ޖަހުމީ އިރުޖާ ފިކުރު ގެ މިޒަމާނުގެމައި މުލެއް ކަމުގައިވާ، ޚާލިދު އަލްއަންބަރީ ލިޔުނު ފޮތް "އަލްޙުކްމި ބިޣައިރި މާ އަންޒަލަ اللَّهُ…
This article is available in Dhivehi only.

🔴 ޖަހުމީ އިރުޖާ ފިކުރު ގެ މިޒަމާނުގެމައި މުލެއް ކަމުގައިވާ، ޚާލިދު އަލްއަންބަރީ ލިޔުނު ފޮތް "އަލްޙުކްމި ބިޣައިރި މާ އަންޒަލަ اللَّهُ ވައުޞޫލުއް ތަކްފީރް" — މިފޮތް، ސަޢޫދީ ޢަރަބިއްޔާ ތެރޭ ޗާޕުކުރުން މަނައުކޮށް ނެރުއްވި ފަތުވާގައި، އެފޮތުގައި ޢިލްމުވެރިންގެ ބަސްތަށް މާނަ އޮޅުވާލައިގެން ގެނެސް ޢިލްމީގޮތުން ޚިޔާނާތް ހަދާފައިވާ ކަމަށާއި، ޢަރަބިބަހާއި ޝަރުޢީ ލަނޑުދަނޑިން ޙެކިކޮށްދޭ ޙަޤީޤަތުން ދަލީލުތައް ފެޔަށް ޖައްސައިގެން މާނައޮޅުވާފައިވާ ކަމަށް ވިދާޅުވެ، އެޤައުމުގެ ދިރާސާތަކާއި ފަތުވާތަކާއި ބެހޭ ދާއިމީ ކޮމިޓީން ޝައްވާލް 24، 1420 ހ. (31 ޖެނުއަރީ 2000 ކ.) ގައި ނެރުއްވި ފަތުވާގައި ގެންނެވި ނުކުތާތަކުގެ ތެރޭގައި ވެއެވެ:
4. ހިތުތެރޭގެ އިސްތިޙްލާލު⁽¹⁾ ކުރުމުން މެނުވީ ކުފުރަކަށް އެކަންތައް ނުވާ އެންމެހާ އުރެދުންތައް ފަދައިން، ”އައްތަޝްރީޢުލް ޢާއްމު“ ⁽²⁾ ގައި، ﷲ ބާއްވައިލެއްވި ޙުކުމް ނޫން ޙުކުމަކުން ޙުކުމް ކުރުމީ، އަހުލުއް ސުންނަތުގެ ގާތުގައި އިޖުމާޢުގެ މަތިން ކުފުރެއް ނޫން ކަމަށް ބުނެ އޭނާ ކުރާ ދަޢުވާ އާއި މެދު ދަންނައެ! މިއީ އަހުލުއް ސުންނަތުގެ މައްޗަށް ހަދާފައިވާ އޮޅުމެއްނެތް ދޮގެކެވެ. އެކަންކޮށްފައި އެޔޮތީ، އެހެންޏާ ޖާހިލުކަމުގެ ސަބަބުންނެވެ. ނޫނީ ނުބައިކަންބޮޑު ޤަސްދަކާއި ލައިގެނެވެ. ﷲ ޙަޟުރަތުން ސަލާމަތާއި ޢާފިޔަތަށް އަހަރެމެން އެދެމުއެވެ.
ފަތުވާގައި ސޮއިކުރެއްވީ:
މެންބަރު: ޢަބްދު ﷲ އިބްނު ޢަބްދުއް ރަޙްމާން އަލްޣުދްޔާން
މެންބަރު: ބަކްރު ބްނު ޢަބްދި ﷲ އަބޫ ޒައިދު
މެންބަރު: ޞާލިޙް އަލްފަޥްޒާން
ރައީސް: ޢަބްދުލް ޢަޒީޒް ބްނު ޢަބްދި ﷲ ބްނު މުޙައްމަދު ޢާލުއްޝެއިޚް
~ ގަލަންދާނު
------------------------------
[1] އިސްތިޙްލާލް ކުރުން: ޙަރާމް އެއްޗެއް ޙަލާލު ކުރުން، އަދި އޭގެ އިދިކޮޅު
[2] (التَّشْرِيعُ الْعَامُّ) އެބަހީ: ޢާންމުކޮށް ރައްޔިތުންގެ އެންމެހާ އަފުރާދެއްގެ މައްޗަށް ބޯލެނބުން ލާޒިމުކުރެވޭ ޤާނޫނުތައް ޝަރުޢުކޮށް ހެދުމެވެ. އަދި މިތާގައި ނިސްބަތް އެވެވެނީ ﷲ ގެ ޙުކުމާއި ޚިލާފު އައްތަޝްރީޢުލް ޢާއްމު ގެ ވާހަކައެވެ.
Comments (0)
Be the first to comment.