ށ) އަދި ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ” (كفر دون كفر) ޘާބިތުވެފައިވަނީ އިބްނު ޢައްބާސްގެ ދަރިވަރުންގެ ފުށުންނެވެ. ޢަޠާއު އަދި އެނޫން…
This article is available in Dhivehi only.
④
--------------------------------
= (ށ) އަދި ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ” (كفر دون كفر) ޘާބިތުވެފައިވަނީ އިބްނު ޢައްބާސްގެ ދަރިވަރުންގެ ފުށުންނެވެ. ޢަޠާއު އަދި އެނޫން ބޭކަލުންގެ ފަރާތުންނެވެ.އަދި އިބްނު ޢައްބާސް އަރިހުން ޘާބިތުވެގެންވަނީ "ތިއީ ކަލޭމެން ތިދެކޭ ކުފުރެއް ނޫނެވެ." އަދި އެނޫން ރިވާޔަތެއްގައި "އެއީ ކުފުރެވެ." އަދި (އިބްނު ޢައްބާސް ކުރެން كفر دون كفر ރިވާކުރި) ޙިޝާމް ބުނު ޙުޖައިރު ފުށުގައި ބަލިކަށިކަމެއް ވެއެވެ. އަދި އިބްނު މަސްޢޫދުގެ އަރިހުން އިބްނު ޖަރީރު ރިވާކުރެއްވި ތަކެތީގައި ޘާބިތުވެގެން ވެޔޭ، ވިދާޅުވިޔޭ: ”އެއީ ކުފުރެވެ.“ އެއީ ޙުކުމް ކުރުމުގައި ރިޝްވަތުގައި ހިފުމާއިމެދު ސުވާލުވެވުމުންނެވެ. ވިދާޅުވީ ”އެއީ ކުފުރު" އޭ އެވެ. އަދި ސަލަފުންގެ އަރިހު މިމައްސަލާގައި (މިއާޔަތުގެ ތަފްސީރުގައި) ޚިލާފުވާކަން އިބްނު ޖަރީރު ޛިކުރު ކުރެއްވިއެވެ.“ — އައްސަޢްދު ގެ ބަސް މިހިސާބަށް. ނޯޓް: އަހަރެމެން ވާނީ އަޞްޙާބު ބޭކަލުންގެ ޚިލާފު އޮންނަ ހިނދު އާޔަތުގެ ތަފްސީރުގެ ނެގެވޭ އުޞޫލުތަކާއި ހަމަ އަހަރެމެން އެކުލަވާލާފައިވާ (އިނގިރޭސި ބަހުން އެކުލަވާލި) ފޮތް "لماذا كفّرت الحكومات" ގައި ބަޔާންކޮށްދީފައެވެ. (ފޮތް pdf)
(ނ) އަދި ޑރ. މާޙިރު އަލްފަޙްލު ވިދާޅުވިއެވެ: ”މިބަސްފުޅު ޞައްޙައެއް ނޫނެވެ. އިބްނު ޢައްބާސް އަރިހުން ޞައްޙަވެފައި ނުވެއެވެ. އަދި ޘާބިތެއް ނޫނެވެ. އިބްނު ޢައްބާސަށް ނަގުލުވި ސަނަދުގެ މަގު ޟަޢީފެވެ.“
(ރ) އަދި ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ އިބްނު ޢައްބާސްގެ މިނޫން ބީދާއިން އައިސްފައިވާ އެންމެހާ ރިވާޔަތްތައް ބަލިކަށި ކުރައްވައި އޭގެ ޚުލާޞާއެއް ލިޔުއްވިއެވެ. (ބެލުމަށް: ١ ، ٢ ، ٣ ، ٤ ، ٥ ، ٦ ، ٧ ،) އަދި ސަލަފުން މި ރިވާޔަތް ބަލައިގަތް ގޮތްތަކާއި އޭގެ ހަމަތަށްވެސް ބަޔާން ކުރެއްވިއެވެ. (ބެލުމަށް)
(ބ) އަދި އަލްޢަލްވާންވެސް އޭގެ ސަނަދު ތަފްޞީލު ދެއްވާފައިވެއެވެ. އަދި ކުރިން ބަޔާން ވެވުނު ރިސާލާ (ألا إن نصر الله قريب) ގައި ވިދާޅުވިއެވެ: ”މީގައި ދެ (ބަލިކަށިކަމުގެ) ޢައިބެއް އެކުލެވެއެވެ: ފުރަތަމައީ: ހިޝާމް ބްނު ޙުޖައިރު އަކީ ހަނދުމައިގައި ބަލިކަށި މީހެއް ކަމެވެ. އިމާމް އަޙްމަދާއި އެނޫން ބޭކަލުން މިގޮތަށް ވިދާޅުވިއެވެ. ދެވަނަ ބަލިކަށްޓަކީ: ހިޝާމް ވަނީ (މިރިވާޔަތް ގެނައުމުގައި) އޭނާއަށް ވުރެ އިތުބާރު ހުރި މީހުންނާއި ތަޢާރުޟު ވެފައެވެ. (ދެން މުޢައްމަރުގެ ސަނަދުން އައި ރިވާޔަތް ގެންނެވިއެވެ. އަދި މި މައްސަލައިގެ މައްޗަށް ތަފްޞީލު ގެންނެވިއެވެ. (ބައްލަވާ))
(ޅ) އަދި އަލްޢައްލާމާ ޙަމޫދު ބްނި ޢަޤްލާއު އައްޝުޢައިބީ މިމައްސަލާގައި ދެއްވި ފަތުވާގައިވެސް އެރިވާޔަތް ޟަޢީފު ކުރެއްވިއެވެ. (ބައްލަވާ)
Comments (0)
Be the first to comment.