އަދި ސަލަފުންގެ ތެރެއިން އެއްބޭކަލަކަށްވުރެ ގިނަ ބޭކަލުން ވަނީ އެންމެހާ ބިދުޢަތަކާއި އަހްވާއު ތަކަށްވުރެ މި އުއްމަތުގެ މައްޗަށް އިރުޖާއު ގެ…
This article is available in Dhivehi only.
②
⬆️އަދި ސަލަފުންގެ ތެރެއިން އެއްބޭކަލަކަށްވުރެ ގިނަ ބޭކަލުން ވަނީ އެންމެހާ ބިދުޢަތަކާއި އަހްވާއު ތަކަށްވުރެ މި އުއްމަތުގެ މައްޗަށް އިރުޖާއު ގެ ނުރައްކާ ބޮޑު ކަމަށް ކަނޑައަޅުއްވާފައެވެ. މިހެން ކަނޑައެޅުއްވި ބޭކަލުންގެ ތެރޭގައި އައްޒުހުރީ އާއި، ޔަޙްޔާ ބުނު އަބޫ ކަޘީރާއި، ޤަތާދާ ފަދަ ބޭކަލުން ހިމެނިލައްވައެވެ. އެހެނީ އޭގެ މަގުފުރެދުމުގެ އާޚިރު ނަތީޖާތައް އެހެން ބިދުޢަތަކުގެ އާޚިރު ނަތީޖާއަށްވުރެ ނުބައިކަން ބޮޑުކަމުންނެވެ. އެއީ އޭގެ ފޭށޭ ތަން އެހެން ބިދުޢަތަކަށްވުރެ އާދައިގެ ކޮށް އޮތަސް މެއެވެ.
⬆️އަދި ޚަވާރިޖުންނާއި މުރުޖިއާއިން - ދެބައިގަނޑުގެ ފުށުންވެސް - ދުނިޔެއާއި ދީނަށް ގެއްލުން އޮތްކަން ގައިމެވެ. އެހެނަސް މުރުޖިއާއިންގެ ފުށުން ދީނަށް އޮތް ގެއްލުން ޚަވާރިޖުންނަށް ވުރެ ބޮޑެވެ. އަދި ޚަވާރިޖުން ފުށުން ދުނިޔެއަށް އޮތް ގެއްލުން މުރުޖިއާއިންނަށް ވުރެ ބޮޑެވެ. ❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ
[ 📜 "الخُراسانيّة في شرح عقيدة الرّازيّين" - ص ٥٣٨-
~ ގަލަންދާނު 🖋
ـــــــــــــــــــــــ
🔗[ނޯޓް] އަހަރެން ބުނަނެވެ: އަހަރެމެން ވާނީ ކުރިން، އިރުޖާއު އާއި ބެހޭ ތަފްޞީލު ލިޔުމެއް ހުށަހަޅާފައެވެ. (ބަލައިހޯދަން އެދޭނަމަ - ލިންކު) އަދި އަދި ހަމަ އައްޠަރީފީގެ ޚުރާސާނިއްޔަ ފޮތުން ޚަވާރިޖުންނާއި ބެހޭ ތަފްޞީލެއް ވެސް ނަޤުދުކޮށްފައެވެ. (ބަލައިހޯދަން އެދޭނަމަ - ލިންކު)
Comments (0)
Be the first to comment.