Writings / Aqeedah
ބިދުޢަވެރިންނާއި އެއްވެ އުޅުމުން ތިމާއާއި ގާތް އެހެން މީހުންވެސް އެބިދުޢަވެރީންގެ ބާޠިލުގައި ޖެހެއެވެ
By Galandān Admin5 January 2025 at 11:290 Comments
This article is available in Dhivehi only.
🔴ބިދުޢަވެރިންނާއި އެއްވެ އުޅުމުން ތިމާއާއި ގާތް އެހެން މީހުންވެސް އެބިދުޢަވެރީންގެ ބާޠިލުގައި ޖެހެއެވެ.
އަބޫ ޙަނީފާގެ ދަރިވަރު، އަބޫ ޔޫސުފުގެ އަރިހުން، ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ނަޤުލު ކުރެއްވިއެވެ:
[ދަންނައެ] ސުންނަތް ޖަމާޢަތުގެ އެއްވެސް މީހެއް ބިދުޢައިގެ އަހުލުންގެ ތެރެއިން އެއްވެސް މީހަކާއި އެއްވެ އުޅެގެން ނުވާނެއެވެ. އެއީ އެ އެއްވެއުޅުމުގެ ސަބަބުން އޭނާގެ އެކުވެރިޔަކަށްވެ ގާތްފަރާތަކަށް ވެދާނެ ކަމަށްޓަކައެވެ. އެއީ އެބިދުޢަވެރިޔާ މި އެކުވެރިކަން ބޭނުންކޮށް އޭނާ ނޫނީ އެނޫން ފަރާތެއް ވިޔަސް [ޙައްޤު] މަގުން ކައްސުވައިލާފާނޭ ކަމުގެ ބިރަށްޓަކައެވެ.
— ”مجموع الفتاوى“ (16/475)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.