އަރިމަތީ ބާބު 2
This article is available in Dhivehi only.
#މުހިއްމު
🔻 އަރިމަތީ ބާބު 2
މިމައްސަލާ ގައި ދެނެގަތުން ލާޒިމު އަދި އިތުރު ދިރާސާ ބޭނުންވާ ބަޔެއް ސިފަތައް:
ތަޙާކުމް (ޙުކުމް ހޯދުން) ގެ އަސާސީ މާނައަކީ ދެ ޙަޞުމެއް ދެމެދު އޮތް މައްސަލައެއް ތިންވަނަ ފަރާތަށް އެކަމުގައި ޙުކުމެއް ނިންމުމަށް ހުށަހެޅުމެވެ.
އެހެންކަމުން އެމީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި، އަދި ވަކިން ޚާއްޞަކޮށް ހައްޔަރުކުރެވި، އެތުހުމަތަކާއި ކުރިމަތިލާން ޖެހިއްޖެ މީހާ، ﷲ ގެ ޙުކުމް ނުކުރާ ޤާޟީއެއްގެ ގެ ކައިރިޔަށް ހާޒިރުކުރެވުމާއިމެދު ތިން ކަމެއް ފާހަގަ ކޮށްލަމެެވެ:
(ހ)
އެފަދަ މަޖިލީހަކުން މިންޖުވެ މުސްލިމުންގެ ބާރަށް ދެވެން ނެތް މީހާ، ނޫނީ ކާފަރުންގެ ބާރުގެ ދަށުގައިވޭމެ ހާޟިރުނުވެއްޖެ ނަމަ އެކަމުގައި ބޮޑު އަދަބެއްލިބުން ނޫނީ އޭނާގެ ތުހުމަތަށް ބާރެއްކަމުގައި ބެލުން ނޫނީ މިފަދަ ކަމެއްގެ ސަބަބުން އެޔަށް އިޖާބަދިނުން ހުއްދައެވެ. އަދި މިހެން މިބަޔާން ކުރީ އެއަށް އިޖާބަ ނުދިނުމުގެ މައްޗަށް މިންބަރުއް-ތައުޙީދުގެ ޝެއިޚް، އަބުލް މުންޛިރުގެ ފަތުވާއެއް ވާކަން ދަންނަހާލުގައެވެ. އެހެނަސް އެފަތުވާގެ މުރާދަކީ މިފަދަ ޙާލުގައި އެ ހުއްދަނުވާނޭ ކަމަށް ނޫނީ ކުފުރުވާނޭކަމަކަށެއް ނޫނެވެ. އަދި މިކަމުގެ މައްޗަށް ޢިލްމިވެރިން ގެންނަވާ ދަލީލުތަކުގެ ތެރޭގައި، އިބްރާހީމް عليه السلام ގެ އަނބިކަނބަލުން ސާރާ ފޮނުވުމަށް، ރަސްކަލެއް ނޫނީ ޖައްބާރެއް އެންގުމުން އެކަމަނާ ފޮނުއްވެވި ވާހަކަ ހިމެނެއެވެ. އަދި އަލްބުޚާރީ މިޙަދީޘް ގެންނަވާފައިވަނީ "އައްޞަޙީޙު" ގެ ބައިކުރެއްވުމުގެ ތެރެއިން "އިކުރާހު" ގެ ފޮތުގެ ތެރެއިންނެވެ. އަދި ބާބު ކުރެއްވީ: "އަންހެނަކަށް ޒިނޭ ކުރުމަށް އިކުރާހު ކުރެވިއްޖެތަ، އެކަނބުލޭގެ މައްޗަށް ޙައްދު ޤާއިމު ވުމެއް ނުވޭ" މިހެން ނަންގަންނަވައި ލިޔުއްވި ބާބުގައެވެ. އަދި އެހެންކަމުން އަލްބުޚާރީ رحمه الله މިކަން އިކުރާހުގެ ތެރެއަށް ސިފަކުރެއްވިއެވެ.
(ށ) ޞުލްޙައިން ކަމެއް ނިންމުމަށް ދިޔުމަކީ އިސްތިޙްލާލް ގެ ކުފުރަށް ވަންނަ ކަމެއް ނޫނެވެ. އެހެންކަމުން ވަޟަޢީ ޤާނޫނަށް ނިޞްބަތް ނުވެ، ދެޙަސްމެއް ދެމެދު އޮތް މައްސަލަ ޞުލްޙައިން ނިންމުން، އެއީ އެޞުލްޙައެއް ކުރަނީ ޤަބީލާގެ ބޮޑެއް ނޫނީ ޠާޣޫތުން ކަމުގައި ވިޔަސް އެވެ. އަދި މިވާހަކަ މުޙައްމަދު ބުނު އިބްރާހީމް އާލުއްޝެއިޚްގެ "ފަތާވާ ވަރަސާއިލް" 12/292 ގައި ބަޔާން ކުރައްވާފައިވެއެވެ.
