އަދި މިޤަވާޢިދު ތަފްޞީލު ކުރައްވަމުން، އަލްޢަލްވާން (ألا إن نصر الله قريب) — މިރިސާލާ ގެ ޞ. 5 ގައި ވިދާޅުވިއެވެ
This article is available in Dhivehi only.
③
--------------------------------
= އަދި މިޤަވާޢިދު ތަފްޞީލު ކުރައްވަމުން، އަލްޢަލްވާން (ألا إن نصر الله قريب) — މިރިސާލާ ގެ ޞ. 5 ގައި ވިދާޅުވިއެވެ:
❞ އަދި އިބްނު ޢައްބާސް ގެ ބަސްފުޅު (هي كفر) ”އެއީ ކުފުރޭ“ އަދި އަނެއް ބަސްފުޅު (هي به كفر) ”އެއީ އޭނާ ކިބައިގައިވާ ކުފުރޭ“ — މިއިން ދޭހަވަނީ: އެ އާޔަތްވަނީ ބޭރުފުށަށް ދޭހަވާ މާނައިގައި ކަމެވެ. އަދި އަލްކުފުރު ކަލިމައިގައި އަޞްލަކީ ކުރިޔަށް އޮތް <ل> އެކުލެވިފައިވާނަމަ އެއީ ބޮޑު ކުފުރުކަމެވެ. މިއީ ޝެއިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) رحمه الله "އަލްއިޤްތިޟާއު" (1/208) ގައި ކަނޑައެޅުއްވި ފަދައިންނެވެ. މިއީ އޭތި (އެޖުމްލައެއްގައި ވަކި ކަމަކަށް) ހަނިކުރެވިފައި ނުވާނަމައެވެ. ނުވަތަ އެ (ޢާންމު މާނަ) ފުރޮޅައިލާނޭ ޤަރީނާއެއް ނުއަންނަހާ ހިނދަކުއެވެ.
އަދި އިބްނު ޢައްބާސް އަރިހުން އަލްބުޚާރީ ރިވާކުރެއްވި، ޒައިދު ބުނު ޘާބިތުގެ އަންހެނުން ގެ ބަސްކޮޅު، [އެހެނަސް އަހަރެން "އަލްއިސްލާމް" ކަމުގައި "އަލްކުފްރު" ވުމަށް ނުރުހެމޭ] — މިބަސްކޮޅު، މި ޤާޢިދާ އާއި ތަޢާރުޟު ނުވެއެވެ. އަދި މިބާބުގައި މިއޮތް އަޞްލު މުގުރައިވެސް ނުލައެވެ. އެކަނބުލޭގެ ބުނެފައިވަނީ ”އަލްއިސްލާމް ކަމުގައި...“ އޭ އެވެ. އަދި މިޤަރީނާއިން ވަށައިޖެހެނީ އަލްކުފުރު ލަފްޒުން މުރާދަކޮށްފައިވަނީ ބޮޑު ކުފުރު ނޫން އެއްޗެއްކަމެވެ.
އަދި އިސްލާމް ކަމުގެ "ތެރޭގައި" ކުފުރު އަކްބަރު ވުމޭ ބުނުން ްޞައްޙަވެގެން ނުވެއެވެ. އަދި އިސްލާމާއި އެކު ل ކުރިޔަށް ލައި އަލްކުފްރޭ ބުނާއިރު، މިގޮތަށް މާނަ ހަނިނުނުކޮށް އޮވެއްޖެނަމަ ބުއްދިއަށް އަންނާނީ އޭގެ ޙަޤީޤީ މާނައެވެ. (އެބަހީ: މީހުންނަށް ހީކުރެވޭނީ އެއީ ބޮޑު ކުފުރު ކަމެވެ.) ވައި މިހެންކަމުން އެކަނބުލޭގެ މިވަނީ މާނަ ހަނިކޮށްލައިގެން (އެބަހީ: އިސްލާމް ކަމުގެ ތެރޭގައި އޭ ބުނެ) މިއޮޅުން ކަނޑުވައިލައިފައެވެ. އަދި މިގޮތަށް އޮތުމުން ވިސްނާމީހަކަށް އެކަން ދެނެގަނެވެއެވެ. ❝
(މިފޮތުގެ އިނގިރޭސި ތަރުޖަމާ ކިޔާލަން ބޭނުންނަމަ - ލިންކް )
[2] ޤަޟިއްޔާ: (ނަން) : ދެ ފަރާތެއްގެ ދެމެދުގައި ހިނގާ މައްސަލައެއް ކޯޓުގައި ބަލާބެލުން. (ދިވަހި ބަހުގެ ރަދީފު)
