ދެން ބުނަމެވެ
This article is available in Dhivehi only.
ދެން ބުނަމެވެ:
📌 އިކުރާހު އަކީ ޢިލްމިވެރިން ޚިލާފުވެފައިވާ މައްސަލައެކެވެ.
އިބްނު ޙަޖަރު ވިދާޅުވިއެވެ: (އިކުރާހު) އަކީ މީހަކު ބޭނުން ނުވާކަމެއް ކުރުމަށް އޭނާއަށް މަޖުބޫރު ކުރުމެވެ."
ފަތުޙުލް ބާރީ، 12/390
އިބްނު ޙަޒަމް رحمه الله ވިދާޅުވިއެވެ : އިކުރާހަކީ ބަހުގެ ގޮތުން އިކުރާހޭ ބުނެވޭ ކޮންމެ އެއްޗެކެވެ. އަދި ޙިއްސުން އެއީ އިކުރާހުކަން އެނގިގެންވާ ކޮންމެ ކަމެކެވެ. އެއީ އެމީހެއްގެ ފުށުން އަމާންކަމެއްނެތް، އަދި އެދޭ އިންޒާރަށް ޢަމަލުކުރާނޭ ފަދަ މީހެއް ފުށުން ލިބޭ މަރުގެ އިންޒާރުފަދައެވެ. އަދި މިފަދައިން ތަޅައިގަތުމަށް ދެވޭ އިންޒާރެވެ. ނޫނީ ޖަލަށްލުމަށް ދޭ އިންޒާރެވެ. ނޫނީ މުދާ ނެތިކޮށްލުމަށް ދެވޭ އިންޒާރެވެ. ނޫނީ އޭނާ ނޫން އެހެން މުސްލިމެއް މެރުމަށް ނުނީ ތެޅުމަށް ނޫނީ ޖަލަށްލުމަށް ނޫނީ މުދާ ނެތިކޮށްލުމަށް މިބީދާއިން (އޭނާއަށް) ދެވޭ އިންޒާރެކެވެ. (ފަހުން ބުނެވުނު ޙުކުމް ބިނާވަނީ) ރަސޫލާ صلى الله عليه وسلم މިޙަދީޘް އަށެވެ: ( المسلم أخو المسلم لا يظلمه ولا يسلمه ) "މުސްލިމަކީ އަނެއް މުސްލިމުގެ އަޚެކެވެ. އަނެކާއަށް އަނިޔަލެއްވެސް ނުކުރާނެއެވެ. އަދި (ޢަދުއްވަކަށް) ހަވާލެއްވެސް ނުކުރާނެއެވެ." إهـ
المحلى (8/330) .
އައްޝަރްޤާވީ ވިދާޅުވިއެވެ: (އިކުރާހަކީ) މީހެއްގެ މައްޗަށް (ގަދަބާރުން) ވެރިވެގަނެގެން ޢަމަލު ކުރުވުމެވެ.
حاشية الشرقاوي على تحفة الطلاب، 2/390
ޢަލާއުއްދީން އަލްބުޚާރީ ވިދާޅުވިއެވެ: އެއީ، ކުރަން ބޭނުން ނުވާކަމެއްގައި މީހެއް ބެހެއްޓުމެވެ. އެ (އިންޒާރު ދިން) ފަރާތުން (އެއިންޒާރާއި އެއްގޮތަށް) އަމަލު ކުރުމިގެ ގާބިލުކަންވާކަމަށް ބިރުގަނެގެންނެވެ. އެހެންކަމުން މީނާ ބިރުގަނެ (އިކުރާހު) އައުމުން އިޚްތިޔާރުނެތިދެއެވެ.“
ކަޝްފް އަލްއަސްރާރު 4/538
(ނުނިމޭ)
Comments (0)
Be the first to comment.