އިކުރާހުގެ ހަމަޔަށް މުކުރިހުގެ ނަޒަރެއް}}
This article is available in Dhivehi only.
{{އިކުރާހުގެ ހަމަޔަށް މުކުރިހުގެ ނަޒަރެއް}}
الحمد لله. والصلاه والسلام على رسول الله
📌 ފެށުން
އަހަރެމެން ކުރިންވެސް ބަޔާން ކޮށްފައިވާނޭ ފަދައިން ޝިރުކަކީ އަޞްލުއްދީނުގެ ތެރެއިން ހިމެނޭ އަދި އެކަމަށް ޖާހިލުކަމުގެ ޢުޛުރެއް ނުވާ ކަމެކެވެ. އަދި ތައުވީލުގެ ޢުޛުރު މިސާފު ޝިރުކުގައި ނުވެއެވެ.
އެހެނަސް އިކުރާހުގެ ހާލަތެއް ޝިރުކުގެ ތެރެއަށް ވަންނަނަމަ އަފި އިކުރާހުގެ ޙާލަތެއް އޭގައި ޝައްކު ކުރެވޭނަމަ، މީގެ ހުކުމް ތަފާތުވެގެން ދެއެވެ. އެހެނީ އިކުރާހަކީ ޞަރީޙަ ނައްސުން ޝިރުކަށް ލިބޭ ޢުޛުރެކެވެ. އަދިކިއެއް؟ އެއަށް ލިބޭ ހަމައެކަނި ޢުޛުރެވެ. އަދި އިކުރާހުގެ ތަޢުރީފާއި އޭގެ މިންވަރާއި އޭގެ ޙާލަތްތަކަކީ ޢިލްމިވެރިން އެޔާއިމެދު އިޚްތިލާފުވެލައްވާފައިވާ އަދި ޤިޔާސާއި އިޖުތިހާދު އެކަމުގައި ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން މިއީ ފިޤުހީ މައްސަލައެކެވެ. އަދި މިކަމުގައި ތައުވީލާއި ޖާހިލުކަމުގެ ޢުޛުރު ލިބުން އެކަށީގެންވެއެވެ.
މި ތަފާތުކުރުން ފަހުމްނުވެއްޖެ ކޮންމެ ޖާހިލެއް ޝިރުކު އެކުލެވޭ ކޮންމެހާލަތަކީ އަޞްލުއްދީނުގެ ތެރޭގެ ހިމެނޭ ސާފު މައްސަލައެއް ކަމުގައި ބުނެދިނުމަށްފަހު، މިހުކުމް އިޘްތިންބާތުކުރަނީ (ފިޓުކުރަނީ) އިކުރާހުގެ ހާލަތަށެވެ. ނަތީޖާއެއްގެ ގޮތުން އިކުރާހަކީ އޭނާގެ ހިޔާލުގައި ވިސްނޭ ކަންކަމާއި ހާލަތުތައްކަމަށް އެކަނި ހަދައި އޭގެ ދާއިރާ ހަނިކޮށް އޭނާއާއި ޚިލާފުވާ އެންމެންނަށް ތަކްފީރުކުރެއެވެ.
އޭނާ ގާތު ތިމައްސަލައިގައި ތައުވީލާއި ޢުޛުރާއި ޤިޔާސާއި އިޖުތިހާދު ވަދެދާނެކަމަށް ބުނުމުން އަޞްލުއްދީނުގެ ހުއްޖަތްތައް (އެބަހީ ޝިރުކުގެ ޙަރާމް ކަމާއި ބެހޭ ވާހަކަތައް) ގެނެސް މިމައްސަލައިގެ ތެރެއަށް (އެބަހީ އިކުރާހުގެ ބަހުސްއަށް) ފިޓުކުރެއެވެ. ޢަލީ ޖަލީލް ވިދާޅުވިއެވެ: "ލެނބޭ ކޮންމެ އެއްޗަކީ އުޅަނބޮއްޓެއް ކަމަށް އެމީހުން ހީކުރެއެވެ."
އެހެންކަމުން އިޖުތިހާދީ މައްސަލަތަކުގައި އަބަދުވެސް ޢިލްމިވެރިންނަށް ބަރޯސާވެ ތިމާގެ ކުރިން މިމައްސަލާގައި ވާހަކަދައްކަވާފައިވަނީ ކޮން ޢިލްމުވެރިންނެއްތޯ އާއިމެދު ސުވާލުކޮށްލުމަކީ، ކޮންމެ ޢާންމު ފަރުދެއްގެ މައްޗަށް ވާޖިބެކެވެ. އެހެނީ ނޭގޭނަމަ ޛިކުރުގެ އަހުލުން ގާތު އެހުމުގެ މައްޗަށް އަމުރު އައިސްފައިވުމުންނެވެ.
(ނުނިމޭ)
Comments (0)
Be the first to comment.