[3] އަދި މިރިވާޔަތުގެ ބަލިކަށިކަމުގެ މައްޗަށް ފަހުގެ ތަފާތު މުޙައްދިޘުން ބަސްވިދާޅުވެފައި ވެއެވެ. އެގޮތުން:
(ހ) އައްޠަރީފީއާއި ސުވާލުވެވުނެވެ: ”ސޯޅަވަނަ ސުވާލު: އިބްނު ޢައްބާސް ގެ ޙަދީޘް (كفر دون كفر) ގެ ޞައްޙަ މިންވަރަކީ ކޮބައިތޯއެވެ؟“ ޖަވާބު: ”އެއީ އިބްނު ޢަޢްބާސް އަށް މަޥްޤޫފު (ރަސޫލު ﷲ ﷺ އަށް ނިސްބަތް ނުވާ) ޤަޥްލެކެވެ. އަދި މިއީ (އިބްނު ޢައްބާސް ވިދާޅުވިކަމަށް) ޘާބިތު ނޫން ބަސްކޮޮޅެކެވެ. އެ ޤަޥްލު ރިވާކުރެއްވީ އިބްނު އަބީ ޙާތިމް އާއި އަލްޙާކިމް އެކަލޭގެފާނުގެ "އަލްމުސްތަދްރަކް" ގައި އާއި، އަލްބައިހަޤީ އެކަލޭގެފާނުގެ ސުނަން ގައި އާއި، އަލްމަރްވަޒީ "ތަޢްޡީމު ޤަދްރިއް ޞަލާތި" ގައި އަދި އިބްނު ޢަބްދުލް ބައްރު "އައްތަމްހީދް" ގައި ، ހިޝާމް ބްނި ޙުޖައިރު ، ޠާޥޫސު އަރިހުން ﷲ تعالى ގެ ވަޙީ : (ومن لم يحكم بما أنزل الله فأولئك هم الكافرون) ގޮތުން، އިބްނު ޢައްބާސް ވިދާޅުވިޔޭ: (كفر دون كفر) ”އެއީ ކުފުރަށް ނުވާ ކުފުރެވެ.“ އަދި މަ އެރާވީ ހިޝާމް ބްނި ޙުޖައިރު ވަނީ، ޟަޢީފު ކަމަށް އަޙުމަދު ކަނޑައަޅުއްވާފައެވެ. އަދި އިބްނު މަޢީންވެސް ޟަޢީފުކުދެއްވިއެވެ. އަދި އިބްނު ޢުޔައިނާ ވިދާޅުވިއެވެ: ”އެނޫން އެހެން މީހެއް ގާތުން ލިބިފައި ނުވާ އެއްޗެއް، އަހަރެމެން ހިޝާމް ބުނު ޙުޖައިރު އަތުން ނުނަގަމެވެ.“ އަދި އަބޫ ޙާތިމް ވިދާޅުވިއެވެ: ”އޭނާގެ ޙަދީޘު އޭނާ ލިޔެއެވެ.“ (މިއީ ހަނދުމައިގެ ބަލިކަށިކަން ދަލީލުކޮށް ބަލިކަށި ކަމުގެ ޞިފަޔެއް ކަމަށް ޙަދީޘް އިމާމުން ގެންނަވާ ޞިފައެކެވެ.) އަދި އަލްޢުޤައިލީ " އައްޟުޢަފާއު" ގައި އޭނާ ގެންނެވިއެވެ. (އެއީ ބަލިކަށި ރާވީން ހިމެނުއްވި ފޮތެއް). އަދި އަލްޢިޖްލީ އާއި އިބްނު ސަޢުދު އޭނާ އިތުބާރު ކުރެއްވިއެވެ. އެރިވާޔަތުގެ ލަފުޒު ވަނީ އޮޅުން އަރާފައެވެ. ފަހެ އަލްމަރްވަޒީ "ތަޢްޡީމު ޤަދްރިއް ޞަލާތި" ގައި އަދި އިބްނު ޖަރީރާއި ޢަބްދުއް ރައްޒާޤު "މުޞައްނަފު" ގައި، މުޢައްމަރު ގެ ޙަދީޘް ތަކުން، އެކަލޭގެފާނު ރިވާކުރެއްވިޔޭ، އިބްނު ޠާވޫސު އަރިހުން، އޭނާގެ ބައްޕަ އަރިހުން، ވިދާޅުވިޔޭ: އިބްނު ޢައްބާސާއި ސުވާލުވެވުނޭ މިއާޔަތާއި މެދު: (ومن لم يحكم بما أنزل الله فأولئك هم الكافرون)، (އެހެންކަމުން) ވިދާޅުވިޔޭ: (هي به كفر) ”އެއީ ކުފުރެވެ.“ އަދި ޞައްޙަ އެއްޗަކީ މިއެވެ. “ — އައްޠަރީފީގެ ބަސް މިހިސާބަށް.
Comments (0)
Be the first to comment.