ތަޙްދީދް (އިންޒާރު) އިން އެކަނި އިކުރާހުގެ ޙާލަތަށް ވެއްޓޭހެއްޔެވެ؟
This article is available in Dhivehi only.
📌 ތަޙްދީދް (އިންޒާރު) އިން އެކަނި އިކުރާހުގެ ޙާލަތަށް ވެއްޓޭހެއްޔެވެ؟
ޢިލްމިވެރިން އިއްތިފާޤު ވެލައްވާފައިވަނީ އިންޒާރަކާއި އެކު އަނިޔަލުގެ ބާވަތެއް އެކުލެވޭނަމަ، އެއީ ތެޅުން، ނޫނީ ކަރައްފިތައި ނޭވާ ހާސްކުރުން، ނޫނީ ހައްޔަރުކުރުން ނޫނީ (ފެނަށްލައި) ގެންބުން - މިއީ އިކުރާހުކަމެވެ.
އަދި ޢައްމާރު ބުނު ޔާސިރަށް މުޝްރިކުން ކުރި އަނިޔަލުގެ ތެރޭގައި ގެންބުން ނަންގަނެވުނު ރިވާޔަތެއް މިކަމަށް ދަލީލެއް ގޮތުގައި ގެންނަވައެވެ. އޭގައި ވެއެވެ:
"މުޝްރިކުން ތިބާ ހިފައި، އެފަދައިން ބުނުމަށްދާންދެން ފެނަށް ގަންބައިފިނަމަ، އެވެރިން ދެންވެސް އެހެންހަދައިފިނަމަ ތިބާވެސް އެހެން ހަދާށެވެ. (އެފަދައިން ބަސްބުނާށެވެ.)"
(فتح الباري 12/ 327 كتاب الإكراه72)
އަދި މިއީ މިޒަމާނުގައި އަސީރުންނަށް ދެވޭ ރަހުމުކުޑަ އަނިޔަކުގެ ތެރެއިން ވޯޓަރ ބޯޑިންގް ފަދަ ޢަމަލެވެ. ނުކުތާއަކީ، އަނިޔަލާއި އެކު އިންޒާރުވުމެވެ. މީގައި ޚިލާފުނެތެވެ.
މިއާއި ޚިލާފަށް: އަނިޔަލެއް، ހައްޔަރެއް އަދި އިކްރާހުގެ ޙާލަތުގައިވާ ކަމެއް ޖިސްމާނީގޮތުން އޭނާއަށް ނުލިބެނީސް ނޫނީ ދެވެން ނުފެށެނީސް އެކަމަށް ކުރާނެކަމަށް އިންޒާރު ލިބުމުން އިކުރާހުގެ ރުޚްސާގައި އެފަދަމީހަކަށް ހިފިދާނެހެއްޔެވެ؟
ފިޤުހު ޢިލްމިވެރިންގެ ބަސްތަކަށް ބަލާއިރު، ޞައްޙަ އިކުރާހުގެ ކަމެއްގެ ތެރެއިން ކަމަކަށް، އިންޒާރެއް ދެވިއްޖެނަމަ، އެކަމުގައި އިކުރާހުގެ ރުޚްސާގައި ހިފުން ޖާއިޒެވެ. އެއީ އެކަންތައް އޭނާއާއި (ޖިސްމާނީގޮތުން) ކުރިމަތިލުމުގެ ކުރިންވެސް އެވެ. (އަދި މިއީ ބަޔެއް ޝަރުޠުތަކަކާއި އެކުގައެވެ.)
އެހެނީ (މިސާލަކަށް) ހައްޔަރެއްގައިވާ މީހާ، އިންޒާރެއްގެ ސަބަބުން އިކުރާހުގެ ރުޚްސާގައި ނުހިފޭނަމަ، އެ ކަންތައް ފެށުނީމާނޫނީ އޭނާއަކަށް އެ އިންޒާރު ލިބުނުކަންތައް ކަނޑުވައި ނުލެވޭނެއެވެ. އަދި އެ އިންޒާރަކީ މަރު ނޫނީ ގަދަޔަށް ތެޅުން ނޫނީ އެނޫންވެސް ޞައްޙަ އިކުރާހުގެ ތެރެއަށް ވަންނަ ކަންތަކުގެ ތެރެއިން ކަމެއްނަމަ، އެ އިންޒާރު ތަންފީޒުކުރެވެން ފަށާއިރު އޭނާ މަރުވުންވެސް ނޫނީ ދާއިމީ ގެއްލުމެއް ލިބުންވެސް އެކަށީގެންވެއެވެ.