(ނ) މިފަދަ ދިފާޢު ވުމަކީ ތަޙާކުމް ކަމުގައި ނުވުން. އަހަރެމެން އަބަދުވެސް މިބަޔާން ކުރަނީ ޠާޣޫތެއް ކުރިމައްޗަށް މީހާ ޚާޟިރުވާ ކޮންމެ ކަމަކީ ތަޙާކުމް ކަމަށް ނުވާ ކަމާއި މިފަރަޤު ކުރުން ލާޒިމުކަމެވެ. އަދި މިފަރަޤު ކުރުމަށް ނުކުޅެދުމީ ތަކްފީރުގެ ހައްދުފަހަނަ އެޅުމާއި ބޮޑެތި ފިތުނަތަކުގެ ދޮރެކެވެ.
އަދި ތުހުމަތުން ބަރީޢަވުން ތަޙާކުމުގެ ތެރެއަށް ނުވަންނަ ކަމުގެ ދަލީލުވާ ކަންކަމުގެ ތެރޭ، ޔޫސުފް عليه السلام އެކަލޭގެފާނުގެ ބޮލުގައި އެޅުވުނު ތުހުމަތުން ސަލާމަތްވުމަށް ބަޔާން ކުރެއްވި ބަޔާނާއި، އަދި އެއަށް ވުރެންވެސް ޞަރީޙަކޮށް، ޖަލުން ދޫކޮށްލި ރަސްގެފާނުގެ ޚާދިމް ގާތު އެކަލޭގެފާނުގެ ވާހަކަ ޛިކުރުކުރެއްވުމަށް ދެންނެވުން ހިމެނެއެވެ. އަދި އެގިގެންވަނީ އެވަޤުތު މިޞްރުގެ ރަސްކަލު ހުރީ ކުފުރުގެ މަތީ ރަސޫލުންގެ ދީނާއި ޝަރީޢަތާއި ޚިލާފަށްކަމެވެ. އަދި އެއަށްފަހު ވެސް، އެމައްސަލާގައި ހިމެނުނު އަންހެނުންގެ ކަންތަކާއި މެދު ރަސްގެފާނުކައިރިން ސުވާލުކުރުމަށް ވެސް ދެންނެވިއެވެ. ތުހުމަތުން ބަރީޢަވެ ހެކިނެންގެވިއެވެ. މީގެ އިތުރުން ޔޫސުފް عليه السلام ގެ ބޭބެއިން ވައްކަމުގެ ތުހުމަތުގެ މައްސަލާގައި ބަރީޢަވެ ދެއްކެވިނވާހަކަތައްވެސް މި ބާބުގރ ދަށުން ވެއެވެ.
އަދި ޔޫސުފް އަށްވެސް ތުހުމަތު ކުރެވި، ވޭންދެނިވި ޢުޤޫބާތެއް ނޫނީ ޖަލަށް ލުމަށް ހުށަހެޅުނެވެ.
Yusuf 12:25
... مَا جَزَآءُ مَنْ أَرَادَ بِأَهْلِكَ سُوٓءًا إِلَّآ أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ
...ތިބާގެ އަނބިމީހާއަށް ނުބައިކަމެއްކުރަން އުޅުނުމީހަކަށް، އެމީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި عقوبات ދިނުން ފިޔަވައި އޮތީ ކޮން ޖަޒާއެއް ހެއްޔެވެ؟
އަދި މިއީ އެތައް މުޥައްޙިދުންނަކަށް މިޔަދު ކުރިމަތިވެފައިވާ ޙާލަތެވެ.
އަދި މައްކާގެ ޤުރައިޝުން އައްނަޖާޝީގެ ދަރުބާރުގައި ޙަބަޝާއަށް ހިޖުރަކުރި ޖަޢްފަރު رضي الله عنه އާއި އެނޫން ޞަޙާބީން، އަނބުރައި މައްކާއަށް ފޮނުވުމަށް ވަކާލާތުކުރި ޙާދިޘާ މީގެ ތެރެއިންވެއެވެ. އެހެންކަމުން އެބޭކަލުން ވެވުނު މިންވަރަކުން އަމިއްލަ ނަފުސު ސަލާމަތްކުރައްވައި ދިފާޢުކުރެއްވިއެވެ. އަދި މިކަމަށް އެއިން އެއްވެސް ބޭފުޅެއް އިންކާރުނުކުރައްވައެވެ. އަދި ނަބިއްޔާ صلى الله عليه وسلم އިންކާރުކުރެއްވި ކަމަށްވެސް ވާރިދުވެފައި ނުވެއެވެ. އަދި މިޙާދިޘާ، އިބްނު ކަޘީރު البداية والنهاية (3/69) ގައި ގެންނެވިއެވެ. އެއީ އިބްނު އިސްޙާޤް އަރިހުންނެވެ. އަދި الدلائل ގައި އަބޫ ނުޢައިމް އަދި އަލްބައިޙަޤީ ހަމަ އެނަން ކިޔުނު ފޮތެއްގައި ގެންނެވިއެވެ. އަދި މިރިވާޔަތްތައް އެކަތި އަނެ
Comments (0)
Be the first to comment.