މުހިއްމު އުޞޫލެއް
This article is available in Dhivehi only.
މުހިއްމު އުޞޫލެއް
ސާފު ކުފުރެއް ކޮށްފި މީހަކީ ކާފަރެކެވެ. މިއީ އާންމު ޙުކުމެވެ. މި ޙުކުމް އޮޅުވާލުމަށް ޚާއްސަ ހާލަތްތައް ގެނެސް ވާހަކަ ދައްކާ މީހަކީ އިޖުމާޢު އާއި ޚިލާފުވެ ވާހަކަ ދައްކާ ޖާހިލެކެވެ.
މިސާލަކަށް، އަހަރެމެން ބުނަމަވެ: ބުދަށް ސަޖިދަ ޖަހާ މީހަކީ މުރުތައްދެކެވެ. ދެން މީހަކު ބުނެފާނެ އެވެ. "ބަލަ އޭނާ އަނބުރައިގަނެގެން ވެއްޓުނީ ކަމަށްވެސް ވެދާނެ އެވެ. ނޫނީ މަސްތުގައި ހުރީ ކަމަށްވެސް ވެދާނެ އެވެ." މި ހެން ބުނާ މީހާ، ކަންކަމުގެ އާންމު ޙުކުމް މީސްތަކުންނަށް އޮޅުވާލައި، އެ ކަންޑުވާލައި، ޚާއްސަ ޙުކުމަށް އެކަނި ބަސްތައް ޝަރުތު ކުރެ އެވެ. މިއީ ބިދުއަވެރިންގެ ވައްޓަފާޅި އެކެވެ.
އަލްހާފިޛް އިރާޤީ رحمه الله ވިދާޅުވި އެވެ: “ބުއްދި ހުރެމެ، އޭގެ ބޭރުފުށަށް ފާޅުވާ ކުފުރެއް ބުނެފި ކޮންމެ މީހެއް، ފަހެ އެ އީ ކާފަރެކެވެ. އަދި އޭނާ އެކަމުގައި ތައުޥީލުކޮށް ނިޔަތްގަތް ކަމަކަށް ބެލުމެއް، އަދި ބުރަދަނެއް ދިނުމެއްވެސް ނުވެ އެވެ.” އަދި ވިދާޅުވި އެވެ: “މިއީ ޠާހިރު ޝަރުޢާ ޢިލްމުގެ މަތީގައިވާ ހަތަރު މަޛްހަބާއި އެނޫން ސައްޙަ އިޖުތިހާދުގެ މަތީގައިވާ ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް ކަމެއް ކަމުގައި އަހަރެމެން ނުދަންނަމު އެވެ.”
އަބުލް ހަސަން އަލްބަޤާއި رحمه الله ވިދާޅުވި އެވެ: “އެމީހެއްގެ ބޭރުފުށަށް ކުފުރު ބަސް ފާޅުކުޅަ ކޮންމެ މީހަކަށް އަހަރެމެން އޭނާ އަށް ޙުކުމް ކުރަނީ ކުފުރަށެވެ. އަދި އޭނާގެ އެތެރެފުށް ވަކީލު ކުރަނީ ﷲ އަށެވެ. މިއީ އަލްއިމާމް އަބޫ އަލީ އުމަރް ބިން މުހައްމަދު ބިން ޚަލީލް އައްސުކޫނީ މިކަމުގެ މައްޗަށް އިޖުމާޢު ނެރުއްވާފައިވާ ފަދައިންނެވެ.“
އަދި މިކަމުގައި، އިމާމް އަލްޙަރަމައިން އާއި އަލްޣަޒާލީ އަދި އެންމެހާ އުސޫލިއްޔީން ފަރާތުން ނަގުލު ކުރެއްވި ބަސްފުޅަށް ބާރުދެ އެވެ. އެ އީ: މުރުތައްދު ކަލިމައެއް ބުނެއްޖެ މީހަކަށް، އެ އީ އޮޅުވާލުމަށްޓަކައި ބުނެއްޖެ މީހާ އަށެވެ. ބޭރުފުށުންނާއި އެތެރެފުށުން އޭނާ ކާފަރުވެއްޖެ އެވެ.”
~ ގަލަންދާނު
Comments (0)
Be the first to comment.