ކަތިން ވަރުގަދަކޮށްދީ ޞައްޙަކޮށްދެއެވެ
This article is available in Dhivehi only.
ކަތިން ވަރުގަދަކޮށްދީ ޞައްޙަކޮށްދެއެވެ.
އެހެންކަމުން މިފަދަ ކަންކަމީ ޠާޣޫތުން ކައިރިޔަށް ޙުކުމް ހޯދަން ދިޔުމެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ މިއީ ޢަދުއްވުން އަދި އަރައިގަންނަ ބަޔެއްގެ ފުށުން ދިފާޢުވުމެވެ. އަދި ވެވުނު މިންވަރަކުން ތުހުމަތަށް ރައްދުދިނުމެވެ.
އެހެންކަމުން މިއިން ފާޅުވަނީ، މިކަމުގެ އަޞްލަކީ، މުވައްޙިދަކަށް މިކަމުގައި މައްސަލައެއް ނެތްކަމެއް ގޮތުގައެވެ.
އަދި ކާފަރުންނާއި ޠާޣޫތުންނާއި އެވެރިންގެ ޖަލުދާރުންނާއި ނޫނީ ފުލުހުންނާއި ނޫނީ ކޯޓުތަކާއެކު ކުރެވޭ ކޮންމެ ކޮންމެ މުޢާމަލާތަކީ ތައުޚީދު ނަފީކުރާ، ޠާޣޫތުން ފުށުން ޙުކުމް ހޯދުމެއް ނޫނެވެ.
އަދި النساء ސޫރަތުގެ 60 ވަނަ އާޔަތުގައި ހިމެނޭ ދެސަބަބު މިޙާލަތުން ކެނޑިފައިވެއެވެ. އެއީ އޭނާ އެއަށް އެދުމާއި (އެބަހީ ޠާޣޫތުގެ ޙުކުމަށް އެދުމާއި) އިސްލާމީ ޝަރީޢަތް ވުޖޫދުގައި އޮތުމެވެ. އަދި މީހެއް އެކަމަށް އެދޭކަން ފާޅުވަނީ އޭނާގެ އަމަލުން އެކަމަށް އިސްނެގުމެވެ. އެހެނަސް ތުހުމަތު ކުރެވި، ވަކިން ޚާއްޞަކޮށް އަތްފައިބަނދެވި ނޫނީ ހައްޔަރުކުރެވި އެތުހުމަތާއި ކުރިމަތި ލުމަށް ހުށަހެޅޭ މީހާ، މިއީ އަމިއްލަ އިޚްތިޔާރެއްގައިވާ މީހެއްވެސް ނޫނެވެ. އެހެންކަމުން މިއީވެސް ޚުކުމް ކަނޑައެޅުމުގައި މިނުކުތާއަށް ބެލުން ހައްޤު އެއްޗެކެވެ.
އަދި މިކަމުގައި ތަފްޞީލަށް ބެލުން ވާޖިބެވެ. އަދި މުހިއްމެވެ. އޭގެތެރެއިން އެވެރިންނަށް ވާގިވެރިވުމާއި އަދި އިހުބަޔާންވެވުނު (ހުއްދަ) މިންގަޑުގެ ފަރަގަށެވެ. އަދި ނަފްސު ފަސާދަކޮށްލާ ކަންކަމުން ދިފާޢުވުމާއި، އަދި އެދެއެއްޗަކުން ބޮޑުއެއްޗެއް އެއަށްވުރެ ކުޑައެތިން ދިފާޢުވުމުގައެވެ. އަދި މިކަމުގައި އިޖްތިހާދު ފުޅާވެގެންވެއެވެ. އަދި މީގެ ތެރޭގައި ޠާޣޫތަށް ތަޙާކުމް ކުރުންވެސް ހިމެނިދާނެއެވެ. އެޙާލަތުގައި އެއީ ޠާޣޫތީ ތަޙާކުމްތޯ ނޫނީ އިދާރީ މައްސަލަތަކުގެ ކަމެއްތޯ ބަލަންޖެހޭނެއެވެ. (އަދި މި މައްސަލައަށް ވަކި ލިޔުމެއް ލިޔުމަށް ޤަސްތުކިރަމެވެ.)
އަދި ހަމަ އެފަދައިން އެކަމުގައި އެވާ މީހާ ހުރީ އިކުރާހުގެ ހާލަތެއްގައިތޯ ނޫނީ ނޫންތޯވެސް ބަލަންޖެހެއެވެ. އަދި އެކަމުގެ ތައުވީލުތަކާއި، އިސްލާމީ ޙުކުމާއި ވެރިކަން ނެތުމުގެ ސަބަބުން ފާވެފައިވާ ނިކަމެތިކަމުގެ މައްޗަށްވެސް ނަޒަރުހިންގަންޖެހެއެވެ.
