ތައުހީދާއި އެއަށް ލޯބިކުރުން ޙައްޤުކުރާ ކަންތަކުގެ ތެރޭ
This article is available in Dhivehi only.
ތައުހީދާއި އެއަށް ލޯބިކުރުން ޙައްޤުކުރާ ކަންތަކުގެ ތެރޭ
ތައުޙީދުގެ އަހުލުންނަށް ލޯބިކުރުމާއި، އެވެރިންގެ ޤަދަރު ދިފާޢުކުރުން، އަދި އެވެރިންނާއި ދެކޮޅުވާބަޔަކަށް ރައްދުދިނުން ވެއެވެ.
އައްޝައިޚް ޢަބްދުއް ރަޙްމާން ބުނު ޙަސަން رحمه الله ވިދާޅުވިއެވެ:
"ތައުޙީދަށް ލޯބިނުކުރާ މީހެއް، މުވައްޙިދެއް ކަމުގައި ނުވެއެވެ. އެހެނީ ﷲ އެއިލާހުގެ އަޅުންނަށް ރުއްސަވާ ވޮޑިގެންވާ ދީނަކީ އެއީއެވެ. އެއީ ﷲ تعالى ވަޙީކުރެއްވި ފަދައިންނެވެ:
(وَرَضِيتُ لَكُمُ الْإِسْلَامَ دِينًا)
"އަދި އިސްލާމްދީން އެއީ ދީނުގެ ގޮތުގައި ތިޔަބައިމީހުންނަށް ރުއްސަވައިފީމުއެވެ."
އަދި އިބްނު ތައިމިއްޔާ -رحمه الله- ވިދާޅުވިއެވެ: "ﷲ އަށް ލޯބިކުރާ މީހެއް އެއިލާހުގެ ދީނަށް ލޯބިކުރާނެއެވެ. އެހެން ނުވެއްޖެމީހެއް، ނުވާނެއެވެ."
~ ޝެއިޚް ޢަބްދުﷲ އައްސަޢްދު
Comments (0)
Be the first to comment.