުޙައްމަދު ނަބީ) ގެ މައްޗަށް އެކަން ތުހުމަތު ކުރި މީހާއަށް ދިން ރައްދު ދެމެވެ."
Comments (0)
Be the first to comment.