3) އަލް-އިމާމިއްޔާ (الإمَامِيَّة)
This article is available in Dhivehi only.
(3) އަލް-އިމާމިއްޔާ (الإمَامِيَّة)
މިބަސް ނެގިފައިވަނީ ”އިމާމް“ (މުސްލިމުންގެ ވެރިޔާ) މި ލަފުޒުންނެވެ. އަދި މިފަދައިން ނިސްބަތް ވަނީ މިބައިމީހުން ދެކޭ ގޮތުން އިސްލާމް ކަމުގެ އެންމެ ވަރުގަދަ ރުކުނަކީ އިމާމު ކަން ކަމުގައިވާތިއެވެ. މިބައިމީހުން ދެކެނީ ﷲ އާއި ރަސޫލާގެ އަމުރަކީ ވެރިކަން ޢަލީ އަށް ޙައްޤުވުން ކަމެވެ. އަދި އެހެންކަމުން އަބޫ ބަކުރު، ޢުމަރު އަދި ޢުޘްމާނު ގެ ޚަލީފާކަމަށް ވުރެ އެކަލޭގެފާނު އައުލާކަން ބޮޑުވެގެން ވާ ކަމެވެ. އަދި އެބޭކަލުންނާއި ދެކޮޅުވެރިވެ އެބޭކަލުންނާއި އެކުވާ އަޞްޙާބުންނާއި އުއްމުލް މުއުމިނީން ޢާއިޝާ އަށް ބަދުބަސް ރައްދުކުރެއެވެ.
ރާފިޟީން ނޭ ކިޔެނީ މިބައިމީހުންނަށެވެ.
ޒައިދު (ބުނު ޒައިނުލް ޢާބިދީން) އަށް ބައިޢަތު ދީފައިވާ ކޫފާގެ ބޮޑުން އަދި އަޝްރާފުންގެ ތެރެއިން ބަޔަކު އެކަލޭގެފާނު ގާތަށް ގޮސް ސުވާލު ކުރިއެވެ: ”ﷲ ތިބާ އަށް ރަޙުމަތްލައްވާށިއެވެ. އަބޫ ބަކުރު އާއި ޢުމަރު އާއި މެދު ތިބާ ބުނަނީ ފަހެ ކީކޭ ހެއްޔެވެ؟“ ވިދާޅުވިއެވެ: ”އެދެބޭކަލުންނާއި މެދު ހެވެއް ނޫނީ އަހަރެންނެއް ނުބުނަމެވެ. ހަމަ އެފަދައިން އަހަރެންގެ އަހުލުންގެ ގާތުން (ޢަލީގެފާނުގެ ޢާއިލާ ތެރެއިން) ހެވެއް ނޫނީ އެދެބޭކަލުންނާއި މެދު އަޑު ނާހަމުއެވެ. އަހަރެމެންނަކަށް އެދެބޭކަލުން އަނިޔާވެރިވެ ނުލައްވައެވެ. އަދި އަހަރެމެން ނޫން ބަޔަކަށް ވެސް އެވެ. އަދި ﷲ ގެ ފޮތާއި އެއިލާހުގެ ނަބިއްޔުގެ ސުންނަތަށް ޢަމަލުކުރެއްވިތެވެ.“
އަދި އިތުރަށް ވެއެވެ: ”ދެން ކޫފާގެ އަހުލުން އެކަލޭގެފަނު އަރިހުން މިވާހަކަތައް އަޑު އިވުމުން (رَفَضُوه) އެކަލޭގެފާނާއި ދެކޮޅުވިއެވެ. އަދި އަލްބާޤިރު ގާތަށް ޖެހުނެވެ. އެހެންކަމުން ޒައިދު ވިދާޅުވިއެވެ: ”އެއުރެން މިއަދު އަހަރެމެންނާއި ދެކޮޅުހަދައިފިއެވެ. (رفضونا)“ ރާފިޟާ (الرافضة) އޭ މިވެރިންނަށް ކިޔުނީ މިހެންވެގެނެވެ.“
(ناسخ التواريخ) (2 /590) تحت عنوان "أحوال الإمام زين العابدين")
މިބައިމީހުން އައްރަޖްޢާ އާއި ޣައިބާ އާއި ތަޤިއްޔާ އަށް އީމާންވެއެވެ. އަދި މުޞްޙަފް ފާޠިމާ ކިޔާ ޤުރުއާނެއް ވެސް އެވެރިންނަށް ވާކަމެވެ. މިވެރިންގެ މަގުފުރެދުންތައް ގިނަގުނައެވެ. މިވެރިން ބެހޭ މައިގަނޑު ދެ ގޮފީގެ ތެރެއިން މިތަކެތީގެ ތަފްޞީލު ގެނެވޭނެއެވެ — إن شاء الله.
ޢަލީގެފާނަށް ފަހު، ދެން އިމާމުކަމުގެ ޙައްޤު ލިބިފައިވަނީ ޙަސަން އަށް ކަމާއި އޭގެ ފަހުން، އެކަލޭގެފާނުގެ އަޚު އަލްޙުސައިން ދެން އެކަލޭގެފަނުގެ ދަރިކަލުން ޒައިން އަލް ޢާބިދީން، ދެން އެކަލޭގެފަނުގެ ދަރިކަލުން މުޙައްމަދުލް ބާޤިރު ދެން އެކަލޭގެފަނުގެ ދަރިކަލުން ޖަޢުފަރުއް ޞާދިޤު އަށް ކަމަށް މިބައިމީހުން ދެކެއެވެ. މިއަށް ފަހު އިމާމުކަން ޙައްޤުވާ ފަރާތާއިމެދު މިބައިމީހުން ދެކަފިވިއެވެ. އެއީ މައިގަނޑު ދެގޮތްޕަކަށެވެ:
ހ. އިޘްނާ ޢަޝަރިއްޔާ އިން
ށ. އިސްމާއިލީން
Comments (0)
Be the first to comment.