ޢިލްމު އުނގެނެން އުޅޭ ބައެއް މީހުންގެ މައްޗަށް އަރާ އޮޅުން ތަކުގެ ތެރޭ، ދަލީލުތައް މަތިވެރިކުރުން ޙުއްޖަތަކަށް ދައްކައި (ސަލަފުންގެ)…
This article is available in Dhivehi only.
•••
"ޢިލްމު އުނގެނެން އުޅޭ ބައެއް މީހުންގެ މައްޗަށް އަރާ އޮޅުން ތަކުގެ ތެރޭ، ދަލީލުތައް މަތިވެރިކުރުން ޙުއްޖަތަކަށް ދައްކައި (ސަލަފުންގެ) އިމާމުންނަށް ތަބަޢަވުން ގެއްލުވާލުން ހިމެނެއެވެ! މިގޮތުން ނައްޞުތަކުން އެޔަކަށް (އިހުގެ ބޭކަލެއްގެ) އެއްވެސް ބުނުމެއް ނުވާ މާނައެއް މިވެރިން (އަމިއްލަޔަށް) ނެރެއެވެ.
މިހެން ކަންތައް ކުރުމީ (އިހުގެ އިމާމަކު ވިދާޅުވި، އެހެނަސް ރައުޔު ބަދަލުވުމުގެ ސަބަބުން) ދޫކޮށްލެވުނު ޤަޥްލެއްގައި ހިފުމަށްވުރެ ބޮޑު ނުބަޔެކެވެ. އެހެނީ އެފަދައިން ބަދަލުވި ބަސްތަކީ (އިހުގެބޭކަލަކަށް ކޮންމެވެސް ގޮތަކުން) ނިސްބަތެއް އޮތް އެއްޗެކެވެ. އެކަމަކު މިވެރިން މިގެނައި (އަމިއްލަ) މާނަކުރުންތަކީ، އެ މާނަކުރުމަށް ނިސްބަތްވާ ފަރާތެއް އެއްގޮތަކަށްވެސް ނެތް އެއްޗެކެވެ! އެވެރިންގެ ކުށްހީގައި އެއީ (ޤުރުއާނައި ސުންނަތުގެ) ދަލީލަށް ނިސްބަތްވާ އެއްޗެއްކަމަށް ދެކުނަސްއެވެ.
އެހެނީ، އެދަލީލުތަކީ އުއްމަތުގެ އެންމެ ހެޔޮ ބުއްދިތަކާއި ހިތްތައް ހުރަސްކޮށް އައިސްފައިވާ އެއްޗެކެވެ. ވީމާ އެބޭކަލުންގެ ބުއްދިތަކާއި ހިތްތައް އެފަދަ ބަހެއް އެދަލީލުން ނުނެރުއްވާނަމަ، ފަހެ އެއީ އެއަކުން (އިތުރު މާނައެއް) ދެން ދަރިމައިނުވާނޭ އެއްޗެކެވެ! ވީމާ ކޮންމެ ދަލީލަކީ އެއިން ޤައުލުތަކެއް އުފަންވަނިވި އެއްޗެއް ނޫނެވެ! "
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
~ ގަލަންދާނު
Comments (0)
Be the first to comment.