އެބަހީ އިކުރާހުގެ ރުޚްސާގައި ހިފެވުމުގެ ކުރިންވެސް އޭނާ އަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުވުމެވެ.
އިބްނު ޤުދާމާ ވިދާޅުވިއެވެ:
"އެހެނީ އިންޒާރަކާއި ނުލައެއް އިކުރާހެއް ނާދެއެވެ. އަދި އިސްވެގޮސްފައިވާ އަނިޔަލެއް މިވަޤުތު އޭނާ އަށް އެ އިންޒާރުދެވޭކަންތަކުން ފިލުވައެއް ނުލެވޭނެއެވެ. އަދި އެކަންތައް (އެބަހީ: ވެދިޔަ ކަންތައް) މިވަޤުތު ވާނޭ ކަމުގެ ބިރެއްވެސް ނުއޮންނާނެއެވެ. އަދި އޭނާއަށް އިކުރާހު ކުރެވޭކަންތައް އޭނާ ކުރުމަށް ހުއްދަދެވިފައިވަނީ އޭނަޔަށް ދެވޭ އިންޒާރަކުން މުސްތަޤްބަލުގައި ލިބޭނެ އަނިޔާއިން ސަލާމަތްވުމަށެވެ. އަދި މިދެހާލަތްވެސް އޭނާ އަށް އެއްފަދައެވެ. (އެބަހީ: އިންޒާރުދެވުމާއި އަނިޔާދެވުން)"
"އަދި އެ މީހާ (ހައްޔަރު ކުރެވިފައިވާ) މީހާ އަށް މަރުގެ އިންޒާރު ދޭއިރު، އަދި އޭނާ މަރާފާނެކަންވެސް އެނގޭއިރު، އޭނާ (އިކުރާހުގެ) ޢަމަލު ކުރުމަށް ހުއްދަ ނޫންކަމަށް (އަހަރެމެން ބުނަނީ ނަމަ) މީގެ ސަބަބުން އޭނާގެ މަރަށް މަގުފަހިވެއެވެ. އަދި އޭނާގެ ނަފުސު ހަލާކުގެ ތެރެއަށް އެއްލާލުންވެސްމެ އެވެ. އަދި (އަމަލީގޮތުން އަނިޔާލިބޭ) އިކުރާހަކީ މި ރުޚްސާގައި ހިފުމުގެ ޞައްހަ ބާވަތެއްކަން އެނގުން، މިއީ (އެނޫން ބާވަތްތައް އެކަމުގެ ތެރެއަށް ނުވަންނާނޭ ކަމުގެ) އެއްވެސް ދަލީލެއްނޫނެވެ. (އެބަހީ: ޢައްމާރުގެ ޙާދިސާގައި ދުލުން ކިފުރު ބުނުން މިއީ ޢަމަލުން ކުފުރު ނުކުރެވޭނޭކަމަށްއޮތް ދަލީލެއްނޫނެވެ.) އެހެނީ (މިސާލަކަށް)(އެއީ ޞައްޙަ ގޮތްނަމަ) އެހާލަތުގައި (އިންޒާރުދެވިގެން) އޭނާ (ގެ އަނބި) ވަރިކޮށްފިނަމަ، އެކަން އެ ވީއެވެ. (އެބަހީ ވަރިވާނެއެވެ.) އެހެންކަމުން ބިރުދެއްކިމީހާ އަށް އޭނާގެ މަޤުޞަދު ޙާޞިލުވީއެވެ. އަދި އިކުރާހުވެވުނު މީހާގެ މައްޗަށް ގެއްލުމެވެ. އަދި (މީގެ އިތުރުން) އަދަބު އަނިޔަލެއް ކުރިމަތިވެފައިވާ މީހާއަށް، އިކުރާހު ޘާބިތުވުމަކީ، އޭނާ ނޫން މީހެއްގެ މައްޗަށް (އެއަދަބުން ބޭރުގައި ހުރި މީހަކަށް) އެކަން (އިކުރާހު) ޘާބިތުވުން ނަފީވާންޖެހޭ ކަމެއް ނޫނެވެ."
=
Comments (0)
Be the first to comment.