ޤާނޫނުގެ ތަހުތުގައި ނުވާޙާލު - ދެން މިއަށް އިންކާރެއްނެތެވެ."
This article is available in Dhivehi only.
ޤާނޫނުގެ ތަހުތުގައި ނުވާޙާލު - ދެން މިއަށް އިންކާރެއްނެތެވެ."
އަދި މިއީ ނާދިރު ހާލަތެކެވެ. އެހެނަސް މިނުކުތާ މިގެނައީ މިކަމަކީ އޭގެޒާތުގައި ކުފުރެއް ނޫންކަން ބަޔާން ކުރުމަށެވެ. އެހެންކަމުން ދިފާޢީ ވަ
ކީލެއް، އަދި އިހުބުނެވުނު ހުއްދަ ޙާލަތްތަކުގައި ވޭމެ، އައްޔަންކުރުންވެސް މިއީ އޭގެ ޒާތުގައި ކުފުރެއްނޫނެވެ.
އަދި މިގޮތުން އިދާރީ ނިޡާމީ މައްސަލަތަކުގައި ވަކީލަކު ބޭނުން ކުރުން ހުއްދަވެސް ވެދާނެއެވެ. އަދި އިދާރީ އަދި ޝަރުޢީ ނިޡާމުގެ ފަރަޤު، މިއީ އެފަރަޤު ކުރުމަށް ނުކުޅެދުމުގެ ސަބަބުން އެތަައްބަޔަކު ތަކްފީރުގައި ހައްދުފަހަނަ އަޅައިދާ ކަމެކެވެ. މިކަމަށް އެހެން ރިސާލަތެއް ލިޔުމަށް ޤަސްތުކުރަމެވެ.
އަދި އެހެންކަމުން ކުފުރު މަތިވެރިކޮށް، ﷲ ގެ ޝަރުއުއާ ޚިލާފަށް ވަޟައީ ޤާނޫނެއް ދިފާޢު ކުރުމަށް މުސްލިމަކު ވަކީލެއް ހޯދުން މިއީ ބީރައްޓެހިކަމެކެވެ. އެހެންކަމުން އެ ވަކީލު އައްޔަން ކުރާ މަގުޞަދު ގައި ވަރަށް ބޮޑު ފަރަޤެއްވެއެވެ. އަދި މިއީ މިޔާއި އެކު، މިކަމަށް އިކުރާހުގެ ޙާލަތް ވަންނަކަމުގެ ސިފަ އެކުލެވޭހިނދުގައެވެ. އަދި އެކަމުގެ އަޞްލު ތަޙާކުމުގައި ނުހިމެނޭ ހިނދުގައެވެ. (އެބަހީ ތުހުމަތުން ބަރީޢަވުމުގެ ހާލަތް). އެއީ މުސްލިމުން ކާފަރުން އަތްމައްޗަށް ދޫކޮށްނުލުމުގެ އަމުރާއި އެކަމަށް ކުފުރުގެ ނިޡާމުތަކުން މަޖުބޫރުކުރުވާފައިވާ ޚާލަތެވެ. އަދި ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ.
[ނިމުނީ الحمد لله]
Comments (0)
Be the first to comment.