މިބާބުގެ މައްޗަށް އައްޠަރީފީ އިތުރަށް ވިދާޅުވެފައިވެއެވެ
This article is available in Dhivehi only.
③
[*] މިބާބުގެ މައްޗަށް އައްޠަރީފީ އިތުރަށް ވިދާޅުވެފައިވެއެވެ:
❞ ޙަރާމް ޝަރުޢުކޮށްފި މީހާ، އަދި ހަމައެފަދައިން ޙަލާލު ޙަރާމްކޮށް، ޙަރާމް ޙަލާލުކޮށް ، ﷲ ގެ ނޫން (ޝަރީޢަތަކުން) ގާނޫނު ގެނެސްފިމީހާ، ފަހެ މީނާ އިސްލާމެއް ކަމަށް އިހުގެ އަދި ފަހުގެވެސް ބޭކަލެއް ވިދާޅެއް ނުވެއެވެ. އަދި އެއްވެސް ޝައްކެތް ނެތް ގޮތުގައި، ﷲގެ ވަޙީ ބަސްފުޅުން އަދި އެއިލާހުގެ ނަބިއްޔު ﷺ ގެ ބަސްފުޅުން ދެބަސްވުނެއް ނެތް ޙަލާލެއް ޙަރާމް ކޮށްފި މީހާ، އަދި ދެބަސްވުމެއްނެތް ޙަރާމެއް ޙަލާލުކޮށްފި މީހާ، އަދި މިކަން ދަނެހުރެ އެފަދަމީހަކީ އިސްލާމެއް ކަމަށް ބުނެފި މީހާ، ފަހެ އެއީ ޒިންދީޤެކެވެ. އެހެނީ އިސްލާމުންގެ އިމާމުން ކުރެ އެކަކުވެސް މިއާއި ޚިލާފުވެފައި ނުވެއެވެ. އަދި އިސްލާމުންގެ ބައިގަނޑެއްވެސް ޚިލާފުވެފައިނުވެއެވެ. މުރުޖިޢާއިންގެ ބައިގަނޑުވެސް މެއެވެ. އެހެނީ ﷲ سبحانه وتعالى ވަނީ އެއިލާހުގެ ފޮތުގައި ވަޙީ ކުރައްވާފައެވެ: وَلا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ [آل عمران:64] ”އަދި ﷲ ފިޔަވައި އަހުރެމެން އެއްބަޔަކު އަނެއްބަޔަކު އެއީ رَبّ ންކަމުގައި ނުހެދުމެވެ.“ އެބަހީ އަހަރެމެންގެ ބަސްތަކުގައި މީހުން ހިފާ ގޮތަށް އެއްޗެއް ޙަލާލު ނުކުރާށޭ އެވެ. އެހެނީ ﷲ عز وجل ވަނީ އެކަމުގައި (ވަކި ޙުކުމެއް) ފައިސިލާ ކުރައްވާފައި ކަމުންނެވެ. ހަމައެފަދައިން ވަޙީ ކުރެއްވިޔޭ: اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ [التوبة:31] ”އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން (يعني: އަޅުވެރިން) އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ.“ އަދި އެވެރިން ރައްބުންގޮތުގައި ކަނޑައެޅުނީ، އެވެރިން އެއްޗެއް ޝަރުޢު ކުރުމުން ﷲ ގެ ޝަރުޢު ދޫކޮށް އޭގައި ހިފުމުންނެވެ. އަދިވެސް ވަޙީ ކުރެއްވިޔޭ إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ [يوسف:40]، ”އަދި (އަޅުތަކުންގެމެދުގައި) حكم ކުރެއްވުން ﷲ އަށްމެނުވީ ނުވެއެވެ.“ ވީމާ ﷲ عز وجل ޙުކުމް އެއިލާހަށް އެކަނި ލައްވަވައި، އެއަށް އަޅުކަމޭ ނަން ދެއްވެވިއެވެ. ވީމާ އެއިން އެއްޗެއް ﷲ ނޫން ފަރާތަކަށް އަނބުރައިފި މީހާ ﷲ ނޫން ފަރާތަކަށް އަޅުކަން ކޮށްފިއެވެ...❝
