ﷲ تَعَالى ގެ މައްޗަށް ޢިލްމެއްނެތި ބަސްބުނުމާއިމެދު ރައްކާތެރިވޭ!
This article is available in Dhivehi only.
ﷲ تَعَالى ގެ މައްޗަށް ޢިލްމެއްނެތި ބަސްބުނުމާއިމެދު ރައްކާތެރިވޭ!
وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُّنِيرٍ (22:8)
”އެއްވެސް عِلْم އަކާނުލައި، އަދި އެއްވެސް ތެދުމަގެއް ލިބުމަކާނުލައި، އަދި އަލިކުރަނިވި ފޮތެއްވެސް ނެތި اللَّه އާމެދު جَدَل ކުރާމީހުން، މީސްތަކުންގެތެރެއިންވެއެވެ.“
① އެންމެބޮޑުވެގެންވާ ކަބާއިރު ފާފައިގެ ތެރެއިން ހިމެނޭ ކަމެއް
قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ (7:33)
”ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حَرَام ކުރެއްވިކަން ކަށަވަރީ، فَاحِش ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حَقّ އަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حُجَّة އެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّه އަށް شَرِيْك ކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނުމެވެ.“
② ﷲ تَعَالى މައްޗަށް ދޮގު ބުހުތާނު ހެދުމުގެ ތެރެއިން ކަމެއް
وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ (16:116)
”اللَّه އާމެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ حَلَال ކަމެކޭ، އަދި މިއީ حَرَام ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، اللَّه އާމެދު، ދޮގުހަދާމީހުން ނުދިނޭހުށްޓެވެ.“
③ މަގުފުރެދިފައިވާ މީހުންގެ ސިފަޔެއް
وَقَالُوا لَن تَمَسَّنَا النَّارُ إِلَّا أَيَّامًا مَّعْدُودَةً ۚ قُلْ أَتَّخَذْتُمْ عِندَ اللَّهِ عَهْدًا فَلَن يُخْلِفَ اللَّهُ عَهْدَهُ ۖ أَمْ تَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ (2:80)
”އަދި އެއުރެން ބުނޫއެވެ. عَدَد ކުރެވިގެންވާ (އެބަހީ: މަދު) ދުވަސްކޮޅެއްގައި މެނުވީ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން اللَّه ގެ حَضْرَة ން (އެކަމަށް) عَهْد އެއް ހިފާފައި އޮތީހެއްޔެވެ؟ އެހެންކަމަށްވަނީނަމަ، اللَّه އެކަލާނގެ عَهْد ފުޅަކާ خِلَاف ވެވޮޑިއެއް ނުގަންނަވާނެތެވެ. ނޫންނަމަ، ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟“
④ ޝައިޠާނާއަށް ތަބައުވުމުގެ ތެރެއިން ކަމެއް
إِنَّمَا يَأْمُرُكُم بِالسُّوءِ وَالْفَحْشَاءِ وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ (2:169)
”އެ شَيْطَان އާ ތިޔަބައިމީހުންނަށް أَمْر ކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނުމަށެވެ.“
⑤ ނޭގިތިބެ ދައްކާ ވާހަކަތަކާއިމެދު، ހަށިގަނޑުގެ އެންމެހާ ގުނަވަނެއް ހެކިވާނެ
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا (17:36)
”އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تَبَع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سُؤَال ކުރައްވާނެ ކަމެއްކަމުގައިވިއެވެ.“
އެބަހީ، ﷲ (سُبْحَانَهُ وَتَعَالَىٰ) ގުނަވަންތައްކުރެން އޭގެ ވެރިޔާ ދެއްކި ނުވަތަ އަޑުއެހި ނުވަތަ ދެކުނު ނުވަތަ އެނގުނު ވާހަކަތަކާއިމެދު ސުވާލުކުރައްވާނޭކަމެކެވެ.
⑥ الله أَعْلَم
ޢަބްދު ﷲ ބްނު މަސްޢޫދު ވިދާޅުވިއެވެ: ”އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން މީހެއްގެ ފުށުގައި ޢިލްމުވާ ކަމެއްގައި މީހަކު ސުވާލުކޮށްފިތަ، ދެންފަހެ އެއެއްޗެއް ބުނާށެވެ. އެ (ޢިލްމު) ނެތްނަމަ ”ﷲ މޮޅަށް ދެނެވޮޑިގެން ވެއޭ“ ބުނާށެވެ. އެހެނީ ހަމަކަށަވަރުން ތިބާއަށް ނޭގިއްޖެތަ ”ﷲ މޮޅަށް ދެނެވޮޑިގެން ވެޔޭ“ ބުނުމަކީ ޢިލްމުވެރިކަމުގެ ތެރެއިންވާ ކަމެކެވެ.“ (ރިވާކުރެއްވީ އަޙްމަދް)
~ ގަލަންދާނު
_____
މަސްދަރު: ހަފްތަވީ މަޖައްލާ، އައްނަބައު ގެ 131 ވަނަ ޢަދަދުގައު ޝާއިޢުވެވުނު އިންފޯގުރެފިކް އިން.
Comments (0)
Be the first to comment.