لا يجوز للمسلم حضور أعياد المشركين الدينية بالاتفاق، {وَالَّذِينَ لَا يَشْهَدُونَ الزُّورَ}، الزور هنا عيدهم، قاله من السلف أبو العالية…
This article is available in Dhivehi only.
②
لا يجوز للمسلم حضور أعياد المشركين الدينية بالاتفاق، {وَالَّذِينَ لَا يَشْهَدُونَ الزُّورَ}، الزور هنا عيدهم، قاله من السلف أبو العالية وطاووس وابن سيرين
9️⃣މުޝްރިކުންގެ ދީނީ ޢީދުހަފުލާތަކަށް ޙާޟިރުވުން މުސްލިމެއްގެ މައްޗަށް (ޢިލްމުވެރިން ގެ ދެބަސްވުމެއްނެތި) އިއްތިފާޤުން ހުއްދަވެގެން ނުވެއެވެ. {وَالَّذِينَ لَا يَشْهَدُونَ الزُّورَ} ”އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން، زُوْرُ އަކަށް حاضر ނުވާނެއެވެ.“ މިތާގައި މިވާ زُوْرُ އަކީ އެއުރެންގެ ޢީދުޙަފުލާ ތަކެވެ. ސަލަފުންގެ ތެރެއިން އަބުލް ޢާލިޔާ އާއި ޠާޥޫސް އާއި އިބްން ސީރީން މިހެން ވިދާޅުވިއެވެ.
تحريم حضور أعياد المشركين الدينية أجمع عليه العلماء كمالك وأبي حنيفة والشافعي وأحمد، نص على اﻹجماع ابن القيم وغيره في كتابه أحكام أهل الذمة
0️⃣1️⃣މުޝްރިކުންގެ ދީނީ ޢީދުޙަފުލާ ތަކަށް ޙާޟިރުވުމުގެ ޙަރާމް ކަމުގެ މައްޗަށް މާލިކާއި އަބޫ ޙަނީފާއާއި އައްޝަފިޢީ އާއި އަޙްމަދު ފަދަ ޢިލްމުވެރިން އިޖުމާޢުވެލެއްވިއެވެ. އިބްނުލް ޤައްޔިމް އެކަލޭގެފާނުގެ ފޮތް أحكام أهل الذمة ގައި، އަދި އެނޫން ބޭކަލުން މިއިޖުމާޢު ނަޤުލުކުރެއްވިއެވެ.
لا يُجيز الصحابة حضور عيد المشركين وتهنئتهم بأعيادهم الدينية، قال عمر بن الخطاب: (اجتنبوا أعداء الله في عيدهم)، رواه البيهقي بسند صحيح
1️⃣1️⃣މުޝްރިކުންގެ ޢީދުޙަފުލާ ތަކަށް ޙާޟިރުވުމާއި އެވެރިންގެ ދީނީ ޢީދުތަކުގައި ތަހުނިޔާ ކިޔުން އަޞްޙާބުބޭކަލުން މަނައު ކުރެއްވިއެވެ.ޢުމަރު ބްނުލް ޚައްޠާބު ވިދާޅުވިއެވެ: : (اجتنبوا أعداء الله في عيدهم) ”އެއުރެންގެ ޢީދުގައި، ﷲ ގެ ޢަދުއްވުންތަކާއި ދުރުހެލިވެގެން ތިޔަބައިމީހުން ތިބޭހުށިކަމެވެ.“ ރިވާކުރެއްވީ އަލްބައިހަޤީ، ޞައްޙަ ސަނަދަކުން ނެވެ.
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (ރަސްމީ އެކްސް ގައި ކުރެއްވި ޕޯސްޓް ތަކެއް)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.