އަދި "ދީނުން ބޭރުވާ 10 ކަންތަކުގެ ޝަރަޙާގައި" އައްޠަރީފީ ވިދާޅުވިއެވެ:
❞ ﷲ ގެ ޝަރީޢަތް ފިޔަވައި އެހެން ޤަނޫނުތަކަކުން އެކަލާނގެ ޝަރީޢަތަށް ބަދަލު ގެނެސްފި މީހާ ފަހެ ކާފަރުވެއްޖެއެވެ. (ޞ. 108)
”...ފަހެ އިސްލާމްކަމަށް ނިސްބަތްވާ އެތައް ބަޔަކުވަނީ ވަޟަޢީ ޤަނޫނުތަކެއް ހަދާ ކޮޅަށް ޖަހާފައެވެ. ދެން އެބައެއްގެ މައްޗަށް ﷲ އެބައިމީހުން ވެރިކުރެއްވި މީހުންނަށް އެޤާނޫނުތަކަށް ޙުކުމް ހޯދަން ދިޔުމަށް އަމުރުކުރިއެވެ. އަދި އެބައިމީހުންނާއި ޚިލާފުވެ ﷲ ގެ ޙުކުމްފުޅުން ޙުކުމް ހޯދާ މީހުންނަށް އެބައިމީހުން އަދަބުދިނެވެ.
❌މިއާއިއެކުވެސް އެބައިމީހުން ދައުވާ ކުރަނީ ޝަހާދަތުގެ ދެކަލިމަޔަށް އިޤުރާރުވާ ކަމަށާއި އަދި ﷲ ގެ ޝަރީޢަތަށް ޢަމަލުކުރުން ވާޖިބުވެގެންވާ ކަމަށެވެ. އެހެނަސް މިޢަމަލުން ދަލީލުކޮށްދެނީ ބޭރުފުށަށް އެފަދައިން އެވެރިން އިޤުރާރުވިޔަސް އެތެރެފުށުން އެބައިމީހުން އެފަދައިން އިޤުރާރު ނުވާ ކަމަށެވެ.
ދެމީހުން ރުހި އެއްބަސްވެގެން ޒިނޭކޮށްފިނަމަ އެދެމީހުންނަށް ޢުޤޫބާތް ދިނުން މަނާ ކުރާ މީހާ، ނުވަތަ ވައްކަމުގެ ޙުކުމް އަތްކެނޑުމުގެ ބަދަލުގައި ހަށިގަނޑަށް ނޫނީ މުދަލަށް ތައުޒީރީ އަދަބެއް ދިނުމަށް ކަނޑައަޅާ މީހާ، ނުވަތަ އެމީހަކު ބޭނުން ގޮތަކަށް ޤަބޫލުކުރާ ކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށް ޙުކުމްކޮށް، އެހެންކަމުން މުރުތައްދުވާމީހާ ޤަތުލުނުކުރުމާއި އަދި ތައުބާ ލައިދޭން މުހުލަތުދޭން ނުޖެހޭ ކަމަށް ޙުކުމްކޮށްފި މީހާ — ފަހެ މިހުރިހާ ކަމަކީވެސް ބަޔާންވެގެންވާ މަގުފުރެދުމާއި ކުފުރުވުމުގެ ތެރެއިންވާ ކަންކަމެވެ. ❝
("އިސްލާމްކަން ގެއްލޭ ދިހަ ކަންތަކުގެ ޝަރަހަ" — އައްޠަރީފީ, ދިވެހި ތަރުޖަމާ ގެ ޞ. 108, 110 ، 111)
~ ގަލަންދާނު
Comments (0)
Be the first to comment.