ފައިދާއެއް:
ވަކީލެއް އައްޔަން ކުރުމުގެ ނުކުތާ ގައި ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ، ވަކީލެއް އައްޔަން ކުރުމަކީ "އޭގެ ޒާތުގަ" ކުފުރެއް ކަމަށް ނުވުމެވެ. އެއީ ޠާޣޫތީ ނިޠާމެއްގައި ވިޔަސް އެވެ. އަދި ޞިފައަކީ 'ތަކްފީރުލް މުއައްޔަން" (ވަކިފަރުދެއް ކާފަރު ކުރުމުގައި) އަދި "ޖަހްލުލް ޙާލް" (ޙާލަތް އޮޅުމުގެ ޢުޛުރު) ގައި ބެލުން ޙައްޤު އެއްޗެކެވެ.
ޢާންމު ގޮތެއްގައި ބަލާއިރު، ދާރުލް ޙަރްބެއްގައިވާ ޙަރްބީ ކާފަރެއް ވިޔަސް ވަކީލެއް (އެބަހީ: ބަދަލުގައިވާ ފަރާތެއް) ގޮތުގައި އައްޔަންކުރުން ހުއްދަކަމުގެ މައްޗަށް ކަނޑައަޅުއްވައި އަލްބުޚާރީ "ޞަޙީޙް" ގައި ގެންނެވި ބާބުގައި ވޭ: {ބާބު: މުސްލިމަކު ދާރުލް ހަރްބު ގައި، ނޫނީ ދާރުލް އިސްލާމްގައި ހަރުބީއެއް (އެބަހީ: އަހުދެއް ނެތް ކާފަރެއް) ވަކީލަކަށް ހަދައިފުން ޖާއިޒު}
އަދި މިހެނީ "ވަކީލު" ވުމަކީ އޭނާ ފަރާތުން އައްޔަން ވެވޭ ފަރާތެއް ކަނޑައެޅުމެވެ. އެއީ ވިޔަފާރިޔާއި އެނޫން ކަންކަމުގައެވެ. އަދި އިބްނި ޤުދާމާ މިމައްސަލައިގައި އަލްމުޣްނީ (7/197) ތަފްސީލުދެއްވާފައިވެއެވެ. އެއީ ވިޔަފާރީގައި ވަކީލެއް އައްޔަނުކުރުމާއި އަދި އެއީ ހަރުބީއެއް ވިޔަސް އަދި މުރުތައްދެއް ވިޔަސް ހުއްދަކަމުގެ މައްޗަށް ބަހުޘްއެކެވެ. އަދި ކައިވެންޏެއް ކޮށްދިނުމަށްޓަކައި ވަލީވެރިޔާގެ ފަރާތުން ޛިންމީން ތެރެއިން ކާފަރަކު އައްޔަންކޮށް ފޮނުވައިފިނަމަ، އޭނާގެ ބަސް ޤަބޫލުކުރެވޭނޭ ކަމަށް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. އެހެނީ އޭނާ (ޛިންމީ ވަކީލު) އެހުށަހަޅާ ވަލީ އަކީ މުސްލިމު ބައްޕަގެ ވަލީކަމަށްވުމެވެ.
މިގޮތުން ވަކީލެއް ގާތަށް ދާ ކޮންމެ ދިޔުމަކީ ކުފުރެއް ނޫނެވެ. އަދި އަނިޔާވެރިކަމުން ދިފާޢުވެވޭކޮންމެ ވަކާލަތަކީ ކުފުރެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ ކޮންމެ ކޮންމެ ވަކީލެއް މުރުތައްދުވުން ނޫނީ ތަކުފީރުވުން ލާޒިމެއް ވެސް ނޫނެވެ. އަދި މިންބަރު އައްތައުހީދުގައި މި ނުކުތާއަށް އަލްބަރްޤާވީ ވާހަކަ ދައްކަވާފައިވެއެވެ.
އަދި ޝެއިޚް ޢަލީ އަލްޚުޟައިރު މުސްލިމުން މިނިވަން ކުރުމުގެ ނިޔަތުގައި ވަކީލުކަން ކުރުން ވަޒީފާއެއް ގޮތުގައި އެކަން ކުރަން އުޅުން ހުއްދަނޫންކަމަށް ފަތުވާދެއްވަމުން، އަދި މިއީ ނަބިއްޔާގެ މަންހައްޖު ނޫންކަމަށް ބަޔާން ކުރައްވައި ދެއްވި ފަތުވާގެ ތެރޭގައި، އެހެނަސް މިކަމުގެ ކުފުރު ބަޔާން ކުރެއްވުމަށްފަހު ދެން އިސްތިސްނާއެއް ގެންނެވިއެވެ. ވިދާޅުވިއެވެ:
"އެހެނަސް އޭނާ އަކީ މުސްލުމުންނަށް އަދި މުސްލިމުންގެ ދިފާޢުގައި ހުރި ވަކީލެއްނަމަ، އެއީ ކުފުރެއް ނުވަތަ އުރެދުމެއްނެތި، ނުވަތަ އެޙުކުމް ތަކަށް ރުހުމެއްވެސް ނެތި، އަދި އެމަގުން ނުހިގައި އަދި ޖާހިލިއްޔަ ވަޟަޢީ
Comments (0)
Be the first to comment.